ރަވީ ފާރޫގު ގެނެސްދޭ ދިވެހި ސީރީޒެއްގައި އައުގުރާނަ ގޮވައި، ހުތުރު ބަހުން ވާހަކަ ދައްކާ މަންޒަރު ފެންނާތީ އާއްމުންގެ ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައި ވަނިކޮށް ސީރީޒްގެ ދިފާޢުގައި ފިލްމީތަރު ނިއުމާ މުހައްމަދު ތެދުވެއްޖެއެވެ.

ނިއުމާ ފޭސްބުކްގައި ލިޔުނު ސްޓޭޓަސްއެއްގައި ބުނީ، ނެޓްފިލްކްސްއިން ރާއްޖޭގެ ޓޮޕް ޓްރެންޑިން ބަލާލިކަމުގައި ވީނަމަވެސް ދިވެހިން ބަލާއުޅެނީ ކޮންކަހަލަ ފިލްމް ނުވަތަ ސީރީޒްތަކެއްކަން އެނގޭކަމަށެވެ. ބަދުއަހްލާޤީ މަންޒަރުތައް ދައްކުވައިދޭ ފިލްމެއްކަމަށްވާ "365 ޑޭސް" ބަލަން ދިވެހިންނަށް މައްސަލައަކަށްނުވާ ކަމަށާއި، އެކަމަކު ދިވެހި ސީރީޒްގައި އަނގަބަހުން ބުނާ އެއްޗެއް އަޑު އަހާލަން ނުކެރޭ ކަމަަށް ނިއުމާ ލިޔެފައި ވެއެވެ.

ބައިސްކޯފްގައި ގެނެސްދޭ ސީރީޒެއްގައި އައިޝަތު ރިޝްމީ އައުގުރާނަ ގޮވާ މަންޒަރެއް ހިމެނުމުން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައި ވީނަމަވެސް ރިޝްމީ އާއި ރަވީ ވަނީ އެމީހުންގެ ސީރީޒް ދިފާޢު ކޮށްފައެވެ. ރިޝްމީ މީޑިއާއަށް ދިން އިންޓަވިއުއެއްގައި ކުއްވެރި ކޮށްފައި ވަނީ އެވީޑިއޯ މީސް މީޑިއާގައި އާއްމު ކުރި މީހުންނެވެ. ރިޝްމީ ބުނާ ގޮތުގައި އެއީ ހަމައެކަނި ބޮޑެތި މީހުންނަށް އުފެއްދި ސީރީޒެކެވެ. އެހެންކަމުން ސީރީޒްގައި ހުރި ޑައިލޮގްތަކުގައި މައްސަލައެއް ނެތް ކަމަށް އޭނާ ބުނެފައި ވެއެވެ.

"އެހެނަސް" ގެ ޑައިރެކްޓަރު ރަވީ "ދޯ" އަށް ދިން އިންޓަވިއުއެއްގައި ބުނީ އަސްލު މި ފެންނަނީ މުޖުތަމައުގައި އޮތް މައްސަލަ ކަމަށެވެ.

"މިސާލަކަށް ބުނަންޏާ ކޮންމެ މީހަކަށް ވެސް މި ފެންނަނީ އަވަގުރާނައެއް ގޮވީމަ އެތަން. އެކަމަކު އެއީ ކިހިނެއްވެގެންވީ ކަމެއްކަން ނޭނގޭ. ކޮންމެ ކަމެއް ވެސް މި އިންނަނީ އެމީހެއްގެ ޕާސްޕެކްޓީވްއަކުން ބެލީމަ، އެކި މީހުނަށް ދޭހަވާނީ ތަފާތު އެއްޗެއް. އާޓަކީ އެ ކަހަލަ އެއްޗެއް،" އެކަމަކު މީގެ އަސްލު މައްސަލަ ނުވަތަ ޖިންސީ އަނިޔާގެ ޝިކާރައަކަށް އެ ވާ ކުދިންގެ ވާހަކަދައްކަން މީހުން ނޫޅޭ ކަމަށް އޭނާ ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

52 ކޮމެންޓް

  1. ލޫކް

    ނިއުމާއަށް އޯކޭވާނެތާ، ދިވެހިން ހަނދާން އެބަހުރިތޯ ނިއުމާ އާ ސީޒަން އަކީ ބަދުއަހުލާގީ މައްސަލައިގެ ކޯޓަށް

    226
    7
    • ސީލާވަތީ

      އެވެސް ރެޑް ކޮށް ދޯ

      131
      2
  2. ލޫކް

    މި ނިއުމާ އަށް މިކަން އޯކޭވާނެ ނޫންތޯ. ސަބަބަކީ ނިއުމާ އާއި ސީޒަން އަކީ ބަދުއަހުލާގީ ކަމެއްގަ ކޯޓަށް ކުއް ސާބިތުވެގެން ހައްދު ޖެހި މީހެއްކަން ދިވެހިން ހަނދާނެތުނީ ކަމަށް މީނައަށް ހީވަނީ.

