މޯލްޑިވިއަން އައިޑޮލް އިން މަޝްހޫރުވި ލަވަކިޔުންތެރިޔާ ހުސެއިން އިރުފާން (ޒަކިއްޓެ) އާންމުންގެ އެހީތެރިކަމަށް އެދިއްޖެއެވެ.

މޯލްޑިވިއަން އައިޑޮލް އިން މަޝްހޫރުވެ، އާއްމުންގެ ބޮޑު ސަމާލުކަމެއް ހޯދި ޒަކިއްޓެއަށް މީގެ ދުވަސްކޮޅެއް ކުރިން ފާޑުކިޔުންތައް އަމާޒުވެގެން ދިޔައީ ދިވެހިންގެ ތެރެއަށް މަގްބޫލު ލަވަތަކެއް ދޫކޮށްލި އަލީ ރަމީޒުގެ ލަވަތަކަށް ފާޑު ކިޔުމުންނެވެ.

ޒަކިއްޓެ އިންސްޓަގްރާމްގައި އިއްޔެ ކުރި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ ކޮވިޑް-19 އާ ހެދި މިދުވަސްކޮޅުގެ ގޮތުން އެއްވެސް ވަރަކަށް ގިގް އެއް ނުވަތަ ލަވަ ކިޔުމުގެ މަސައްކަތެއް އޭނާ އަށް ނުލިބޭ ކަމަށާއި އެކަމުގެ ސަބަބުން މާލީ ގޮތުން އޭނާ ވަރަށް ބޮޑަށް ދަތިވެފައިވާ ކަމަށެވެ.

އެހެން ކަމުން އޭނާ ވަނީ އިންސްޓަގްރާމް މެދުވެރިކޮށް އޭނާގެ ލަވަތަކަށް ލޯބި ކުރާ ފަރާތްތަކަށް އަގެއް ނަގާ ގޮތަށް ލަވަ ކިޔައިދޭން ނިންމާފައެވެ.

އެގޮތުން އޭނާ ބުނީ، އިންސްޓަގްރާމް މެދުވެރިކޮށް ލަވައެއް ކިޔުމަށް އެދުމުން އެ ލަވައެއް ޕްރައިވެޓް ކޮށްފައި ފޮނުވާނެ ކަމަށެވެ. އެކަމަށް އޭނާ ކޮންމެ މީހެއްގެ އަތުން ނަގަން ނިންމާފައިވަނީ 20 ރުފިޔާއެވެ.

މިގޮތަށް ލަވަ ކިޔާނެ ކަމަށް ޒަކިއްޓެ ބުނުމުން ގިނަ ބަޔަކު ވަނީ އޭނާ އަށް ރިކުއެސްޓް ކޮށްފައިކަން ފާހަގަ ކޮށްލެވެއެވެ. އަދި އޭނާ ވަނީ ކިޔާފައިވާ ބައެއް ލަވަތައް އޭނާގެ އިންސްޓަގްރާމް ސްޓޯރީގައި ހިއްސާވެސް ކޮށްފައެވެ.

ޒުވާން ގިނަ ފަންނާނުންނަކީ އާމްދަނީ ހޯދުމުގެ ގޮތުން ރިސޯޓުތަކަށް ގޮސް މިއުޒިކް ކުޅެމުން އަންނަ ފަރާތްތަކެވެ. އެހެން ނަމަވެސް ދިމާވެފައިވާ ކޮވިޑް-19ގެ ބަލި މަޑު ކަމުގެ ސަބަބަން ރިސޯޓުތައް ބަންދު ކުރުމުން އެ މީހުންނަށްވެސް ފައިސާ ލިބޭނެ ގޮތް ވަނީ ބަންދު ވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

30 ކޮމެންޓް

  1. ޑެރަ

    ދެން އެހެން މަސައްކަތެއްކޮށްބަލަ. ގައިމު ބިދޭސީންތައް އެތިބަ ބޯކޮށް ފައިސާހޯދަނީ. އުޑޔބޮލަށްވެއްޓޭއިރުވެސް ގިޓާ ކޮއްޓަން އިނުމުން ނުފުދޭނެ.

    248
    2
  2. ހައްހައްހާ

    ހީކުރީ ތިމާމީ މާމޮޅު މީހެއް ކަމައް އައްޔަ އާ ދިމާލައް އެއްޗެހި ކިޔާފަ މިއަދު އެހީ އައް އައްޔަ އާންމުންގެ އެހީ އަކައް ނޭދޭ އެހެންވާނީ ތިމާ އައް ތިމާ ފެނުނީމަ

    196
    6
  3. ބޮޑާބެ

    ތިމާ މީހާގެ ފެންވަރު އޮޅުމުގެ ނަތީޖާ ކަމުގަ ވެސް ވެދާނެ. އިބުރަތަކަށް ފުދޭ ކަންކަން މިހުންނަނީ ވިސްނައިފި ބަޔަކަށް

    172
    5
  4. ަަައާރިފް

    ހަމަ ބިމައްވެއްޓުނު ދުވަހު ކިހާވަރަކުންދިޔަ.

