ރޭގަނޑު ނުނިދުމަކީ ޖެހިގެން އަންނަ ދުވަސް އެއްކޮށް ޚަރާބުކޮށްލާ ކަމެކެވެ. މީހާ ވަރަށް ބޮޑަށް މާޔޫސްވުމާއި، ކަންނެތްވުން ފަދަ ކަންކަން ރަނގަޅަށް ނުނިދުމުން މެދުވެރިވެއެވެ.
އަދި ނުވިތާކަށް މީހާގެ އުފެއްދުންތެރިކަން އިންތިހާއަށް ދަށްވެ ވަރުބަލިވެ ލޮޑުވާލެއް އަވަސްވާކަން ދިރާސާތަކުން ވެސް ހާމަވެފައި އެބަހުއްޓެވެ.
ލިޔުންތެރިޔާ ކްރިސްޓީނާ ހެއިސީ އޭނާގެ ހޯދި ހޯދުންތަކަށް ބިނާކޮށް ލިޔެފައިވާ ލިޔުމެއްގައިވާ ގޮތުން އިންސާނުންނަށް ނުނިދޭ ސަބަބަކީ ސްޓްރެސް ނުވަތަ ކަންކަމާ މާބޮޑަށް ވިސްނުމާއި، މާޔޫސްވުމެވެ.
ސްޓްރެސްވާ މިންވަރު އިތުުރުވުމުން ސިކުނޑިން ފޮނުވައިދޭ ސިގްނަލްތަކުގެ ސަބަބުން ނިދަން އުނދަގޫވެއެވެ. އޭގެ ސަބަބުން ނުނިދި އެނދުގައި ދެކޮޅަށް ފުރޮޅުމައި، އޮށޯވެގެން އޮންނަން އުނދަގޫވާ ފަދަ ކަންކަން ދިމާވެއެވެ.
މި ހުރިހާ ކަަމަކަށް ވެސް ބަރުދަން ހުންނަ ބްލޭންކެޓުން ލުއި ލިބޭ ކަމަށް އޭނާގެ ލިޔުމުގައި ވަނީ ފާހަގަކޮށްފައެވެ.
ހަށިގަނޑުގައި ނިދާއިރު އަޅާ ބްލެންކެޓްގެ ސަބަބުން ވެސް ނިދަން އުނދަގޫ ވެދާނެއެވެ.
ބަރުދަން ހުންނަ ބްލޭންކެޓް އެޅުމުން މީހާ އަށް ހަމަޖެހުން ލިއްބައިދެއެވެ.
އޭގައި ހުންނަ ބަރުދަނުގެ ސަބަބުން އެންޒެއިޓީ އާއި ރޭގަނޑު ނުނިދުމުގެ މައްސަލަ އަށް ކޮންމެވެސް ވަރަކަށް ހައްލު ލިބޭކަން އޭނާ ވަނީ ލިޔެފައެވެ. ގްރެވިޓީ ބްލޭންކެޓްގެ ނަމުން މަޝްހުރު މި ބްލޭންކެޓްތައް މާކެޓުގައި ހިނގަން ފެށީ 2018 ވަނަ އަހަރެވެ.
އެކި މީހުންނަށް ކަމުދަނީ އެކި ވަރަށް ބަރުމިން ހުންނަ ބްލޭންކެޓްތަކެވެ. އަދި ނިދާ ތަނުގެ ފިނި ހޫނު މިނާއި، ހަށިގަނޑުގެ ފިނި ހޫނުކަމަށް ވެސް ބެލުމަށް ފަހު ބްލޭންކެޓް ގަތުމަށް އިސްކަން ދިނުމަށް އޭނާ އިރުޝާދުދެއެވެ.
އެގޮތުން 100-150 ޕައުންޑް ބަރުދަނުގައި ހުންނަ މީހަކަށް -90 ޑިިގްރީގައި ފިނި ހޫނުމިން ނެތް ނަމަ ބްލޭންކެޓް ބޭނުން ކުރެވޭނެ ކަމަށް އޭނާ ބުނެެއެވެ. ނަމަވެސް 70 ޑިގްރީގައި ފިނި ހޫނުމިން ހުންނަ އިރު ބަރު ބްލޭންކެޓެއް ބޭނުން ކުރެވިދާނެ ކަމަށް އޭނާ ބުނެއެވެ.
މިގޮތަށް ބަރުދަން ހުންނަ ބްލޭންކެޓެއް ބޭނުން ކުރުމުން ހަށިގަނޑަށް ޕްރެޝަރު އިހުސާސް ކުރެވި، މީހަކު ކައިރީ ހުންނަ ކަމުގެ އިހުސާސް ކުރެވެއެެވެ.
ޖަނަލް އޮފް ދަ ފޯމޯސަން މެޑިކަލް އެސޯސިއޭޝަންގައި ވަނީ ސާޖަރީތަކަށް ފަހު ވެސް ބަރުދަން ހުންނަ ބްލޭންކެޓް އަޅައިގެން މީހުންނަށް ރަނގަޅަށް ނިދޭ ކަމަށާއި އެއީ ނިދުމަށް ފަސޭހަވާ ކަމެއްކަމަށް ފާހަގަކޮށްފައެވެ.
އަދި ކިރިޔާ ތިކަން މިއިނގުނީ މިހާރު ތިކަމުގަ 30 އަހަރު މިވަނީ ތޭންކްސް ވަރައްބޮޑައް ނަޒާހަތު އިބްރާހިމް ރަޝީދުއައް.