މޯލްޑިވިއަން އައިޑޮލް އިން ގިނަބައެއްގެ މަގުބޫލުކަން ހޯދި ހަސަން އިރްފާން (ޒަކިއްޓެ) އާއި ފާތުމަތު ނައްބަތު ޝަކީބް ކައިވެނިކޮށްފިއެވެ.

މި ދެތަރިން ލޯބީގެ ގޮތުން ގުޅިގެން އުޅޭކަން މީސް މީޑިއާ މެދުވެރިކޮށް ވަނީ އާއްމުކޮށްފައެވެ. އަދި ދެ މީހުން އެކުގައި ހޭދަ ކުރާ ވަގުތު ތަކުގެ ފޮޓޯތަކާއި، ވީޑިއޯތައް އަބަދުވެސް މީސް މީޑިއާގައި އާއްމުކޮށް ހަދައެވެ.

އަދި ފަހުން ދެ ތަރިން އެކުގައި ޝޯވތަކުންވެސް ވަނީ ފެނިގެން ގޮސްފައެވެ.

ޒަކިއްޓެ މީސް މީޑިއާ އެކައުންޓަށް ބަލާއިރު، އޭނާ އާއި ނައްބަތު އާއި އެންގޭޖްކޮށްފައި ވަނީ އޮގަސްޓް މަހުގެ 11 ވަނަ ދުވަހުއެވެ. އަދި ލޯބީގެ ގޮތުން ގުޅިގެން އުޅެން ފެށީ މި އަހަރު ކުރީކޮޅުން ފެށިގެންނެވެ.

އެކުވެރިކަމުން ލޯބީގެ ގުޅުމަށް ބަދަލުވެގެން ދިޔަ މި ދެތަރިން ކައިވެނީގެ ފޮޓޯތައް މިހާރު މީސް މީޑިއާގައި ދަނީ ދައުރުވަމުންނެވެ.

އެ ފޮޓޯތަކުން ފެންނަނީ ނައްބަތު ހުދު ކުލައިގެ ރިތި ހެދުމެއް ލައިގެން ހުންނަ ތަނެވެ. އަދި އަތުގައި މާބޮނޑިއެއް އޮތްތަން ފެނިގެން ދާއިރު، ޒަކިއްޓެ ފެންނަނީ ހުދުކުލައިގެ ގަމީހަކާއި، ކްރީމް ކުލައިގެ ފަޓްލޫނެއް ލައިގެން ބެގީކޮށްގެން ހުންނަ ތަނެވެ.

ޒަކިއްޓެ އާއި ނައްބަތު ބޮޑަށް ވިދާލީ މޯލްޑިވިއަން އައިޑޮލް އިންނެވެ. އޭގެ ފަހުން އެހަނދާނުގެ ޝޯވތަކުން ނައްބަތު ފެނިގެން ގޮސްފައި ވެއެވެ. އަދި ޒަކިއްޓެގެ ބައެއް ލަވަތައް ފަހުންވެސް ނެރެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. ޙަނދުކޭތަ

    ދެން އެންމެ އަވަހައް ޖަހަންވާނީ ވަރިކުރާ ވާހަކަ ލޮލް

    58
    7
  2. ބ. ޢިންޖިނިއަރ އެޑިލް 91

    މިއީތަ ދަނޑިގޭ ޒަކަރިއްޔާ އަކީ..

    31
    4
  3. މާމަ

    މާމަ ހީކުރީ މިހާރު އިނދެގެން އުޅޭތާ ދުވަސްކޮޅެއް ވެއްޖެ ކަމަށް.🤭

    43
    1
  4. ކޭ

    ކައިވެނީގެ ފުރަތަމަ ދުވަހު އެކަނި ކޮންމެ ފިރިހެނަކުވެސް ބޮލާ ތުނބުޅި ރީތިކޮށް ޓްރިމްކުރާނެ އެނޫން ދުވަސްދުވަހު ހީވާނީ މަގުމަތިވެފަ ހުންނަ ގޮލައެއްހެން.

    50
    3
  5. އަހުމަދު ލައިހާޓު

    ތިދެން ހަބަރެއް؟

    13
  6. Anonymous

    ކާވެންޏަކީ އިސްލާމް ދީން ބާރުއަޅާ ވަރަށް މަތިވެރި ކަމެއް. އެކުދިން ކާވެނި ކުރީމަ މަރްޙަބާ ކިޔާ ހެޔޮދުޢާ ކޮށްލުމުގެ ބަދަލުގައި ޙަސަދަލަނީ ކީއްވެ. އެކުދިންނަކީ އަހަރެމެންގެ ދަރިން ނޫނީ ޢާއިލާގެ މެންބަރުން ކަމަށް ވާނަމަ ކުރެވޭނެ އިޙްސާސް ހިތަށް އަރުވަބަލަ. އެހެން މީހަކަށް ހެޔޮދުޢާ ކޮށްދިނުމުން އަހަރެމެންނަށް ލިބޭ ހެޔޮކަމާއި ދަރުމައަށް ވިސްނަބަލަ. މަރްޙަބާ ދެކުދިން.
    ކާވެނީގައި ބަރަކާތްލައްވާ އުފާވެރިކަން މިންވަރު ކުރައްވާށި އާމީން

    29
    4
  7. ޒިޔާދާ

    ކައިވެނިކުރިއަކަސް އަލަށްކުރާނެކަމެއް ނޯންނާނެ ދޯ

    18
    1
  8. Anonymous

    ޒަކިއްޓެ ފްރޮމް ސްޓިކް ހައުސް

    6
    1
  9. ކޮތަރު

    ޒަކިއްޓޭ އަށް ބޭބެ ދޭން އޮތް ނަސޭހަތަކީ ތިޔަ ކާވެނީގައި ޢިއްފަތްތެރި ކަމާ ވަފާތެރި ކަމާއެކު ދެމި ހުރެވޭތޯ ގަދައަޅާ މަސައްކަތް ކުރާށޭ. ތިޔަ ދެމަފިރިންނަށް ލިބޭ ދަރިންނަކީ މާތްﷲ ހަވާލު ކުރައްވާ އަމާނާތެއްކަން ދެނެތިބެ އެމަތިވެރި ﷲ އެންގެވި ހެޔޮމަގަށް އެކުދިން ތަރުބިއްޔަތު ކުރާށޭ. ބަހާއި ޢަމަލުން އެކުދިންނަށް ރަނގަޅު ނަމޫނާ ދައްކާށޭ. ޒަކިއްޓޭގެ މަންމަ ފަދަ ހެޔޮލަފާ އަތންބަކު ލިބުމުން ބައްޕަ ވީފަދަ އިހްމާލެއް ޒަވާޖީ ހަޔާތަށް ނުވާށޭ. އުފާވެރި ބާއްޖަވެރި ޒަވާޖީ ހަޔާތެއް ތިޔަ ދެމަފިރިންނަށް މިންވަރު ކޮށްދެއްވުން އެދި ދުޢާކުރަން.

    13
    1
  10. ދަނޑި ދަމާ

    ނައްބަތުއަށް އަހަރެން ކަމުނުދިޔައީ ދޯ

    4
    1
  11. ވައުގަރ

    ދެ ގަޅިން…..

    12
  12. ނަޒީ

    އެހެންވެތަ ބުރުގާއަށް ދޮންދެނީ؟

    10
  13. މުޙައްމަދު

    ތިނުނަސް ކިތަންމެ ޒަކިއްޓެއެއް މި ރާއްޖޭގަ ކައިވެނި ކޮށްފި

    10