ފިރިމީހާ މާގިނައިން ޕަބްޖީ ކުޅޭތީ ދިވެހި އަންހެނަކު އޭނާގެ ފިރިމީހާ ކައިރިން ވަރިވެއްޖެއެވެ.

ޕަބްޖީ ކުޅޭތީ ކައިވެނި ރޫޅާލި އަންހެން މީހާ ވަނީ އެކަން "ވަގުތު" އަށް ކަށަވަރު ކޮށްދީފައެވެ.

އަންހެން މީހާ "ވަގުތު" އަށް މައުލޫމާތު ދެމުން ބުނީ ފިރިމީހާ ޕަބްޖީ ކުޅޭވަރުން ކައިވެނި ރޫޅާލަން ޖެހުނީ އިތުރު އެހެން އެއްވެސް ގޮތެއް ނެތިގެން ކަމަށެވެ.

"އޭނާ އެއްވެސް ވަޒީފާއަކަށް ނުދޭ. އަހަރެން ވަޒީފާ އަދާކޮށްގެން ފައިސާ ހޯދިމަ މިއޮންނަނީ އަބަދު ޕަބްޖީ ކުޅެން. އަހަރެން ފްރީވާ ގަޑިއެއްހަ ވެސް ހަޒްބެންޑް ފްރީއެއް ނުވޭ. އަބަދު ޕަބްޖީ ކުޅުމުގަ އުޅެނީ. ގާތްގަނޑަކަށް ވަން އެންޑް ހާފް އިޔާސް މިވީ ހަޒްބެންޑް ޕަބްޖީ ކުޅޭވަރުން އަހަރެމެން ދެމީހުން ކޮންމެ ދުވަހަކު ދެބަސްވާން ޖެހޭ." އަންހެން މީހާ ބުންޏެވެ.

އޭނާ ބުނީ ކައިވެނި ރޫޅާލީ ކޯޓަށް ގޮސްގެން ކަމަށެވެ.

"ކޯޓަށް މައްސަލަ ހުށަހެޅީމަ ފުރަތަމަ ގެންގޮސް ނަސޭހަތް ދިނީ. އެކަމަކު ހަޒްބެންޑް އޭނާގެ ފަރާތުން އެއްވެސް ކަމެއް ރަނގަޅެއް ނުކުރި. އެހެންވެ ދެވަނަ ފަހަރަށް ކޯޓަށް ގެންގޮސްފަ ވަރިކޮށްދިނީ." އޭނާ ބުންޏެވެ.

އަންހެން މީހާ ބުނީ ކައިވެނި ރޫޅާލަން އޭނާ ބޭނުން ނުވާ ކަމަށާއި އެހެންވެ އާއިލާ މީހުންނާއި ރަހުމަތްތެރިން މެދުވެރިކޮށް ވެސް ފިރިމީހާ އަށް ވިސްނައި ދިނުމަށް ވަރަށް މަސައްކަތް ކުރި ކަމަށެވެ. ނަމަވެސް އިތުރު އެހެން އެއްވެސް ގޮތެއް ނެތިގެން ކައިވެނި ރޫޅާލަން ޖެހުނީ ކަމަށް އޭނާ ބުންޏެވެ.

ދުނިޔޭގެ އެހެން ބައެއް ގައުމުތަކުގައި ވެސް ޕަބްޖީ އާއި ގުޅިގެން ބައެއް ކައިވެނިތައް ރޫޅިފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