    227
    10
  3. ނިއުމާގެދަރި

    ޙޮލީވުޑާ ބޮލީވުޑްގެ ފިލްމް ތަ ކުގަ އުޅޭހެން ބަރަހަނާ ވެގެން ނޫޅެނީ ކީއްވެ ބަޔަ ކު އޮރިޔާން ފިލްމްވެސް ބަލާ ދެން އެވީ ދިވެހިން އޮރިޔާން ފިލްމްވެސް ކުޅެންތަ ދިވެހިންނަ ކީ މުސްލިމުންނޭ ކިޔައިގެން އުޅޭ ބަޔަ ކަށް ވާތީ މިފަދަ ކަންތައްތައް މައްސަލައަ ކަށް ހަދަނީ ބަޔަލު ތިޔަބުނާ އޮރިޔާން ފިލްމް ބެލިޔަސް ގިނަވާނީ އެފަދަ ފިލްމް ނުބަލާ މީހުން

    227
    8
    • ތޫ

      އައިނ؟؟؟ ބަރަހާނާ ވެގެން ނޫޅެނީ ކީއްވެހޭ؟ އަހަންނަކަށް ނުފެނޭ ފިލްމުކުޅޭ އެކަކުވެސް އިސްލާމް ދީނުގަ އަންގަވާފަ ވާގޮތަށް ނިވާވެގެން ހުއްޓައެއް!! ދެން ކޮން އައުރައެއް؟ އޮރިޔާމެއް؟ ކޮއްމެ އެއްޗެއް ގޮވިޔަސް ހެވެއްނު ؟؟!

      39
      4
  4. ޙައިރާން

    ރާއްޖޭގެ އެންމެ ހިގާ ވެބް ސައިޓްތަކަކީ ޕޯން ސައިޓުތަަށް ކަން ފިލްމީ ތަރި ރިޑަޔަރޑް ނިއުމާ މުހައްމަދަށް އެގިލައްވާތޯ؟؟ ޕޯން ފިލްްމް 18+ ޖަަހާފަ ނެރެންވީ ނޫންތޯ؟ 365 އެއީ މުސްލިމުން ނެރުނު ފިލްމެއްތޯ؟ މުސްލިމުން ގޮތުގައި ތިބެ، މުސްލިމުން ބަލަން ތި ނެރޭ ސީރީޒް ހަދާ މީހުން ކާފަރުންނަށް ވުރެ ނުބައިވީކަން ދޭހަ ނުވޭތޯ؟ ގޯސް ކަމެއް ކޮށްފައި، އެހެން މީހުން މިޔަށް ވުރެ ނުބައި ކަންތައް ކުރެއޭ ، ތިމައްނަމެން ކުރީތީ ގޯސް ވީ ކީއްވެހޭ ބުނަން ހަމަ ކެރޭ ހެއްޔެވެ. ދިވެހިން ހަދާ ސީރީޒް މީހުން ބަލަނީ މިފަދަ މަންޒަރު ނުފެންނާނެ ކަމަށް ހީކޮށް ކަން އެގޭ ހެއްޔެވެ؟ އެކަމަކު އެ މަންޒަރު ކުޅެ ހަދާފައި އެ ތިބެނީ ގާފިލު ވެފައި ތިބި މީހުންނެވެ. 365 ދިވެހި ހުރިހާ އެންމެން ނުބަލާނެ އެވެ. ބަލަނީ ގޯސް ކަމެއްކަން އެގި ތިބެ، ގާފިލްވެފައި ތިބި މީހުންނެވެ.

    197
    8
  5. ހެލޯ ނިއުމާ

    އަހަރުން ނެޓް ފްލިކްސް އަކުން ސީރީޒް އެއް ނުބަލަން. ެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެރިޝްމީގެ ޑައިލޮގް ތައް ހުރީ ވަރަށް ހަޑިކޮށް. އަދި އެހެނަސް ސީރީޒް އެއްވެސް ނުބަލަން. މުޖުތަމަޢުގަ ހިނގާ ކަންކަން އެނޫން ގޮތްގޮތަށް ވެސް ގެނެވޭނެ. ތި ފިލްމުތައް ބަލައިގެން ސީރީޒް ކުޅެގެން މުޖުތަމަޢުއަށް ކުރި ހެޔޮ އަސަރެއް ބުނެބަލަ. ތިމީހުން ރުފިޔާ ހޯދަ ްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްން ކުރާ މަސައްކަތް ތީ.

