ޖޫން 14 ވަނަ ދުވަހު ދަންޖެހިފައި ހުއްޓާ ފެނުނު ބޮލީވުޑްގެ ތަރި ސުޝަންތް ސިންގ ރާޖްޕުތް މަރުވީ އަމިއްލައަށް ކަމެއް ނުވަތަ މީހަކު އޭނާ މަރާލީ ކަމެއް އަދި ކަނޑައަޅާފައި ނުވާ ކަމަށް އެ މައްސަލަ މިހާރު ފުޅާދާއިރާއެއްގައި ތަހުގީގު ކުރަމުންދާ ސީބީއައިން ބުނެފިއެވެ.

ސީބީއައިއިން މިގޮތަށް ބުނެފައި ވަނީ، ސުޝަންތް ދަންޖެހިފައި ހުއްޓާ ނަގާފައި ފޮޓޯތައް ބަލާފައި، ބަޔަކު އޭނާ ދަންޖެއްސީ ކަމަށް ބެލެވޭ ކަމަށް އޭއައިއައިއެމްއެސްގެ ޑޮކްޓަރަކު ބުނި ކަމަށް ސުޝަންތްގެ ވަކީލު ވިކާސް ސިންގ ބުނެފައިވާ ދަނޑިވަޅެއްގައެވެ. އަދި މީގެ އިތުރުން ވިކާސް ވަނީ ސީބީއައިއިން ގަސްތުގައި މި މައްސަލައިގެ ތަހުގީގު ލަސް ކުރަމުންދާ ކަމަށް ބުނެފައެވެ.

"ސީބީއައިއިން ގަސްތުގައި މި މައްސަލައިގެ ތަހުގީގު ދަނީ ލަސް ކުރަމުން. ސުޝަންތްގެ މަރާލި ކޭސްއަކީ އަމިއްލައަށް މަރުވި ކަމެއް ކަމަށް ދެއްކުމަށް، މަސައްކަތް ކުރަމުން ދަނީ ކުރަމުން ދަނީ ގާނޫނާއި ގަވާއިދާއި ހިލާފަށް". އޭނާ މިދިޔަ ހަފްތާ ތެރޭގައި ކުރި ޓްވީޓެއްގައި ވެއެވެ.

އޭނާ މިގޮތަށް ޓްވީޓު ކުރި ފަހުން މިއަދު ސީބީއައި އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، ސުޝަންތްގެ މަރާއި ގޫޅޭގޮތުން އަދިއެއްވެސް ނިންމުމެއް ނިންމާފައި ނުވާ ކަމަށެވެ. އެހެންކަމުން އޭނާ މަރުވީ އަމިއްލައަށް ތޯ ނޫނީ އޭނާ އަމިއްލައަށް މަރުވީތޯ އަދި ކަނޑައަޅާފައި ނުވާ ކަމަށް ސީބީއައިން ބުނެފައި ވެއެވެ.

"ސީބީއައިން މި ދަނީ ވަރަށް ޕްރޮފެޝަނަލްކޮށް، ސުޝަންތްގެ މައްސަލަ ތަހުގީގު ކުރަމުން. އަދި ހުރިހާ އޭންގަލްއަކުން އެކަން ބަލަމުންދާއިރު، މިއަދާއި ހަމައަށް މަރާއި ގޫޅޭގޮތުން އަދިއެއްވެސް ނިންމުމެއް ނިންމާފައި ނުވޭ". ސީބީއައިގެ ބަޔާނުގައި ވެއެވެ.