19 ކޮމެންޓް

  1. Anonymous

    ރަނގަޅަށް ތިހެދީ ކަނބުލޯ. ކޮބާ އަނބިމީހާއަށް އަދާކުރަންޖެހޭ ޙައްޤުތައް. އަމިއްލަ ނަފްސަށް އަދާކުރަން ޖެހޭ އަޅުކަންތައްތައް. ނަމާދުކުރޭބާ އަނެއްކާ. ތިޔަ ޕަބްޖީ އަކީ ކުޅެން ހެޔޮވެސް ނުވަވަރުގެ އެއްޗެކޭ އެބުނަނީ. އެންމެ ފަހުން ބުދަށް ސަޖިދަ ވެސް ކުރުވާފައޭ ހުއްޓާލަނީ. މުސްލިމުންނަށް ހުއްދަވެސް ނުވާކަމަށް ޢިލްމުވެރިން ވިދާޅުވޭ. ކައްވަޅުގައިވެސް ޕަބްޖީ ކުޅެންތާ އޮންނާނީ. ވަގުތަކީ އެމީހަކާއި ސުވާލު ކުރެވޭނެ ކަމެއް. ތައްބާވެ އިސްލާޙްވޭ. މިހިނދުވެސް މަރުވެދާނެ. ހެޔޮ ވިސްނުން ދެއްވާށި. އާމިން

    85
    5
  2. މުހައްމަދު

    ބަރާބަރު، ތިޔަ ޕަބުޖީއަކާހެދީ ނުހުރޮއްޕާނަކަށް ވެއްޖެ. މީހުން ހަލާލުކުރާ ޝައިޠާނީ ގޭމެއް. އަހަރެންވެސް މީ ފިރިހެނެއް، ތިޔަ އެއްޗެއް ނުކުޅެން. އަނބިމީހާ އެއީ ކުރިމަތީގަ އަބަދު ފެންނަން ހުންނަ މީހެއް، އޭނާއަށް ވަގުތު ނުދެވޭއިރު ދެން އަޅުކަމަށް ވަގުތު ހުސްކުރާނީ ކިހިނެތް؟ އޮންނާނެ އެއްޗެއް ވިސްނިފަ. ނަމާއި ފޮޓޯވެސް އާޏްމު ކުރިނަމަ ތާހިރުވީސް.

    106
    6
  3. ޖާބިރު

    މަ އެހެންވެ ވަގްތުން ވަގްތައް ޕަބުގީ ކުޅުން ހުއްޓާލީމި.
    މި ހަބަރު ކިޔާފަ ދިޔާނާ ކިޔައިފިއްޔާ އަޅުގަނޑު މަރާނެ ނޫންތޯ. ވަގްތުން ވަގްތައް މި ހަބަރު ރިމޫވް ކުރުމަށް ގޮވާލަން.
    އަބުދުއްﷲ ޖާބިރު /ހ.ތިމާވެށި

    47
    6
  4. ކޮރަލް

    ޕަބްޖީ މަނާ ކުރަން ވީ އެވެ.

    58
    11
  5. މައޭރުވެސްބުނިން

    ތި އަންހެން މީހާ ފި ރިހެނުންގެ އަގުވައްޓާލަން ވެގެން ކު ރިކަމެއްތީ، ވަޒީފާ ޔަކަށް ނުދާ ދަމާކަނޑާ މީހެއްނަމަ ކީއްވެބާ އިނީ މިޔޮއްފަދަ ޒަމާނުގަ؟ ރަނގަޅައް ވިއްޔާ ތިއަންހެންމީހާ ވަގު ބިޓެއް ގެންގުޅެނީތީ، އެ ފި ރިހެންމީހާ ދެން އިންނަންވީ ޕަބްޖީ ކުޅޭ އޭނަ ޔައްވު ރެން ރީތި އަންހެނަކާ، އޭ ރަށް ނިމުނީ.

    15
    114
  6. ޭއީސަ

    ޕަބް ކުޅެން ވާނެ ހަބޭސް ގޭމެއް

    8
    35
  7. ސަނާހް

    ހަޒްބެންޑް ގެ ކޭޑީ (ކިލް ޑެތު ރޭސިއޯ) ކިހާވަރަކު އުޅެނީ ؟؟؟
    5 ކުން މަތިވިއްޔާ ނޫނީ ވޯރތް އެއްނޫން ވަރި ކުރުން.

    5
    16
  8. ސަލީމް

    ހަޒްބެންޑްކީ ބޮޓެއް ވިއްޔާ، އަނބިމީހާ ވަރިކުރުމުގެ ބޭނުމެއް ނެތް، ރަނގަޅުވާނީ އަނބިމީހާޔާ ދުރައް ނުގޮސް ޕަބްޖީއާ ދުރައް ދިޔައިއްޔާ..

