އިންޑިއާގެ ރައިގަރްހްގެ ޑިސްޓްރިކްޓެއް ކަަމަށްވާ ޗައްޓިސްގަރްހް ޑިސްޓްރިކްޓްއަށް ނިސްބަތްވާ ފިރިހެނަކު އޭނާގެ ތިން ދަރިން ލޯޓަށް އެއްލާލުމަށްފަހު، ކޯރަށް ފުންމާލައިފިއެވެ.
އެ މީހާ އޭނާގެ ދަރިން ކޯރަށް އެއްލާލުމަށްފަހު، އެ ކޯރަށް ފުންމާލީ އާއިލާ ތެރޭގައި ޖެހުނު މައްސަލައަކާއި ގުޅިގެންނެވެ.
އެ މީހުން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެއެވެ. އެހެން ނަމަވެސް އެ ސަރަހައްދަށް ވިއްސާރަކުރަމުން ދާތީ އެ މީހުން ހޯދުމުގައި ދަތިތަކާއި ދިމާވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.
މި ހާދިސާ ހިނގާފައި ވަނީ މިއަދު ވަރަށް ހެނދުނުގެ ވަގުތެއްގައެވެ. އެ މީހާ އޭނާގެ ދަރިން އެއްލާލީ މާންދް ކޯރަށެވެ.
އޭނާގެ ފަސް އަހަރުގެ ދަރިފުޅާއި، ތިން އަހަރުގެ ދަރިފުޅާއި، އަށް މަހުގެ ދަރިފުޅު ކޯރަށް އެއްލާލީ ސައިކަލެއްގައި އެ ގޮސް އެވެ.
"އޭނާ އެ ސަރަހައްދަށް ސައިކަލުގައި ގޮސް ކުއްލިއަކަށް ހުއްޓާލާފައި ދަރިން ކޯރަށް އެއްލާލީ، އަދި އޭނާ ވަނީ ފަހުން ކޯޜަށް ފުންމާލާފައި"ފުލުހުން ބުނެފައި ވެއެވެ.
ފުލުހުން ބުނެފައި ވަނީ އެ މީހުންނަށް އެ މައުލުމާތު ލިބުމާއެކު އެ ސަރަހައްދަށް ދިޔަ ކަމަށެވެ. އަދި އެ މީހުން ހޯދުމަށް އޮަޕަރޭޝަން ފެށިއިރު، މިހާތަނަށް އެއްވެސް މީހަކު ހޯދިފައި ނުވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.
ފުލުހުން މިހާރު ދަނީ އެ އާއިލާ ތެރޭ ޖެހުނީ ކޮން ކަހަލަ މައްސަލަތަކެއްތޯ ބަލަމުންނެވެ.
ސުބުހާނަﷲ
ކޯއްޗެއް ބޮވިފަ ތިބޭ ބައެއްތަ އަޅެ މި އިންޑިޔާ މީހުންމީ
މޮޔަ ގެރި މޯދީ ދޯ
އަސްތަޢްފިރުﷲ..