    198
    3
  6. ހެލޯ ނިއުމާ

    އަހަރުން ނެޓް ފްލިކްސް އަކުން ސީރީޒް އެއް ނުބަލަން. ެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެރިޝްމީގެ ޑައިލޮގް ތައް ހުރީ ވަރަށް ހަޑިކޮށް. އަދި އެހެނަސް ސީރީޒް އެއްވެސް ނުބަލަން. މުޖުތަމަޢުގަ ހިނގާ ކަންކަން އެނޫން ގޮތްގޮތަށް ވެސް ގެނެވޭނެ. ތި ފިލްމުތައް ބަލައިގެން ސީރީޒް ކުޅެގެން މުޖުތަމަޢުއަށް ކުރި ހެޔޮ އަސަރެއް ބުނެބަލަ. ތިމީހުން ރުފިޔާ ހޯދަ ްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްން ކުރާ މަސައްކަތް ތީ.

    80
    4
  7. މެކުނު

    ތިވަރުން ދަނަޔާ އަދި ކުޅޭނެ ދެންހުރިވައްތަރުގެ ފިލުމުތައްވެސް

    136
    3
  8. ގާދިރު

    ތިމީހުނާ ހެދި ދިވެހިބަސް ވެސް ހަލާކުވެ ދަށު ދަރަޖައިގެ ބަސްތައް މާތްވެ، މާތްބަސްތައް ދަށު ދަރަޖައަށް ވެއްޓުނު

    129
    6
  9. ލޮލް

    އިނގިރޭސިން ކީމަ ފީލިންގްސް ނާންނަނީ ނޫނީ ނޭގެނީ. އެވަރުންވެސް ނެޓްފްލިކްސް ބަަލަންވާނެ ދިވެހިން އެއްޗެކޭބުނީމަ ވާނުވާ އެނގެނީ.

    54
    10
  10. ޓަކި މޫނާ

    އަހަރުން މި ދައްކަނީ ސައްތައިން ސައްތަ މުސްލިމް ޤަޢުމަކުން ނެރެގެން އުޅޭ މުޑުދާރު ދަށުދަރަޖާގެ ސީރީޒް އެއްގެ ވާހަކަ. އެ ފެންވަރަށް ދިވެހިންގެ ބަޔަކު ވެއްޓިފަ އޮތް ވާހަކަ.
    ނިއުމާ އެ ދައްކަނީ ކާފަރުން ނެރެފަ އޮތް ވަރަށް މުޑުދާރު ސީރީޒް އެއްގެ ވާހަކަ.
    ކާފަރުން ނަމޫނާއަކަށް ބަލާގެން އުޅޭ ނިއުމާ ކަހަލަ މީހަކަށް މި ދޭތީގަ މާބޮޑު މައްސަލައެއް ނުފެންނާނެ. ފާހިޝް ވާހަކަތަށް ވެސް އެ މީހުންނަށް އޮންނަނީ ޒީނަތްތެރި ވެފަ.
    ލަދް ކޮބާ ތަ ލަދް

    131
    3
  11. ކޮސް އަލީ

    ފާހިޝް އަމަލުތަކައް އަރައިގަނެފައިވާ ޔަހޫދީ ދިވެހިން...

    85
    2
  12. ހުސޭނުބޭ

    ވަގަކަށް ވައްކަންކުރުން ހަޑިކަމަކަށްނުވާހިނދު ނިއުމާ ކައިރީގައި ދިވެހިފިލްމެއްގައި އަވަގުރާނަގޮވުމަކީ މައްސަލައަކަށް ނުވާނެކަން އެނގޭވިއްޔާ! ޕީއެޗްޑީއެއްވިއްޔާ!

    105
    4
  13. ތަވާ

    މަޖިލީހުގަ މިކިޔަނީ މިއުރާޖު މާލޫދުތަ؟
    ތި ސީރީސް ހަމަ ވަރައް ފައްކާ އެކުދިންނައް ހަމަ ސާބަސް

    10
    74
    • ޣ

      ވަރަށް ފޫހި މީހެއް... ?... މީނަ ކުޅޭ ފިލްމުތައް ބަލާތަ؟

      21
      2
  14. ކަރަން ޖޯހަރު

    ކޮންމެ ކަމެއް ވެސް މި އިންނަނީ އެމީހެއްގެ ޕާސްޕެކްޓީވްއަކުން ބެލީމަ،......... ރަވީ ބުނެފައި ވެއެވެ.
    އެހެންވީމާ ރިޝްމީގެ ސީރީސް ބައްލަވާ އެންމެހައި ބޭކަލުންނާއި ބޭކނބަލުން އަވަގުރާނަ ޕާސްޕެކްޓިވަކުން ބެލުމަށް ދަންނަވަމެވެ.