    15
    1
  9. ސޯލް

    ޕަބްޖީޔާ އަނބިމީހާޔާ ދޭތެރެން ކޮންމެސް އެކައްޗެއް ؟؟
    ހާރޑް ސުވާލެއްތީ،
    އަހަރެން ނަގާނީ ޕަބްޖީ، ދަރިއަކު ނެތިއްޔާ..

    3
    41
  10. މަރިޔަނބު

    ފިރިމީހާގެ ވަނަވަރު ހާމަ ކޮށް ދިންނަމަ! އެހެންނޫނީ އެހެންކޮންމެސް އަންހެއްކުއްޖަކު ތިމަޅީގައި އޭނާ ޖައްސަފާނެ. އޭރުންތާ އެހެންއަންހެންކުއްޖަކު އޭނާ އާ ރައްޓެހިވެސް ނުވާނީ.

    25
    3
  11. ސަނާ

    އަރެންފިރިމީހާވެސް ޕަބްޖީކުޅޭ، ވަގުތު ނުދޭތީ ސަކުވާ ކުރާވަރުން ފިރިމީހާ އަހަރެން ލައްވާ ޕަބްޖީ ކުޅުވީ..
    މިހާރު އަހަރެން މިކަމައް ދެވި ހިފަިއިގެން އޭނަ ސަކުވާ ކުރޭ ތިޔަ ޕަބްޖީ ނުކުޅެން.

    32
    3
  12. އެއްކަލައިއްސެ

    ތިކަހަލަ އަންހެނުން މިހާ ރު ވަ ރަށްގިނަވެއްޖެ، ދެތިންބަސް ނުބުނެވެނީސް ކޮނޑަން އަ ރަން އުޅޭނީ، ނޫނީ އެއްޗެކޭ ކިޔާފަ ފި ރިމީހާ ދޮވެލެވޭތޯ އުޅޭނީ..

    2
    9
  13. ސަންފާ ދިޔެ

    ޕަބުޖީ ކުޅޭ މީހާ ލޯބިވަނީ އަންހެނުންނަށްވުރެ ޕަބުޖީ ދެކެ>> ބަރާ ބަރު> މިހާރު ހުންނާނެ ވިސްނިފައި

    5
    3
  14. ޕޮޗިންކީ

    ޢެސޮރުގެ އާމުކޮށް ކިލްސް އުޅެނީ ކިހާ ވަރެއްގަ؟

    1
    5
  15. މީހަކު

    ބައެއް މީހުންގެ ކޮމެންޓުތައް ކިޔާފައި ލަދުގަނޭ ބައެއްމީހުންގެ ވިސްނުންހުރި ގޮތުން. މިހިންވީމަ ވަރި އެހާ ގިނައީ.. އަނބިމީހާ އައް ހަރަދުނުކުރާތާނގަ އަޅާލުމާއި، ވަގުތާ، ލޯބި ދެވެނީކީވެސް ނޫން.. ރަނގަޅައް ތިޔަ ކަންތައް ކުރީ..

    15
  16. އެސޮރު

    އަޅުގަނޑު ބޭނުން މިއަންހެނާޔާ އިންނަން ކިހިނެއްތޯ ހަދަނަޖެހޭނީ...؟؟؟ އަޅުގަނޑަކީ މީއެއްވެސް ކަހަލަ ގޭމެއް ކުޅޭ ބޭފުޅެއްނޫން.

    11
  17. ރާވެރިބެ

    ތިތިބީ އަންހެނުންނަކީ ... އަތުންފައިން ފައިދާ ހުރި މަސައްކަތެއް ނުކުރާ ފިރިހެނުންގެ ދަށުވެފައިތިބި އަންހެނުންނަށް އޮތް ރަނގަޅު މިސާލެއް.

    9
    1
  18. އަލީ އަލީ

    މައްސަލައަކީ ޕަބްޖީއެއް ނޫނެއެވެ! މައްސަލައަކީ އަހަރުމެން އިންސާނުންނެއެވެ!

    10
    1
  19. ާބްރޯ

    ބޮޓް ލައިފް ފޯ އެވާ!

    6
    1