ކެލިފޯނިއާގެ އެންމެ ދުވަސްވީ ސްޓޭޓް ޕާކުގައި މިދިޔަ ހަފްތާ ހިނގި އަލިފާނުގެ ހާދިސާގައި އެތަކެއް ގަސްތަކެއް ވަނީ ނެތި ގޮސްފައެެވެ. ނަމަވެސް އުފާވެރި ހަބަރަރަކީ ދުނިޔޭގެ އެެންމެ ދުވަސްވީ އަދި އެންމެ ދިގު ގަސްކަމުގައިވާ ރެޑްވުޑްގަސް ވަނީ މި ހާދިސާއިން ސަލާމަތްވެފައެެވެ. 2000 އަހަރުވީ މި ގަސް އަދިވެސް އެ ޕާކުގައި އެެބަހުއްޓެވެ.

މިދިޔަ ހޯމަ ދުވަހު ފޮޓޯ ނަގާ މީހަކު ނަގާަފައިވާަ ފޮޓޯއިން ބިގް ބޭސިން ޕާކުގައިވާ ގިނަ ދުވަސްވީ ގިނަ ގަސްތަކެއް އަދިވެސް ހުރިކަމަށް ދައްކައެެވެ.

ރެޑްވުޑް ގަސްތައް ހިމާޔަތް ކުރުމަށް މަސައްކަތްކުރާ ގުރޫޕެއް ކަމުގައިވާ ސެމްޕަރވިރެންސް ފަންޑުގެ ކޮންސަވޭޝަން ޑައިރެކްޓަރ ލައުރާ މެކްލެންޑޮން ބުނެފައިވަނީ އަލިފާނުގެ ހާދިސާއިން މި ގަސްތައް ސަލާމަތްވުމަކީ އުފާވެރި ޚަބަރެއްކަމަށާއި އޭނާއަށް ވަރަށް ހިތްހަމަޖެހުން ލިބުނު ކަމެއް ކަމުގައެވެ.

ރެޑްވުޑް ޖަންގަލި އެއްކޮށް އަނދާ ނެތި ގޮސްފައިވާކަމަށް ޚަބަރު ފެތުރިފައިވީ ނަމަވެސް މި ޖަންގަލި އަދިވެސް ސަލާމަތުން އޮތްކަމަށް ލައުރާ މެކްލެންޑޮން ބުނެފައިވެއެވެ. މިތަނުގައި އަދި އިތުރަށް ގަސް ފަޅައި ހެދޭނެކަމަށާއި ބިގް ބޭސިން ޕާކާއި އެހެނިހެން ޕާކުތަކުގައިވާ ދުވަސްވީ ރެޑްވުޑް ގަސްތަކަށް ވަނީ އަލިފާނުގެ ހާދިސާއިން އަސަރު ކޮށްފައެވެ. މިއަށްވުރެ ނުރައްކާތެރި ހާދިސާތައް ވެސް ވަނީ މި ގަސްތަކަށް ކުރިމަތިވެފައެެވެ.

1902 ވަނަ އަހަރު ހުޅުވި ބިގް ބޭސިން ޕާކަކީ ރެޑްވުޑް ގަސްތަކަށް ހާއްސަ ޕާަކެކެވެ. މި ޕާކަށް މުޅި ދުނިޔެއިން އަހަރެއްގެ ތެރޭގައި 250،000 މީހުން ޒިޔާރަތް ކުރެއެެވެ.

ކިޔުންތެރިންގެ ހިޔާލު