    36
    1
  15. ޝަމީނާ

    މައުމޫނުގެ ވެރިކަން ވެއްޓުމާއި އެކު ރާއްޖޭގެ ޕަބްލިކް މީޑިޔާ އާއި ނޫސްތަކާއި އަދި ފިލްމުތަކުގައި އަދަބު އަޚުލާގު
    އިހުތިރާމް ހަޔާތް އަދި ދީނީ ކުލަ ވަނީ ގެއްލިގެން ގޮސް ހަލާކުވެފަ. މިހާރު މަޖިލީހުގެ މެމްބަރުންނާއި އަދި މިނިސްޓަރުންގެ ކިބައިގަވެސް ރިވެތި އަޚުލާގު އަދި އިހްތިރާމާއި އަދަބެއް ނުހުރޭ.. އެހެންވެ އެއިން އެކަކައްވެސް އިހުތިރާމެއް ނުލިބޭ.

    63
    2
  16. ވަޒީ

    އިހްތިރާމާއި އަޚްލާގު އާލާކުރުވާނެ ވެރީން ގައުމައް މިވަގުތު ނުހަނު ބޭނުންވޭ.

    45
    2
  17. ޑިމޮކްރަޓިސްޓް

    ހަޑި ހުތުރު ކަންކަން ކުރާ މީހުންނާއި، މީހުން މަރާމީހުންވެސް އޭބަޔަކު އެކުރި ކަމަކީ މައްސަލައެއް ނޫންކަމަށް ވާހަކަ ދައްކާނެ. މީ އާކަމެއް ނޫން.

    48
    3
  18. ހޭބައްޔާ ބުނަން!

    ބޭރު ބަހަކުން ބިދޭސީން ކުޅެފަ ހުންނަ ފިލްމާ، ދިވެހި ބަހުން ދިވެހި، ކާޅުން ކުޅެފަ ހުންނަ އެއްޗިއްސާ އަޅައެއް ނުކިޔޭނެ އެވެ. ދިވެހި ބަހުން ވަޚުޝީ ޑައިލޮގް ތައް ކިޔާއިރު ކިރިޔާވެސް ގޮތެއް ހުންނަ މީހަކުނަމަ، އަމިއްލަ ނަފްސަށް ވެސް ލަދުވެތިކަން އިޙުސާސް ކުރެވޭނެ އެވެ. އަމްދުން މީ %100 މުސްލިމް ޤައުމެކެވެ. މިހާރުވެސް މިއުޅެނީ ވަޚުޝީ ޖަރީމާ އިތުރުވާތީ އެވެ. މިރާއްޖޭގައި އެފަދަ ތަކެތި ކުޅެ، ދެއްކިގެން ވެސް ނުވާނެ އެވެ. އެކަން ނިޢުމާ ފަދަ ޙަޔާތްކުޑަ އަންހެނަކަށް ރީތިވާނެ އެވެ.

    61
    4
  19. ދިވެހި ފިރިހެނެތް

    އައުގުރާނަ ގޮވާ އަނގައިން ހަޑި މުޑުދާރު ވައްތަރު ދިވެހި ކަނބަލެއްގެ ފަރާތުން ފެނުނީމާ ލަދު ގަތް ޤ

    57
    2
  20. މަގޭ

    މި މުޖުތަމައުގަ ޒިނޭކުރުން އާންމުވަންޏާ ޒިނޭކުރާ މަންޒަރު ދައްކުވައިދޭ ފިލްފު ހެދުން އޯކޭއޭތަ ތިބުނަނީ؟ ލަދުން ބޯހަލާކު!

    54
    3
  21. ޒީކް

    ގޯސްކަމަކަށްނުވާނެއެއްނު.. ސުނީތާއާއި ދިމާލަށްވެސް ތިމާމީހާ ގޮވާފައި ހުރީ މާރީތި އެއްޗިއްސެއް ނޫންވިއްޔަ..

    57
    4
  22. ޒާ

    ނިއުމާ އެއީވަކިންކާކުތޯ؟ އޭނާއަށް ގޯސްވާނެތަ؟ ތިބުނީ ވަކިން ސަހަލުމީހެއްގެވާކަތޯ؟

    46
    2
  23. ދާދާ

    އެއީ ނިއުމާމެންގެ އާންމު ބަހުރުވައޭ އެހެންވީމަ ގޯހެެއް ނުވާނެތާ. ސުނިތާއާ ދިމާލަށް އެއްޗެހިކީ އޯޑިއޯ އަޑުއިވިފަ ހުންނާނީ އެންމެންނަށް. ސޯޝަލް މައްސަލަތަކަށް ފިލްމް ހަދާ އެހެން ގައުމުތަކުގަވެސް އެކަމަކު ވަކި މިންގަނޑެއް އޮވޭ އެކަމުގަ. ރާއްޖޭގަ ނޯވޭ އެއްވެސް ކަމެއްގަ އިމެއް ހައްދެއް.

