ދެމަފިރިން ކަމަށްވާ ހަސަން އިރުފާން (ޒަކިއްޓެ) އާއި ފާތުމަތު ނަބްއަތު ކިސް ކުރާ ފޮޓޯއެއް އެމީހުންގެ މީސް މީޑިއާ އެކައުންޓެއްގައި އާއްމު ކޮށްފި އެވެ.

ނަބްއަތު އާއި ޒަކިއްޓެ ދިވެހިންގެ މެދުގައި މަގުބޫލްވީ މޯލްޑިވިއަން އައިޑޮލް އިންނެވެ. އެދެމީހުން ވަނީ މިއަހަރުގެ އޮކްޓޯބަރ މަހު ކައިވެނި ކޮށްފައެވެ.

ނަބްއަތު އާއި ޒަކިއްޓެ ކިސް ކުރާ ފޮޓޯއެއް އާއްމު ކުރިއިރު ދެމަފިރިން ވެސް އެފަދަ ފޮޓޯތައް އާއްމު ކުރުމަކީ ދިވެހިން ކޮށް އުޅޭ ކަމެއް ނޫނެވެ.

ކިސް ކުރުމަކީ ޖިންސީ އަމަލެއް ކަމަށް ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުގައި އޮންނަނީ ކަނޑައަޅާފައެވެ. ކިސް ކުރުން އެއީ ޖިންސީ އަމަލެއް ކަމަށް ގާނޫނުގައި ލިޔެފައި އޮންނަ ގައުމުތަކުގެ ތެރޭގައި އިނގިރޭސިވިލާތް، އިންޑިއާ އަދި އެމެރިކާގެ ގިނަ ސްޓޭޓްތައް ހިމެނެއެވެ.

ދިވެހިން ވެސް ގަބޫލު ކުރަނީ އެއީ ޖިންސީ އަމަލެއް ކަމަށެވެ. އާއްމު ތަންތަނުގައި ޖިންސީ އަމަލުތައް ހިންގުން އެއީ އެކަން ކުރަނީ ދެމަފިރިން ކަމަށް ވީނަމަވެސް ރާއްޖޭގެ ގާނޫނުތައް ބުނާ ގޮތުން ކުށެކެވެ.

ޖިންސީ އަމަލެއް ސިފަވާ މަންޒަރެއް ޢާންމު ކުރުމަކީ ޢާންމު އިޖްތިމާޢީ މިންގަނޑުތަކާ ޚިލާފު އަމަލުތައް ހުއްޓުވުމުގެ ޤާނޫނުގެ ދަށުން ވެސް ކުށެކެވެ. އެފަދަ މައްސަލަތައް ތަހްގީގުކޮށް، ޖިނާއީ ދައުވާ ކުރުމުގެ ބާރު ވެސް ގާނޫނުން ވަނީ ދީފައެވެ.

ޒަކިއްޓެ އާއި ނަބައަތު އާއްމުކުރީ ކިސް ކުރާ ފޮޓޯ އާއި ގުޅިގެން ބައެއް ޕޭޖްތަކުގައި ވެސް އެފޮޓޯ އާއްމުކޮށް ފާޑުކިޔާފައި ވެއެވެ. ޒަކިއްޓެ އަކީ މީގެ ކުރިން ވެސް މީޑިއާގައި ދައްކާފައިވާ ބައެއް ވާހަކަތަކުން ވަރަށް ބޮޑަށް ފާޑުކިޔުންތައް އަމާޒުވި ފަންނާނެކެވެ.

ކިޔުންތެރިންގެ ހިޔާލު

23 ކޮމެންޓް

  1. ސޯދު

    އަހަންނަކަށް މައްސަލައެއް ނޫން ތިޔަކީ. ޒަކިއްޓެއާ ނައްބަތުތާ ކިސް ކުރަނީ. ޒަކިއްޓެއާ އަލަމްގިރިއެއް ނޫނެއްނު އެޓް ލީސްޓު.

    17
    86
    • Anonymous

      ކިސްކުރިއަސް ކިސްކޮށްފަ އެހެން މީހުންނަށް ދައްކަން އެ ފޮޓޯތައް ނުލާހުރެބަލަ އެހެންވިއްޔާ😡 އެހެން މީހުންނަށް ދައްކަން އުޅޭތީދޯ މައްސަލަ އަކީ.

      39
      2
  2. ބާމީ

    ޒަކިއްޓޭ އަކީ ފަންނާނެއް ތަ؟

    53
    13
    • ހުސޭނުބޭ

      އާނ ..... ނުފެނޭތަ. ކިސްކުރުމުގެ މާ މޮޅު ފަންނާނެއް. އަދު އެހެން ކަންތައްތައް ކުރާ ފޮޓޯވެސް ހުންނާނެ. އިންތިޒާރު މި ކުރަނީ އޭނާގެ ފަންނުވެރިކަން ދައްކާލާނެ ދުވަހަކަށް

      20
      3
  3. ޗަކޮއި

    ތިޒަކިއްޓެއަކީ ހިތުން ވ.މަޝްހޫރުމީހެއް.

