ރިއާ ޗަކްރްބޯތީ ހުށަހެޅި ޑްރަގް މައްސަލައާއި ގުޅިގެން ބޮލީވުޑުގެ ފަންނާނުން ހާސް ކަމާއި ނުތަނަވަސްކަމުގެ ތެރެއަށް ވެއްޓިއްޖެ އެވެ. މި ހާސްކަމުގެ ތެރޭގައި އެންމެ ބޮޑަށް އުޅެން ޖެހިފައި ތަރިންގެ ގޮތުގައި ފާހަގަކޮށްލެވެނެނީ ދީޕިކާ ޕަޑުކޯންއާއި ޝްރަދާ ކަޕޫރާއި ސާަރާ ޢަލީ ޚާނާއި ރަކުލް ޕްރީތު ސިންގއެވެ.

މި އެންމެންނާއި ގުޅޭގޮތުން ބަލަމުން ދަނީ ޖޫން 14 ވަނަ ދުވަހު މަރުވި ސުޝަންތް ސިންގ ރާޖްޕުތް މަރާއި ގުޅޭ ތަހްގީގު ތަކުން ފާހަވެގެން ގޮސްފައިވާ މަސްތުވާތަކެތީގެ މައްސަލައެވެ.

ޑްރަގް މައްސަލައާއި ގުޅިގެން މި ހަތަރު އެކްޓަރުން ވަނީ ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯ (އެންސީބީ)އަށް ހާޟިރުކޮށް ސުވާލު ކޮށްފައެވެ. އަދި އެއިން އެއްވެސް ފަންނާނަކު ޑްރަގް ބޭނުންކޮށްފައިވާ ކަމަށް ބުނެފައެއް ނުވެއެވެ. ނަމަވެސް ސުޝަންތް ޑްރަގް ބޭނުންކުރި ކަމަށް ސާރާއާއި ޝްރަދާ ބުނެފައި ވެއެވެ.

އެންސީބީން ވަނީ މި މައްސަލައިގެ ތަހުގީގަށް މި ހަތަރު ފަންނާނުންގެ ފޯނު ވެސް ބަލައިފައެވެ. ފޯނުންކޮށްފައިވާ މުޢާމަލާތްތަކާއި އެހެނިހެން ވެސް މި ޑްރަގް ކޭސް ގުޅުން ހުރި ކަމެއް ފާަހަގަ ކުރެވޭތޯއެވެ.

މިފަހަރު އެންސީބީއިން ނިންމީ މި ހަތަރު ފަންނާނުންގެ ފައިނޭންޝިއަލް ރިކޯޑްސްތައް ބަލައި ފާސްކުރުމަށެވެ. މި ފަންނާނުންގެ ބޭންކު އެކައުންޓުތަކުގެ ހުރިހާ މަޢުލޫމާތެއް ވެސް ހޯދާނެއެވެ. އަދި ފާއިތުވި ތިން އަހަރު ތެރޭގައި އެ މީހުންގެ ކްރެޑި ކާޑުތަކުން ކޮށްފައިވާ ޕޭމެންޓައް މިހާރު ދަނީ ބަލަމުންނެވެ. އެއީ ޑްރަގް މައްސަލައާއި ގުޅުން ހުރި އެއްވެސް ކަމެއް ފެނޭތޯއެވެ.

ސުޝާންތު ސިންގުގެ މަރުގެ ތަހުގީގުގެ ތެރެއިން އައި ޑްރަގް މައްސަލައިގައި ޝުޝާންތުގެ ލޯބިވެރިޔާ ރިއާއާއި އޭނާގެ ބޭބެ ޝޮވިކްއާއި ޝްޝާންތުގެ ގޭގެ މެނޭޖަރު ސެމިއުލް މިރަންޑާއާއި ޕާސަނަލް ސްޓާަފް ދިޕޭސް ސާަވަންތު ވަނީ ހައްޔަރު ކޮށްފައެވެ. އަދި ދަރްމާ ޕްރޮޑަކްޝަންގެ އެގްޒެކެޓިވް ޕްރޮޑިއުސަރު ސިތިޖު ޕްރަސާދު ވެސް ވަނީ މި މައްސަލަާއި ގުޅިގެން ހައްޔަރު ކޮށްފައެެވެ.