    59
    1
  24. އާޒިމް

    މައްސަލއަކަށް ނުވާތީ ނިއުމާގައިގަ ހައްދުޖެހީ. މައްސަލައަކަށް ވީނަމަ ހައްދު ޖަހަން ނުޖެހުނީސް.

    45
    2
  25. ނަބާ

    “ ޕޯން” ބަލާވާހަަކަ ކޮންމެ މީހަކުވެސް އަޑަަށް ބާރުލާފަ ބުނާއިރު ‘ އެބަލާ އެއްޗެއް ބަލަނީ އެކަނި ދޯ ؟؟ އެންމެންނަށް ފެންނަހެން އެކަކުވެސް އެފާޙިޝް ޢަަމަލު ކުރާ މަންޒަރެއް ނުބަލާނެ! އަދި އެބަލާ މީހަކަށްވެސް ޚުދް އިނގޭނެ އޭނަމިކުރަނީ ބޮަޑުވެގެންވާ ނުބައި ޢަމަލެއްކަން ، މިފަދަ މަންޒަރުތައް ބެލުމަކީ “ ލޮލުން ކުރެވޭ ޒިނޭ އެއްކަން” ވެސް އެކަމަކު އެއީ ކާފަރުން ކުރާ ކަންތައް ، ބޭނުންވަނީ މުސްލިމުން މަގު ފުރައްދަން، ނަމަވެސް % 100 މުސްލިމް ޤައުމެއްގައި ދިރިއުޅޭ މުސްލިމުން އެފަދަ ދަށު ދަރަޖަ އަކަށް ވެއްޓުނީމާ އެވާހަކަ ދެއްކޭނެ ! ދައްކަންވެސް ޖެހޭނެ ! އަދި އެކަން ހައްލު ކުރަންވެސް ޖެހޭނެ! މިހިރަ ކަންތައްތަކަކީ ކަނޑައެޅިގެން އިސްލާމް ދީނުގައި ބޮޑުވެގެންވާ ޙަރާމް ކަންތައް ! އެއްބަޔަކު ކުރާ ނުބައި ކަންތައްތަކުގެ ޢަޒާބް އެންމެންގެ މައްޗަށް ވެސް ﷲ ފޮނުއްވާފައި އެބަހުރި !! ވީ އިރު އިސްލާޙު ވާން މަސައްކަތް ކުރޭ !! މަރުވަނީ ތިބާ އާއި ދާދި ގާތުގައި !!

    54
    2
  26. Anonymous

    ސީރީޒް އެއްގަ ގޮވީމަ ގޯހީ މަގުތައް މަތީގަ “ސޯ ކޯލްޑް ޒުވާނުން” ޅަވިޔަނި ބަހުރުވައިގެން އަރައިނުގަނެވޭ . ތެދު ހާމަ ކުރީމަ ހަޖަމު ނުވާ މީހުންވެސް ގިނަ

    9
    28
  27. ާމާމީ

    މާ ބޮޑުކަމަކައް ތިކަންވީ ކޮބާތަމިރާއްޖޭގަ އިސްލާމްދީނައް ފުރައްސާރަކޮއް ގުރުއާނައް ހަޖޫޖަހާ ރަސޫލާއައް މަލާމާތް ކޮއްހެދިމީހުން އެތިބީ މިސަރުކާރުގެ ބޮޑެތި މަގާމުތަކުގަ ވީމާތިކަމަކީ މިލާދީނީ ސަރުކާރައް މާބޮޑުކަމަކައް ނުވާނެ. ރައީސް އޮފީހުގަ އެހެރީ ވެބުކެމް ވެސް.

    34
    1
  28. ކަހުރަބު

    އަހުން ވެސް 365ނުބަލަން އެކަމު ބަލައިހަދާ ވ ގިނަ ސީރީޒް ތަކުގަ އެއްޖިންސުން ކައިވެނިކޮށް ކައިވެނި ރަޖިސްޓްރީކޮށް ސެޓްފިކެޓްވެސްހޯދާ މީ ކަނޑައެޅުގެން ސަމާވީ 3 ދީންވެސް ހުއްދަކުރާ ކަމެއް ނޫން ، އެހެނެކޭ ކިޔާފަ އެ ބައި ވެސް އިސްލާމީ ޤައުމެއްގަ އުފައްދާ ސީރީޒް އެއްގަ ހިމަނަންވީތަ ! ނޫން ހިމަނާކަށް ނުޖެހޭނެ

    31
    1
  29. ނި

    ނިއުމާއަށް އޯކޭ ވާންޖެހޭނެ ދޯ އޭނަގެ ބަސް މަގަކީ ދިވެހިންނަށް ފެނި ބާވެފަ އޮތް އެއްޗެއް ?

