އާދަޔާ ހިލާފު ކުޅަދާނަކަމެއް ތަރިންނަށް ލިބިފައިވާ ގޮތަށް ކުޅެފައިވާ ނާގިން ސިލްސިލާގެ ފަސް ވަނަ ބަޔަށް ދީރަޖް ދޫޕަރް އެނބުރި އަންނަ ގޮތަށް ހަމަޖެހިއްޖެ އެވެ. އެގޮތުން މި ސިލްސިލާގެ ޕްރޮޑަކްޝަން ޓީމުން އިއްޔެ ވަނީ ދީރަޖް އެނބުރި ގެންނަން ނިންމާފަ އެވެ.

މިގޮތަށް އެ ޓީމުން ނިންމީ ސިލްސިލާގެ މެއިން އެކްޓަރ ޝަރަދް މަލޯތްރާ ކޮވިޑް-19 އަށް ފައްސި ވުމުންނެވެ.

ދީރަޖް އަލީ ހިންދީ އިޝްގީ ޑްރާމާ ޓީވީ ސިލްސިލާ ކުންދާލީ ބަގްޔާ އިން މަޝްހޫރުވި އެކަކެވެ. ޒީ ޓީވީން މި ސިލްސިލާ ދައްކަން ފަށާފައި ވަނީ 12 ޖުލައި 2017 ގައި އެވެ.

https://www.instagram.com/p/CGHG71ln51T/?utm_source=ig_web_button_share_sheet

 

ދުނިޔޭގެ އެހެން ޤައުމުތަކުން ފަދައިން އިންޑިޔާއިންވެސް ފެނުނު ކޮވިޑް-19 އާއި ގުޅިގެން މިއަހަރުގެ މާރިޗް މަހުގެ ފަހުކޮޅު މި ސިލްސިލާ ހުއްޓުމަކަށް އައެވެ. އަދި ފަހުން ސިލްސިލާގެ ބައެއް ތަރިން ކޮވިޑަށް ފައްސިވުމުން ޝޫޓިން ނެގުމަށްވެސް ދަތިތައް ކުރިމަތި ވިއެވެ.

މި ސިލްސިލާގެ އެންމެ ފަހުގެ އެޕިސޯޑް ކުރިއަށް އޮތް 24 ގަޑިއިރުތެރޭގައި ބެލުންތެރިންނާއި ހަމައަށް ގެންނަން މަސައްކަތްކުރާއިރު ގިނަ ބަޔަކަށް ދީރަޖް އެނބުރި ސިލްސިލާއަށް އައުން ވާނީ ހައިރާންކުރުވާނެ ކަމަކަށެވެ.

މި ސިލްސިލާއަކީ ގިނަ ބަޔަކު ބަލާ ރީތި ސިލްސިލާއެކެވެ.

ކިޔުންތެރިންގެ ހިޔާލު