އިންސްޓަގުރާމަކީ ފޮޓޯ ހިއްސާ ކުރުމަށް ބޭނުންކުރާ ސޯޝަލް އެޕްލިކޭޝަންގެ ތެރެއިން އެއް އެޕްލިކޭޝަނެވެ. އެންމެ ގިނަ މީހުން ބޭނުންކުރާ އެއް އެޕްލިކޭޝަނެވެ. މި އެޕްލިކޭޝަނަށް 10 އަހަރު ފުރުން ފާހަގަ ކޮށްފައިވަނީ މި މަހުގެ 6 ވަނަ ދުވަހުއެވެ.

އިންސްޓަގުރާމަށް ދިހަ އަހަރު ފުރުން ފާހަގަ ކުރުމުގެ ގޮތުން އޮކްޓޫބަރ 6 ވަނަ ދުވަހު އިންސްޓަގުރާމު ބޭނުންކުރާ ބައެއް މަޝްހޫރު ފަންނާނުންނަށް ވަނީ ހަދިޔާ ފޮނުވައިފައެވެ. ސޮނާކްޝީ ސިންހާ، ސިދާތު މަލޯތުރާ ފަދަ އެތައް ފަންނާނުންނެއް އިންސްޓްގުރާމުގެ 10 ވަނަ އަހަރީ ދުވަހުގެ ތަހުނިޔާ ފޮނުވައިފައިވަނީ މި ހަދިޔާތަކާއިއެކު ހިއްސާ ކުރެވުނު ފޮޓޯތަކުންނެވެ.

އިންސްޓަގުރާމު ބޭނުންކުރާ ފަރާތްތަކަށް އިންސްޓަގުރާމުން ވަނީ ހަދިޔާއެއް ދީފައެވެ. އެއީ އިންސްޓަގުރާމުގެ ލޯގޯ ބަދަލު ކުރުމުގެ އިޚްތިޔާރެވެ. މި ލޯގޯ ފަސޭހައިން ފެންނާކަށް ނުހުރުއެވެ.

އިންސްޓަގުރާމުގެ ލޯގޯ ބަދަލު ކުރުމަށް ކުރަންވީ ކަންތައްތައް

1. ފޯނުން އިންސްޓަގުރާމް އެޕްލިކޭޝަން ހުޅުވާށެވެ.

2. ޕްރޮފައިލަށް ގޮސް ކަނާއަތް ފަޅިން ފެންނަ ތިން ރޮނގުބުރިއަށް ފިއްތާލާށެވެ.

3. އޭގެ އެންމެ ތިރިން ފެންނަ ސެޓިންއަށް ވަންނާށެވެ.

4. ސެޓިންއަށް ވަނުމަށްފަހު ޕޭޖު ރިފްރެޝްކޮށްލާ ގޮތަށް ސްކްރީން ތިރިއަށް ދަމާލާށެޗެ.

5. ސްކްރީން ތިރިއަށް ދަމާލުމުން އެމޯޖީތަކެއް ފެންނާނެއެވެ. އެއާއި އެކު އިންސްޓަގުރާމުގެ 13 ލޯގޯއެއް ފެންނާނެއެވެ.

6. އެތަނުން އެންމެ ކަމުދާ ލޯގޯއަކަށް ފިއްތާލުމުން އިންސްޓަގުރާމުގެ ލޯގޯ އަމިއްލައަށް ބަދަލުވާނެއެވެ.

https://www.youtube.com/watch?v=tKrbMcI7Ezk

މި ލޯގޯ ހުންނާނީ ކިހައި ދުވަހެއް ވަންދެން ކަމެއް އިންސްޓަގުރާމުން ހާމަކޮށްފައެއް ނުވެއެވެ. މި ލޯގޯގެ އިތުރުން އިންސްޓަގުރާމުން ވަނީ އެންޓި ބުލީން ފީޗާއެއް ވެސް ތަޢާރަފް ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އެންޓި މީސްމީޑިއާ

    ވަރަށް ފޫހި ކަޑަކަޑަ އެޕެއް ތީ މުޅި ދިރިއުޅުން ހަލާކުކުރާ ޕްލެޓްފޯމެއް!