    33
  30. އާދަމް

    އެހެން މީހުނަށް ފާޑު ކިޔުމުގެ ކުރިން ތިމާގެ ނަފްސުގެ މަތީން ހަނދާންނައްތާ ނުލާ. މަންޖެޔަ ކީ ހެދުން ލައިގެން އޮރިޔާމުން އުޅޭ މީހެއް. އެފަދަ މީހުންނަ ކީ ސުވަރުގެ ނުވަންނާނޭ ބަޔަ ކު ކަމާއި ސުވަރުގޭގެ ވަސްވެސް ނުލިބޭނޭ ބަޔެއް ކަމަށް އުއްމަތުގެ ނަބިއްޔާ ސައްލަﷲ އަލައިހި ވަސައްލަމް ވަނީ ބަޔާން ކޮއްދެއްވާފަ...
    ވާހަ ކައިގެ މައްސަލައިގައި ބުނަންއޮތީ ސޫރަތުލް އިސްރާގެ 53 ވަނަ އާޔަތާއި ތަފްސީރު ބައްލަވާށޭ.. ރީތި ބަހުން ވާހަ ކަ ދެއް ކުމަ ކީ ﷲ ގެ އަމުރުފުޅެއް...އަހަރުމެން މުސްލިމު ނަމެއް ކިޔައިގެން އުޅެފައި އެ އަމުރާ ޚިލާފްވީމާ ދުނިޔެމަތީގައި ލިބޭނެ ދެރަޔާއި އާޚިރަތްދުވަހުގައި ލިބޭނޭ ޢަޒާބު ވަނީ އެނގި ބަޔާންވެގެން.
    'އެންމެ ރިވެތި ހެޔޮ ބަސްތަކުން ވާހަކަދައްކައި އުޅުމަށް ތިމަންރަސްކަލާނގެ އަޅުންނަށް ކަލޭގެފާނު ވިދާޅުވާށެވެ. ހަމަކަށަވަރުން ޝައިޠާނާ އެއުރެންގެ މެދުގައި ފަސާދަ އުފައްދަތެވެ. ހަމަކަށަވަރުން ޝައިޠާނާއީ އިންސާނުންނަށް ފާޅުވެގެންހުރި ޢަދާވާތްތެރިޔަކު ކަމުގައި ވިއެވެ.' ސޫރަތުލް އިސްރާ 53 މި އާޔަތުގެ ތަފްސީރް ތަފްސީރް އިބްނު ކަޘީރުން ބައްލަވާލެއްވީމާ އިތުރު މަޢުލާމާތު ލިބިވަޑައިގަންނަވާނެ.

    29
  31. ޢަލިބެ

    ފަރަންޖީ ބަޔަކު ކުޅެފައިއޮތް އެއްޗެއް ބެލުމާ ތިމާމެން އަމިއްލައަށް ކުޅެ ނެރޭ އެއްޗެއްގައި އިސްލާމީ އަޚްލާގުގެ މިން ފަހަނަޅައި ދިޔުން ހަމަހަމައެއްނުވާނެ. ތިމާމެންނަކީ އިސްލާމުންނޭ ކިޔުމަކުން ނުފުދޭނެ.

    25
  32. Anonymous

    ނިއުމާ މެންގެ އިންޑަސްޓްރީ ކުރިއަރައިގެން ދިޔަ ދިޔައީނުން ގޮސް މިހާރު ފިލްމްތަކާ ސީރީޒް ތައް ހަދަނީ ޔޫރަޕް މާކެޓައް ވީމަ ވާގޮތް،

    27
  33. ފާތުން

    ނިއުމާ އުމުރުން 50 އައް އަޅާގެންދާއިރު އަދި ވެސް އިސްލާހުވާކައްނުވޭތަ.

    27
  34. ނީމް

    އޮރިޔާން ފޮޓޮއެއް ދައްކާފަ ދެން އެއާއިބެހޭގޮތުން ސީރީޒްގައި ވާހަކަ ދެއްކިޔަސް ނިއުމާ އަށް އޯކޭ ވާނެ. އެގޮތަށް ނުހެދީ އަދި މިރާއްޖޭގައި ރައިޓުސް ނެތީމަ. ަދި ވާނެ ކެއްކޮއްލާ.