    142
    8
  5. ޖަޒީރާވަންތަ ކެހެރި ނުފަޅާ ޖަނަވާރު

    މަ ވެސް މިއުޅެނީ ވަރަށް ހާލުގަ. ނޫޅެން ސަލާން ޖަހާކަށް

    147
    4
  6. ޕާޓޭ ގެ ޑެޑީ

    Bro theethi kadaey!!! thihen noolhebala maves lavakiyan dhiriulhumah faisaa hoadhan athunfain varah burakoh massehkaives kuran bro thiulheny hamaekani lava kiyaigen laari hoadhan ehenve athuga laariyeh noannany. Nikan rangalhu vazeefaaeh hoadhaigen ekamehga ulhebala boakoh libeyne

    68
    4
  7. ހުސެން

    ކަލޯ އަތުން ފައިން މަސައްކަތެއް ކޮއްބަލަ. ކަންނެތް ވިޔަސް ބޮޑުވަރު

    156
    4
  8. Anonymous

    ލަވަޔާ މިއުޒިކާ ދުރުވުމަށް ލިބުނު ސިގްނަލެއް ކަމަށް ބަލާފައި ތިކަމުން ދުރުވެ އެހެން މަސައްކަތެއް ކުރަމާ.
    މާލޭގައި ކުރެވޭނެ ބައިވަރު މަސައްކަތް އެބަހުރި. ހިތްވަރުކޮށްފައި ޙަލާލު މަސަކަތެއް ކުރަން ނިކުންނަމާ ދޯ.
    މިއީ ނަސޭހަތެއް ކަމަށް ބަލައިގަންނާނެ ކަމަށް އުންމީދު ކުރަން.
    ޒަކިއްޓޭއަށް ފާގަތި ދުވަސް ތަކަކަށް އެދެން

    136
    2
  9. ފަތު

    މަވެސް ވ ދަތި. ހަމަ މުސާރަ ނުލިބޭ ތާގަ ރެންޓުވެސް ކުޑަނުކޮއްދިން. އާންމުންގެ އެހީއަށް އެދެން

    61
    4
  10. ހަދީ

    ޢަލީ ރަމީޒް އާ ބެހެންޔާ ވާނީ ތިހެން ތިކަހަލަ ނުބައި އަމިއްލަ މީހާ ފެނިފަ ހުންނަ މީހުންނަށް ދިމާވާގޮތްތީ ދެން ސަލާން ޖަހަން ހުރޭ

    57
    6
  11. ޙަލާލްމަސައްކަތް

    ލަވަކިޔުން ހުއްޓާލަފައި ﷲ ޙަލާލް ކުރެއްވި މަސައްކަތެއް ހޯދައިގެން ކޮށްބަލަ! އޭރުން ތިޔަހާލަތަކަށް ނުދާނެ. އިންޝާ ﷲ

    110
    1
  12. ޙަލާލްމަސައްކަތްކުރޭ

    ލަވަކިޔުން ހުއްޓާލަފައި ﷲ ޙަލާލް ކުރެއްވި މަސައްކަތެއް ހޯދައިގެން ކޮށްބަލަ! އޭރުން ތިޔަހާލަތަކަށް ނުދާނެ. އިންޝާ ﷲ

    70
    1
  13. ސަނާހް

    އައްޗީ އުޅޭގޮތެއް، މި މީހުން އުޅޭގޮތުން ދިވެހިންގެ މިއުސިކް ކުރިނާރަނީ، ސަލާން ޖަހަން އެޔޮއް ނުކުތީ..
    ލަދުން ބޯހަލާކު

    47
    3
  14. ސަރީފް

    ޒަކިއްޓެ އެކަނިތަ ހާލު އުޅެނީ ؟؟
    އަޖައިބެއް، ދެން އެހެން ނޫނަސް ހަތަރރސް ފައި ސަލާމަތުން ހުއްޓާ ސަލާން ކެހުން ކަޑައެއްނު.

    61
    4
  15. ސަނާ

    އިޒް ހީ ސަޕޯސްޓްބީ އަ ސެލެބްރިޓީ ؟ ލޮލް

    46
    1
  16. ސަލީމް

    ޒަކީ މަށައްދީ ފައިސާ އެފައިސާއިން ބައެއް ޒަކީ އައް ދޭނަން..