    85
    5
  4. އެދުރުބެ

    ޒަކިއްޓެ ކުރީމަ އޯކޭ ވާނެ... ސެލެބުރިޓީ އިންނޯ.. ބޯ ހަލާކު!!

    70
    2
  5. އަހްމަދު

    މިސަރުކާރުގަ އެއީމަނާކަމެއްނޫން އެކަހަލަކަންތަކާއަޅާލާނެ ސަރުކާރެއްނޫން ތިކުދިންވެސް ބޭނުމިއްޔާ ކުރަންވީ

    33
    7
  6. ލަތީފް

    ކަލޭމެން ކިސްކުރޭ ކޮޓަރީގަ ކޮންނޮހޮރުއްޕާނެއް މީނަހިތުން މީނަ ވަރައް މަސްހޫރު ޙީވާހީވުމައް އަދި އެހެން ކަންތައް ކުރާތަންވެސް މިމީހުން ދައްކާނެ ހަޔާތްވެސް ހުސްވެފަ ވިއްޔަ

    63
    4
  7. ޢަލީ

    ވަރަށް އަޚްލާގީފެންވަރު ދެރަ ބަޔެއް..

    85
    3
  8. ވިސްނަންޖެހޭ ކަމެއް

    ދީނީ ހޭލުންތެރިކަން ކުޑަ މީސްމީހުން މިފަދަ ކަންކަން ކުރާނެ. އެ މީސްމީހުންނަކީ ލަދެއް ޙަޔާތެއް ނެތި ޢާންމު މިންގަނޑުތަކާ ޚިލާފު ކަންތައް ހާމަކަންބޮޑު ތަންތާގައި ކުރަމުން ގެންދާ ވިޔާނުދާ ބަޔެއް.

    66
    2
  9. ތުއްތު ކަލޯ

    ޒަކިއްޓޭ އަލަށް ކުރި ކަމެއް

    31
    4
  10. ގަލަން ތުނޑު

    އަދި ޓްވިންވެސް ދައްކާލާނެ......އެއީ ތަރައްޤީ މީކޮންކަމެއް ..ފުލުހުން ގަދަ ނިދީގަ ހޯމްމިނިސްޓަރ މެޗްކުޅުމުގަ
    ދެންހުރި މީހާ ގަތަރުގަ އަނެކަކު ރިއެކްޓެއް ނުކުރާނެ

    14
    1
  11. އައިމޯ

    ގޮތެއްފޮތެއްނެތް މީހެއް ، އެއީ މައްސަލައެއް ނޫންކަމަށް ދެކޭނީވެސް އެކަހަލަ ލަދުހަޔާތް ކުޑަމީހުން

    56
  12. ވައްތީނި

    އެހެންމީހުންގެ ކަންކަމާ ނުބެހި ތިބުންއެއީ ރިވެތިވެގެންވާ ސިފައެއް.

    7
    23
    • ވައްތީނިއަށް

      އެހެން މީހުންނަށް ނުދައްކާ ކުރާކަމެއް ކުރީމަ ނުބެހެވޭނެ އެއްވެސް މީހަކަށް.

      12
  13. ހާލުފޮޅި

    މިދެން ބައެއްތަ؟؟؟

    25
    1
  14. Anonymous

    ފިރިހެން ކުޅި އެއް ވީމަ އަންހެނަކާ އަލަށް ކިސްކުރެވިގެން އަދި މީހުންނަށް ތިމާ އެަކީ ފިރިހެނުންނާ އެޅޭ މީެއް ނުން ކަން ދައްކަން! ލޮލް އެކަމަކު ހޫމް ޢާ ޔޫ ޑިސީވިންގ

    16
    1
  15. ގިނި

    ބޮޑަށް ކާފަރު އެއްޗެހި ނެރެނީ ބޮޑަށް މަޝްހޫރު ވަނީ

    12
    4
  16. ައަހަރެން

    ލޯމަތީ އަތްއަޅާބަލަ ހަޖަމް ނުވަންޏާ..

    3
    28
  17. ްސަލީމް

    އެއްގޮތަކަށްވެސް ކަމުދާ ބައެއް ނޫން.. ކައިވެނި މުޑުދާރު އެކޮށްލީ

    10
    1
  18. ރަން ރީނދޫ

    ތިޔައީ ވަރި ކުރުމުގެ ކޮޅުމަތި ފެށުނީ. މާ ލަހެއް ނުވާނެ.

    12
    1
  19. ނޯޕުރެބުލޭމޯ

    ކާކު ބުނީ މިއީ ޖިންްސީ އަމަލެކޭ މިއީކީ އެކަހަލަ ކަމެއް ނޫން ދޮނެއް ދިނުމަކީ ޖިންސީ އަމަލެއް ނޫން ތިހެން ކިއިދާނެ ކިޔަން އުޅެފިއްޔާ ކިތައްމެ ކަމަކާ މެދު ބައެއް މީހުން މިނަށް ވުރެ ފަސޭހައިން ވަހުޝީ ވަނީ

    4
    4
  20. ކޭ

    ތުންފަތައް ދޮނެއް ދިނުމާ ތުންބުއިމާ ތަފާތުވާނެ އެމެރިކާ ތަންތަނުގަވެސް މަނަލީ ތުންބުއިން

    5
    2