ނިދި ހަމަ ނުވުމަކީ ގިނަ ބަލިތަކަކަށް މަގުފަހި ކުރުވާ ކަމެއްކަން ގިނަ ބަޔަކަށް އެނގޭނަމަވެސް ނިދި ހަމަކުރުމަށް ހާއްސަސަމާލުކަމެއް ނުދެއެވެ. ކޮންމެ ދުވަހަކު މަދުވެގެން 7 ގަޑިއިރު ނިދި ލިބޭނަމަ ލިބޭ ފައިދާތަށް ގިނަގުނައެވެ.

އެގޮތުން ފަހުގެ ދިރާސާއަކުން ހާމަވާ ގޮތުގައި 7 ގަޑިއިރު ނިދި ނުލިބޭނަމަ ޑިޕްރެޝަންއަށް މަގުފަހިވުމުގެ 80 އިންސަންތަ ބޮޑުވެގެންދާ ކަމަށެވެ.

އަދި އެންމެ 6 ގަޑިއިރު ނިދި ލިބުނު ކަމުގައި ވިޔަސް ނުތަނަވަސްކަމާއި ހާއްކަން އަދި ވަރުބަލިކަން އިހުސާސްކުރެވޭނެ ކަމަށާއި އެހެން ވުމުގެ 60 އާއި 80 އިންސަންތައާއި ދެމެދުގެ މިންވަރަކަށް އިތުރުވެގެންދާ ކަމަށެވެ.

މި އަހަރުގެ ތެރޭގައި ބިންޖްހަމްޓޮން ޔުނިވާސިޓީގައި ކުރިއަށް ގެންދިޔަ އިތުރު ދިރާސާއަކުން ހާމަވާ ގޮތުގައި އިންސޯނިޔާ ޖެހިފައިވާ އަންހެނުން ނިދި ހަމަނުކުރާނަމަ އިތުރު ކަންކަމަށް މަގުފަހިވެގެންދާ ކަމަށެވެ. އަދި އެމީހުންގެ ނިދި ހަމަވާނަމަ ނުރަނގަޅު ހިޔާލުތަކުންނާއި ހިތާމަވެރި ކަންކަމުން އަރައިގަތުމަށް ފަސޭހަވެގެންދާ ކަމަށެވެ.

އޭގެ އިތުރުން އެމެރިކާގެ 25 އިންސަންތަ އަންހެނުން ނިދި ނުލިބި ނިދަން އުނދަގޫވެގެން އުޅޭއިރު ކޮންމެ އަހަރެއްގެ މައްޗަށް ޑިޕްރެޝަންޖެހޭ މިންވަރު 7 އިންސަންތަ އިތުރުވާކަމަށް ދިރާސާއިން ހާމަވެއެވެ.

އެގޮތުން ދުވާލެއްގެ މައްޗަށް 7-9 ގަޑިއިރުގެ ނިދި މަދުވެގެން ލިބުމަށް ތަޖްރިބާކާރުން ލަފާދެއެވެ.