ގައިގެ ހަންގަނޑު ނުވަތަ މޫނުގެ ހަންގަނޑު ރީތިކޮށް ބެހެއްޓުމަށް ގިނަ ބަޔަކު ތަފާތު އެކި ކަންތައްތައް ކުރެއެވެ. ތަފާތު ބާވަތްތަކުގެ ފޭސް މާސްކުތަކާއި ކުރީމުތަކާއި ލޯޝަންތައް ބޭނުންކުރެއެވެ.

ހަންގަނޑު ރީތިކުރުމަށް މަސައްކަތް ކުރާ ފަދައިން ހަންގަނޑު ހަލާކުވާަ ކަންތައްތައް ނުވަތަ ހަންގަނޑަށް އަސަރު ކުރާ ކަންތައްތައް ދެނެގަތުން ވެސް ވަރަށް މުހިންމެވެ. އެއީ ކަމަކަށް ހައްލު ހޯދޭނީ އެކަމެއް މެދުވެރިވާ ސަބަބުތައް އެނގިގެން ކަމުގައި ވާތީިއެެވެ.

ނިދަން އޮވެވޭ ގޮތަކުން ހަންގަނޑަށް އަސަރު ކުރާކަން އެެނގޭ ހެއްޔެވެ؟ ނިދަން އެވެވޭ ގޮތެއްގެ ސަބަބުން މޫނުގައި އޮށާޅަ ނެގުމާއި ރޫޖެހުން އިތުރުވެއެވެ.

ނިދަން އޮވެވޭ ގޮތުން ހަންގަނޑަށް ކުރާ އަސަރު

1- ބާލީހުގައި ބޯ އަޅައިގެން ނިދާ ފަރާތްތަކަށް، އަރިއަކަށް އޮވެގެން ނުވަތަ ބަންޑުން އޮވެގެން ނިދުމަށްވުރެ ރަނގަޅީ އުއްޑުން އޮވެގެން ނިދުމެވެ. އަރިއަކަށް ނުވަތަ ބަންޑުން އޮވެގެން ނިދާަނަމަ ބާލީހުގައި މޫނު ޖެހޭނެއެވެ. ބާލީހުގެ އުރަ ނުދޮވެ ގިނަ ދުވަސްވެއްޖެނަމަ އެ އުރައިގައި ހުންނަ ކިލާ ނުވަތަ ބެކްޓީރިއާތަކުގެ ސަބަބުން މޫނުގެ ހަންގަނޑަށް ގެއްލުންވެއެވެ. މިގޮތަށް ނިދަން އޮންނަ ފަރާތްތަކުން ރަނގަޅީ ގަވާއިދުން ބާލީހުގެ އުރަ ދޮވުން ނުވަތަ ބަންޑުން ނޫނީ އަރިއަކަށް އޮވެ ނުނިދުމެވެ.

2- މޫނުގެ ހަންގަނޑަށް ގެއްލުންވާން ބޭނުން ނޫންނަމަ ބަންޑުން އޮވެ ނުނިދާށެވެ. ރޭގަނޑަށް ހަންގަނޑުގެ ސެލްތައް ރިޕެއާވެ ނޭވާަލުމަށް ބޭނުންވާަނެއެވެ. ނަމަވެސް ބަންޑުން އޮވެ ނިދާނަމަ ހަތް ގަޑިއިރު ނުވަތަ އަށް ގަޑިއިރު ވަންދެން މޫނު އޮންނާނީ ބާަލީހުގައެވެ. މީގެ ސަބަބުން މޫނުގައާއި ލޯ ކައިރީގައި ރޫޖެހޭނެއެވެ.

3- އުއްޑުން އޮވެ ނިދުމަކީ ހަންގަނޑަށް އެންމެ ފައިދާ ކުރާ ގޮތެވެ. މިގޮތަށް އޮވެ ނިދުމުން ހަންގަނޑު ރިޕެއަރވުމަށާއި ނޭވާލުމަށް ފުރުސަތު ލިބެއެވެ. އަދި ގިނަ ދުވަސްވާވަރަކަށް ހަންގަނޑު އޮމާަންވެ، އޮށާނަ ނެގުމާައި ރޫޖެހުމުން ދުރުކޮށްދެއެވެ. ނިދަން އޮންނަ ގޮތާއި ނިދަން ބޭނުން ކުރާ ބާލީހުން ވެސް ހަންގަނޑަށް ފައިދާވެއެވެ.