    13
  35. އޭނާ

    މީނަގެ ވާހަކައިން ސިފަ ވީ މިސާލަކަށް ނަމާދު ނުކުރާ މީހަކާ ދިމާލަށް ނަސޭހަތްތެރިވުމުން މަ އެކަނި ހޭ ނަމާދު ނުކުރަނީ މިވެނި އެވެނި ބައެެއް ވެސް ނުކުރޭ ނޫންހޭ!
    އެހެންމީހުން މައިތިރި ކުރަން ބޭނުން ނަމަ ފުރަތަމަ ތިމާގެ ނަފްސު މައިތިރިކޮށް އިސްލާހު ކުރާށެވެ.
    ތިކަހަލަ ދީނުގެ އަސްލެއް ނޭނގި އުސޫލެއް އީމާންވާނޭ ނޭނގި ރަސޫލެއް ސީދާ މަގު ނުމެކޮއްމެ ޤަބޫލެއް ދެންވެސް އިސްލާމުންގެ ނަމުން ނަން ކިޔާ ޖާހިލުން ޝައިޠާނާގެ ފިޔަވަޅުތަކާއި ޢަމަލުތަށް ދިފާޢުކުރާނެ. ދެންވެސް ތިމާމެންނަށް ކިޔަންވީ އިސްލާމުންތޯ؟

    18
  36. އޭނާ

    މީނަގެ ވާހަކައިން ސިފަ ވީ މިސާލަކަށް ނަމާދު ނުކުރާ މީހަކާ ދިމާލަށް ނަސޭހަތްތެރިވުމުން މަ އެކަނި ހޭ ނަމާދު ނުކުރަނީ މިވެނި އެވެނި ބައެެއް ވެސް ނުކުރޭ ނޫންހޭ!
    އެހެންމީހުން މައިތިރި ކުރަން ބޭނުން ނަމަ ފުރަތަމަ ތިމާގެ ނަފްސު މައިތިރިކޮށް އިސްލާހު ކުރާށެވެ.
    ތިކަހަލަ ދީނުގެ އަސްލެއް ނޭނގި އުސޫލެއް އީމާންވާނޭ ނޭނގި ރަސޫލެއް ސީދާ މަގު ނުމެކޮއްމެ ޤަބޫލެއް ދެންވެސް އިސްލާމުންގެ ނަމުން ނަން ކިޔާ ޖާހިލުން ޝައިޠާނާގެ ފިޔަވަޅުތަކާއި ޢަމަލުތަށް ދިފާޢުކުރާނެ. ދެންވެސް ތިމާމެންނަށް ކިޔަންވީ އިސްލާމުންތޯ؟ދެންވެސް ކިޔަންވީ އިސްލާމުންތޯ؟

  37. ފަނީ

    ދިވެހީންނޭ ކިޔާނެ ކަމެތްނެތް ނިއުމާ ކަލޭ! ކަލެއަށް ހެޔޮވާނޭކަން އަހަރެމެންނަށް އިނގޭ. ސުނިޔަންކާއާދިމާލަށް ކަލޭ ގޮވި އައުގުރާނަ އަދި ދިވެހީން ހަނދާން އެބަހުރި. އޭގެއިން އިނގޭ ކަލޭގެ ފެންވަރު

    23
    1
  38. އަލިބެއްޔާ

    މަސްތުވާތަކެތި ބޭނުކުރާ މީހަކަށް އެއްވެސް ކަމަކީ މާކަ ބޮޑުކަމަށް ނުވާނެ..

    12
  39. ދަރަނި ދަންތުރަ

    ރިސްމީގެ ފުރަތަމަ ކައިވެނި ރޫޅުނު ސަބަބު ސީރީސް އެއްގައި ބުނެދީބަލަ އަދި ފިލްމުކުލޭ ގޮތަށް އެމަންޒަރުތަށް ކުޅެފަދައްކަބަލަ މީހުން ހޭލުންތެރިކުރުވާށޭ ކިޔާފައި ހަޔާތްކުޑަވިޔަސް ތިޔައީ ބޮޑުވަރު

    15
  40. ައަހުމަދު

    365ޑޭސް އެއީ ކާފަރުން ނެރުނުފިލްމެއް އޭގެއިން ދައްކާ ބަދުއަޙޮލާޤީ މަންޒަރުތައް އެމީހުންގެ މައްސަލަޔަކަށް ނުވެދާނެ، ދެން ދިވެހިރައްޖޭޔަކީ މުސްލިމުޤައުމެއް މިޤައުމުގައި ބަދުއަޙްލާޤީ ވާހަކަތަކެއް އަދި މަންޒަރުތަކެއް ބަލައެއްނުގަނެވޭނެ އަދިޙިޔާލު ފާޅުކުރުމުގެތެރެއިން އިސްލާމްދީނާއި ފުށުއަރާވަހަތަށްވެސް ބަލައެއްނުގަނެވޭނެ. ތިފިލްމު ހުއްދަދޭންގޖެހޭނީ ތިހުރިހާ ބަދުއަޙްލާޤީ މަންޒަރުތަށް ކަނޑާފައި އަދިތިކަން ކުރިމީހުންނާދޭތެރެގައި ފިޔަވަޅުއެޅުމަށް ކަމާއިބެހޭ ހއިދާރާތަކަށް ގޮވާލަން ، ނޫނީ +18 އޭކިޔާފައި ދެން ނެރޭނީ އޮރިޔާން ފިލްމެއްކަން ނޭގެ..

