ކޮވިޑް-19 އާ ހެދި ގިނަ ބޮޑެތި ވިޔަފާރިތަކަށްވެސް މި ވަނީ ގެއްލުންތަކެއް ލިބިފައެވެ. އެކަމަކު ބޮޑެތި ކުންފުނިތަކުން ދަނީ މި ޕެންޑެމިކް އާއެކު އެ ކުންފުނިތަކުގެ ކަސްޓަމަރުންނަށް އާ ކަންތައްތަކެއް ދައްކަމުންނެވެ. މިއީވެސް އެފަދަ ހަބަރަކަށް ވެގެންދާނެއެވެ. ހާއްސަކޮށް މިއީ އެޕަލް ކުންފުންޏަށް ލޯބި ކުރާ ފަރާތްތަކަށް އުފާވެރި ހަބަރަކަށް ވެގެން ދާނެއެވެ.

އެޕަލް ކުންފުނިން ތައްޔާރުވަމުން އެ ދަނީ ތިންވަނަ ސްޓޯރު ސިންގަޕޫރުގައި ހުޅުވުމަށެވެ. ނަމަވެެސް މިފަހަރު ސްޓޯރަކީ ތަފާތު، ގިނަބަޔަކު އަޖައިބުކޮށްލާނެ ވަރުގެ ސްޓޯރެކެވެ. އެއީ ހަމަ ގައުމުވެސް މިފަދަ ނާޒުކު ހާލަތެއްގައިވެސް އެޕަލް ކުންފުނީގެ ކަސްޓަމަރުންގެ މޫނަށް އުފާވެރިކަން ގެނެސް ދޭނެ ކަމެކެވެ.

އެޕަލް އިން މެރިނާ ބެއި ސޭންޑްސްގައި ހުޅުވާ މި ސްޓޯރަކީ ދުނިޔޭގެ ފުރަތަމަ ފުލޯޓިން ސްޓޯރެވެ. ރިޕޯޓްތަކުން ބުނާގޮތުގައި މި ސްޓޯރު ފެންނަން ހުންނާނީ ވަށްބުރަކާއި ގާތްކުރާ ބައްޓަމަކަށެވެ.

މި ސްޓޯރު ދުރުން ބާލާލާއިރު ހީވަނީ، ސްޕޭސް ކްރާފްޓެއްހެންނެވެ. ނޫނީ ބޮޑު ތިއޭޓަރެކެވެ.

އެތަނަށް ގޮސް މިހާރުވެސް ގިނަބަޔަކު ފޮޓޯގައި މީސް މީޑިއާގައި ދަނީ އާއްމު ކުރަމުންނެވެ.

އެޕަލްގެ ވެބް ޕޭޖުގައި ބުނެފައިވަނީ ވަރަށް އަވަހަށް އެޕަލްގެ އައު ސްޓޯރު މެރީނާ ބެއިގައި ހުޅުވާނެކަމަށާއި އެޕަލް މެރިނާ ބެއި ސޭންޑްސް ވެގެންދާނީ އުފެއްދުންތެރިކަމުގެ ނަމޫނާއެއް ކަމަށެވެ. އަދި އުފެއްދުންތެރި ޚިޔާލު ހޯދުމަށް ވަރަށް ރަނގަޅު ތަނެއްކަމަށްވެސް ބުނެފައި ވެއެވެ.

ރޭގަނޑު ގަޑީގައި މި ފްލޯޓިންގ ސްޓޯރ އެއަށްވުރެ ތަފާތެެވެ. ދިއްލާފައި ހުންނައިރު، އަދި މާ ޗާލު ކަމަށް ބަޔަކު ބުނެފައި ވެއެވެ.

މި ފްލޯޓިން ސްޓޯރަކީ ކަންކަން ހޯދައި ބަލައި، އެއްބަޔަކު އަނެއް ބަޔަކަށް ގުޅުވައިދީ އައު އުފެއްދުންތަކެއް ގާއިމް ކުރާނެ ތަނެކެވެ.

އެޕަލްގެ ފުރަތަމަ ސްޓޯރު ހުޅުވައިފައިވަނީ ސިންގަޕޫރުގެ ނައިޓްސްބްރިޖު އިމާރާތުގައި 2017 ވަނަ އަހަރެވެ.

އެޕަލް އިން އަލަށް ހުޅުވާ ތަަނަކީ އެ ކުންފުނީގެ 512 ވަނަ ފިހާރަ ކަމަށް ބައެއް ރިޕޯޓްތައް ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޕްރޮފެސަރ

    ސަޅި