    37
    2
  17. މޫނިސާ

    ޒަކިއްޓެ މީ ކާކު ؟؟ އަދި ކިރިޔާ އަޑުއެހިތާ މިހިރީ ؟؟

    51
    2
  18. ފާތުމަ.

    އަދިވެސް ހަރާން ކަންތައްކޮއްގެން ލާރި ލިބޭތޯ ބަލާ.

    49
    2
    • ޑިކްޝަނަރީ

      ހަރާމް

      32
      1
  19. ޒަކަރިއްޔަ

    ރައީސް ޔާމިން ވެރިކަން ނިމުނުފަަހުން ޒުވާނުން ނައް އެތައް ދާއިރާ ތަކަކުން ދަނީ މާލީގޮތުން ބޮޑެތި ގެއްލުން ލިބިފައެވެ. ޒަކިއްޓެ އައް ބުނާނީ ތިކަމުން ދުރުވެ ބުރަކޮއް އެހެން މަސައްކަތެއް ކުރަން ފަށާށޭ.
    މި ވެރިކަމުގަ ދެން ޒުވާނުންނައް މޮޅެއް ލިބޭނެ އެއްވެސް މަގެއް މިހާރަކު ނެތް.

    29
    12
  20. ސްޕޤް

    ޙެޑިން ކިއާފަ ހީވަނީ ސަލާން ޖަހަނީހެން، ކިއަލީމަ މިއެނގުނީ ލަވަ ކިއާފަ ލާރިނަގަނީކަން..

    43
    1
  21. ބޯޖަލީލު

    ކަލޯ ތުވާލި ކޮޅަކާ ފެންފުޅިއެއް ހިފައިގެން ކާރު ސައިކަލް ފުހެން ނުކުމެ ބަލަ ، ލަދަކާހެދި ތަދެއްނުފިލާނެ

    39
    1
  22. ގިޓާ

    ހަމަ އެކަނި ލަވަ ކިޔައިން އާމްދަނީ އެއް ނުލިބޭނެ. އެހެން މީހުން އުޅޭގޮތަށް 8-4 ވަޒީފާ އަކަށް ދޭބަލަ. އަރާމުގަ އޮވެ ފައިސާއެއް ނުލިބޭނެ.

    16
  23. މުހައްމަދު

    ރީތި ލަވައެއް ކިޔާ މީހެއް ނޫން ވީމަ ސޮރީ

  24. އެއްކަލަ ގޮލާ

    މުޑުދާރު ޢަމަލުތައް ކުރާ މީހުން ނިކަމެތި ކުރައްވާށި.

  25. އެހެބް

    ކިތަންމެ ކުޑަ މުސާރައެއް/އާމްދަނީއެއް ލިބުނަސް ﷲ ރުއްސަވާ ކަންތައްތައްކޮށް ޝުކުރުކޮށް ނަމާދު ޤާއިމް ކުރާނަމަ ދެކޮޅު ޖެހޭނެ. ރަހުމަތް އެކި ދިމަދިމާއިން ﷲ ދެއްވާނެ. ފުރުސަތުގެ ބޭނުން ކުރޭ.

    13
  26. ޢަފްލާ

    ޒަކިއޓެއަށް ބުނަން އޮތީ ދަރިފުޅާއޭ ﷲ އެންގެވި ގޮތަށް އުޅެން ދަސްކޮށް އެކަލާނގެ ރުއްސަވާ ޢަމަލުތަށް ކުރުމަށް ޢަޒުމް ކަނޑައަޅާށޭ އޭރުން އަތްމަތި ތަނަވަސްވާނެ އިންޝާﷲ

    14
  27. ސޯބިރު

    މީދެން ކާކުތަ، ބޫން ބޫން ލައްވާފަ މަގުމަތީ އުޅޭއިރު ހީވާކަހަލަ މީ ވަރައް މުއްސަނދި ލާރިއޮންނަ މީހެއް ހެން....

  28. އާމުންދަނީ ފަގީރުކަމަށް

    ރައްޔިތުން މިދަނީ ފަގީރުކަ މަށް ދަތުރުކުރަ މުން. ލިބޭނެ ފައިސާއެއް ވިއްކާނެ އެއްޗެއްނެތް. ސަރުކާރާއި ދައުލަތުގެ މާލީ ލައްޒަތު ހާސިލްކުރު މަށް ބޭނުންވާ ފައިސާހުރީކީ ނިކަ މެތި އާ މުންގެ އަތަކުއެއްނޫން. ބައެއްގެ ޖީބުގައި

  29. ިިަިއައި

    ތިޔަށް ކިޔާނީ..... ތިއޮތީ އަތަށް ގޮވާފަ....