ސްޓާޕްލަސްއިން ގެނެސްދޭ ކަސޯޓީ ޒިންދަގީކީ ދޭއްއަކީ ދިވެހިި ގިނަ ބައެއްގެ މެދުގައިވެސް ބޮޑު މަގްބޫލްކަމެއް ހޯދާފައިވާ ސީރީޒްއެކެވެ. ހަތަރެސްކަން ލޯބީގެ ވާހަކައެއްގެ މައްޗަށް ގެނެސްދޭ މި ޑްރާމާއަކީ ބޮޑު ވިޔަފާރިވެރި އާއިލާއެއްގެ ފިރިހެނެއް ކަމަށްވާ އަނޫރާގް އާއި މެދުފަންތީގެ އެހެން ނަސަބެއްގެ އަންހެނެއް ކަމަށްވާ ޕްރޭނާ ދެކެ ލޯބިވުމުން ދެން ދިމާވާ ކަންތައްތައް ދައްކުވާދޭ ސީރީޒްއެކެވެ.
އެ ސީރީޒްގައި ނުފޫޒު ގަދަ އަންހެނަކާއި ފިރިހެނެއްގެ ހިޔަނި އެޅި އަނޫރާގް އާއި ޕްރޭނާގެ ދިރިއުޅުމަށް އަންނަ ބަދަލުތަކާއި އާއިލީ ކޯޅުންވެސް ވަރަށް ރަނގަޅަށް މި ސީރީޒްއިން ދައްކުވާދެއެވެ.
ސީރީޒްގެ ނުބައި ރޯލު ކުޅެނީ ކޮޮމޮލިކާގެ ކެރެކްޓަރއެވެ. އޭނާވަނީ އޮޅުވާލައިގެން އަނޫރާގް އާއި ކައިވެނިވެސް ކޮށްފައެވެ.
ކަސޯޓީގެ އަނޫރާގް އާއި ޕްރޭނާގެ ގުޅުން ދުރުވުމުން ފަހަކަށް އައިސް ފޭނުންތިބީ ވަރަށް ބޮޑަށް ފޫހިވެފައެވެ.
އެހެންނަމަވެސް މިހާރު އަނެއްކާވެސް މިދެ މީހުންގެ ލޯބި އަލުން ކެކި އުތުރެންވަނީ ފަށާފައެވެ. ކަސޯޓީގެ ފަހުގެ އެޕިސޯޓްގައި ޕްރޭނާ ހޭނެތިގެން ވެއްޓޭ މަންޒަރު ފެނެއެވެ. އޭނާ ވެއްޓުމުން އަނުރާގްގެ ހާސްކަން އިތުރުވެ، ކޮމޮލިކާގެ ރުޅި މަތިންވެސް އޭނާ ހަނދާން ނެތެއެވެ.
ޕްރޭނާ ވެއްޓުމުން އަނޫރާގް އޭނާ އަށް އަޅާލާ މަންޒަރު ވެސް އިޝްތިހާރުތަކުން ފެނެއެވެ. އަނޫރާގް އާއި ޕްރޭނާގެ ގުޅުން ރަނގަޅުވެދާނެ ކަމުގެ އުންމީދު މި ސީން އާއި އެކު ފޭނުންނަށް ވަނީ އާވެފައެވެ.
ބެލެވޭގޮތުން ދާދި އަވަހަށް ޕްރޭނާ އާއި އަނޫރާގް އާއި ދެމެދު ކޮމޮލިކާ އުފައްދާފައިވާ ކުށްހީތައް ނެތިދާނެއެވެ. އަދި އެ ލޯބިވެރިން އަނެއްކާވެސް އެކަކު އަނެކަކާއި ގުޅޭނެއެވެ.
ދެން އަނައްޔާތް
ކުރީގެ ކަސޯޓީ މާރީތި ފަހުން ތިއުފައްދާ އެއްވެސް ޑްރާމާއެއް އެއާ އެއްވަރު ނުކުރެވޭނެ.
މާ އޯވަރ ކޮށްފަހުންނަނީ ދިވެހި ގިނަ ލަވަތައް ވެސް ހުންނަނީ މޮޑަންކުރިކުރީނުން އޯވަރ ކޮށްފަ
ކުރީގެ ދިވެހި ލަވަތައް ފަހުގެ ލަވަތަކަށްވުރެމާރީތި
އެއީ ކީއްވެގެން އޭނާ ޔަށް ކެތްނުވީ؟؟؟؟ އޭނާ ކައިރީގައި ބުނެ ބަލަ ކެތްތެރިވާށޭ...
ހަހަހަ..... އެންމެ ސަޅި ކޮމެންޓް...