ބޮލީވުޑްގެ ތަރި ސުޝަންތް ސިންގ ރާޖްޕުތްގެ އޮޓޮޕްސީ ރިޕޯޓް އިތުރަށް ބެލުމަށް، ފަސް މެންބަރުންގެ މައްޗަށް އެކުލެވޭ ފޮރެންސިކް އެކްސްޕާޓް ޓީމެއް އެކުލަވާލައި މަސައްކަތް ފަށައިފިއެވެ.

އޭއައިއައިއެމްއެސް (އޯލް އިންޑިއާ އިންސްޓިޓިއުޓް އޮފް މެޑިކަލް ސައިންސް)އިން އިއްޔެ އެކުލަވާލި އެ ޓީމަކީ ސީބީއައި އިން އެ މައްްސަލަ ބަލަން ފަށައި، އެ ހޮސްޕިޓަލްގެ އެހީތެރިކަަމަށް އެދުމުން އެކަން ބެލުމަށް އުފެއްދި ޓީމެެކެވެ.

"އަހަރުމެން އެކަން ބަލާނަން އޭނާ މަރާލާފައިވާ ކަަމަށް ބެލެވޭ އޭންގަލް ތަކުން، އަދި މި އޭންގަލްތަކުން ވަރަށް ބޮޑަށް ބަލާ ދިރާސާތައް ކުރާނަން". އާއައިއައިއެމްއެސްގެ ފޮރެންސިކް ޑިޕާޓްމެންޓްގެ ޗީފް ޑރ. ސުދިރް ގުޕްތާ ބުނެފައި ވެއެވެ.

އެ ޓީމް ލީޑް ކުރުމުގައިވެސް ހަރަކާތްތެރިވާ ޑރ. ސުދިރު ބުނެފައި ވަނީ، އެ ޓީމުން، ސުޝަންތްއަށް ލިބިފައި ހުރި އަނިޔާތަކުގެ ޕެޓާންތައް ބަލާނެ ކަމަށެވެ. އަދި ހެކިތައް ހޯދުމުގެ މަސައްކަތް ކުރަމުންދާނެ ކަމަށެވެ. އަދި ތަހުލީލުތައް ކުރުމަށް ބޭނުންކުރި ވިސެރާ ސާމްޕަލްސް ދިރާސާ ކުރާނެ ކަމަށާއި، އަދިއޭނާއަށް ދިން އެންޓި ޑިޕްރެޝަންޓްސްތައްވެސް އޭައިއައިއެމްއެސްގެ ލެބޯޓްރީގައި އެނަލައިޒް ކުރާނެކަމަށް އޭނާ ބުނެފައި ވެއެވެ.

ސީބީއައި އިން އޭއައިއައިއެމްއެސްގެ ފޮރެންސިކް ޑިޕާޓްމެންޓަށް ދިޔައީ މެޑިކަލް ލީގަލް އޮޕީނިއަން ތަކާއި ގުޅޭގޮތުން ބެލުމަށެވެ. އެގޮތުން ޕޯސްޓްމޯޓަމް ރިޕޯޓާއި، ވިސެރާ ރިޕޯޓް ވީ އަަަވަހަށް ހަވާލު ކުރަނެ ކަމުގެ ޔަގީންކަން ވަނީ އެ އިންސްޓިޓިއުޓް އިން ދީފައެވެ.