    11
  41. އެލެކްސް

    މިކަމާމެދު އަހަރެން އެއްޗެއްބުނެފިއްޔާ އަހަރެންނަށްވުރެ ނުބައިމީހަކު ނުހުންނާނެ.

    16
    1
  42. ޑެޑުއހފޯސް

    ސަނީލިއޮންމެން ރިސްމީމެން ނިޔުމާމެން މީ ވަރަށް ގެވެހި އަދި ނުލާހިކު ދީންވެރި ބަޔެކޭ.

  43. އަލީ އާމިރު

    މީނަ އަށް އޯކޭ އެއް ނުވާނެތާ، މީނަވެސް އައުގުރާނަ ގޮވާ އޯޑިއޯ އެއް އެބައުޅޭވިއްޔަ. އަނެއްކާ މީނަ ވެސް މީ ބަދު އަޚްލާޤީ ޢަމަލު ހިންގުމުގެ ރެކޯރޑް އޮތްމީހެއް، ލަނޑަޔާ ވާނީ ލަނޑަޔާ އޭ ބުނާ އަޑު މަމެން އަހަން.

  44. ހަސަނު

    އޭނާއަށް އަދިވެސް އިބްރަތެއް ނުލިބެނީތޯ އެވެ.

  45. ޙުސެން

    ކަލޭމެންނަކީ ލަދެއް ހަޔާތެއް ހު ރި ބައެއްނޫން ... މުޖުތަމައު ފަސާދަކޮށްފި މިބައިގަނޑު...

  46. ވަރިހަމަ އޭ

    އާނއެކޭ މި ނިއުމާ މެންނަކަށް ނޭނގެ ހެވާއި ނުބައި ވަކިކުރާކަށް.. އެކަމު މީ 100 އިން 100 މުސްލިމް ގައުމެކޯ... އަޖައިބެއްނު މި ދެން.. މަންޖެ ނިއުމާ މި މުސްލިމް ގައުމު ހަލާކު ނުކޮށް މައިތިރިވެގެން ހުރޭ.. މަންޖެ ފުރަތަމަ މަންޖެގެ އަމިއްލަ ކުށް ރަނގަޅު ކޮއްފައި އެހެން މީހުންނަށް ކިޔާބަލަ

  47. ޖުހާ

    ނިއުމާ އަ ކީ ކަޑު ކޮހެއް. ރިޝްމީ އަ ކީ ކުރުހެދުން ލައިގެން ޔާރާ ޕުރޮޑެ ކްޝަނޭ ކިޔައިގެން ނި ކުމެ ދިވެހި ފިލްމް އަންޑަސްޓްރީ ހަލާ ކު ކޮއްލި މީހާ.

  48. ހުސޭނު

    މީނާ އެއްކޮއް ހުދުވީމާ އަލުން އޮރިޔާންވެ ފިލްމުކުޅެން ނުކުނާނެ. ބަލަންތިބޭތި.

  49. ހީހީ ހަލާކު!!!

    ދެން ނެރޭ އޮރިޔާން ފިލްމެއް. އޯކޭ ވާނެ އެވެސް ހަގީގަތް ވިޔަ. ކަން ކުރާ މީހާ އަކަށް ނުވާނެ މައްސަލައަކަށް އަމިއްލަ ދަރި ކަން ކުރިޔަސް. ކީއްވެ ވާންވީ؟ ތީ އަދި ކުޑަވަރެއް. ހަކުރުވެސް އެތެރެ ކުރުވައިގެން އެ ވިއްކުވާ ކަމުގެ އަޑުތައް ވެސް އިވޭ. މަސްތުވާ ކުދިން މިވާހަކަތަށް ދައްކާނީ އޭގަ ކޮންމެސް ޙަގީގަތެއް ވާތީ ރަންގަޅަށް ވިއްޔާ. އެހެންވީމަ މީކީއެއްވެސް މައްސަލަ އަކަށް ނުވާކަމާއިމެދަ އެއްވެސް ޟައްކެތް ނެތް. މުހިންމީ ފައިސާ ވިޔަ މިމީހުނަށް. ކުރަނީ ހުސް ހަރާން ކަންތައް، ރަގަޅު ކަމެއް އައްޑަނަ އަކަށް ނަގައިގެން. އޯކޭ ވާނެ. ގައުމު ފަހުރުވެރިވާ ފިލްމީ ތަރީންނު.

    3
    1