އިންޑިއާގެ ހައިދަރްއާބާދުގެ 21 އަހަރުގެ ޒުވާނާ، ނީލަކާންތާ ބާނޫ ޕްރަކާޝްއަކީ ދުނިޔޭގެ އެންމެ އަވަސް އިންސާނީ ކަލްކިއުލޭޓަރއެވެ. ދިއްލީގެ އެެސް.ޓީ ސްޓެފަން ކޮލެޖުން ހިސާބުން ގުރެޖުއޭޓްވެފައިވާ ނީލަކާންތާއަކީ އިންޑިއާގައި ސިކުނޑިން ހިސާބު ހެދުމުން ރަން މެޑަލް ހޯދި ފުރަތަމަ މީހާއެވެ. މި މެޑަލް އޭނާ ހޯދާފައިވަނީ ލަންޑަންގައި އޮތް މައިންޑް ސްޕޯޓްސް އޮލިމްޕައިޑްގެ ވާރލްޑް ސެމްޕިއަންޝިޕުންނެވެ.

13 ގައުމަކުން، އުމުރުން 13 އަހަރާއި 50 އަހަރުގެ 30 ބައިވެރިންނާއިއެކު ބޭއްވުނު މި މުބާރާތް އޮތީ ވާރޗުއަލްކޮށެވެ. އެ ގައުމުތަކަކީ ޔޫކޭ، ޖަރމަނީ، ޔޫއޭއީ، ފްރާންސް، ގްރީސް އަދި ލުބަނަންއެވެ. ނީލަކާންތާ އޭނާގެ އުމުރުން 5 އަހަރުގައި އެސްއައިޕީ އެބަކަސް ޕްރޮގްރާމްގައި ބައިވެރިވެ އެބަކަސްގެ 9 ލެވެލެއް ފުރިހަމަ ކޮށްފައިވެއެވެ. 2011 އަދި 2012 ވަނަ އަހަރުގެ ނެޝަނަލް އެބަކަސް ޗެމްޕިއަންޝިޕް ވެސް ކާމިޔާބު ކޮށްފައިވެއެވެ.

ދުނިޔޭގެ އެންމެ އަވަސް އިންސާނީ ކަލްކިއުލޭޓަރގެ ހަތަރު ރަންމެޑަލް ހާސިލްކޮށްފައިވާ ނީލަކާންތާ ބުނެފައިވަނީ އޭނާއަކީ އިންޑިޔާއަށް މިފަދަ ރަން މެޑަލެއް ގެނެސްދިން ފުރަތަމަ މީހާ ކަމަށެވެ. މަޝްހޫރު ސްކޮޓް ފްލެންސްބަރގް އާއި ޝަކުންތަލާ ދޭވީގެ ރިކޯޑްވެސް ނީލަކާންތާ ވަނީ މުގުރާލާފައެވެ.

މައިންޑް ސްޕޯޓްސް އޮލިމްޕިކްސްގެ ޖަޖުންވެސް ނީލަކާަންތާގެ އަވަސްްކަމާއި މޮޅުކަމުން ހައިރާންވިއެެވެ. އަދި އެކަން ޔަގީން ކުރުމަށްޓަކައިވެސް އިތުރު ސުވާަލުތައް ވެސް ޖަޖުން ވަނީ އޭނާ އާއި ކޮށްފައެެވެ.

މީގެއިތުރުންވެސް ނީލަކާންތާވަނީ ''ޕަވަރ މަލްޑިޕްލިކޭޝަން'' އާއި ''ދި ސްޕަރ ސަބްސްޓްރެކްޝަން'' ރިކޯޑްވެސް ހަދާފައެވެ.

ސަރުކާރުގެ ސުކޫލުތަކުގެ ދަރިވަރުން ހިސާބު އިލްމަށް މޮޅު ކުރުމަށް ''އެކްސްޕްލޯރިން އިންފައިނިޓީސް'' ގެ ނަމުގައި ވަނީ މަސައްކަތް ފަށައިފައެެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަނޫރާ

    މެލްބަން ޔުނިވަރސިޓީގެ ހިސާބުމާއްދާގެ ޕްރޮފެސަރަކު ނީލަކާންތާ އާ ސުވާލުކުރަން ޓެބެއް ހުޅުވާފައި ހަތަރު ފިގަރ އެކުލެވޭ ސައިމަލްޓޭނިޔަސް އީކުއޭޝަންއެއް ދެއްކިއެވެ. 10 ސިކުންތު ބެހެއްޓުމަށްފަހު ޓެބް ނިއްވާލިއެވެ. ޓެބް ނިއްވާލުމާއެކު ނީލަކާންތާ އެ އީކުއޭޝަންގެ ޖަވާބުހާމަކުރިއެވެ. އެކްސް އީކުއަލް 2،7 އެންޑް ވައި އީކްއަލް 0.6 އެވެ. ޙަފްލާގެ ބައިވެރިން ހައިރާންކޮށްލިއެވެ.