ބަރުދަން ލުއިކުރަން ކުރެވޭނެ ތަފާތު ގިނަ ކަންކަން އިންޓަނެޓްގެ ތަފާތު ފޯރަމްތަކުން ފެންނާނެއެވެ. ތަޖުރިބާކާރުން ދީފައިވާ ތަފާތު ގިނަ ލަފާތައް ފެންނާނެއެވެ. ސައިންސްވެރިން ކޮށްފައިވާ ތަފާތު ގިނަ ދިރާސާތައް ވެސް ފެންނާނެއެވެ. މިފަހަރު ވެސް މިއޮތީ ސައިންސްވެރިން އާދަޔާއި ހިލާފު ދިރާސާއެއްކޮށް އާދަޔާއި ހިލާފު ލަފައެއް ދީފައެވެ.

ބާސެލޯނާގެ ސައިންސްވެރިންގެ ޓީމަކުން ކުރި ދިރާސާއަކަށް ފަހު އާންމު ކުރި ރިޕޯޓްގައި ބުނެފައި ވަނީ ގޭގެއަށް ވަނަމުން ބޫޓު ނުވަތަ ފައިވާން ބޭލުމަކީ ބަރުދަން ލުއިވާ ކަމެއް ކަމަށެވެ. ގަބޫލުކުރަން ކިތަންމެ ދަތިވި ނަމަވެސް ދިރާސާ ކުރި ސައިންސްވެރިންގެ ޓީމުން ހުށަހެޅި މައިގަނޑު ހަތް ހުށަހެޅުމުގެ ތެރޭގައި ބަރުދަން ލުއިވުމުގެ ސަބަބަކަށް ގެއަށް ވަނުމުގެ ކުރިން ބޫޓު ނުވަތަ ފައިވާން ބޭލުން ހިމަނާފައި އެބައޮތެވެ. މިދިރާސާ ކޮށްފައި ވަނީ ޔުނިވަސިޓީ އޮފް އަވިރޮ އެންޑް ބެއިރާ އިންޓީރިއާ އިންނެވެ.

ދިރާސާ ކުރި ސައިންސްވެރިން ބުނާ ގޮތުން ގޭގެއަަށް ވަންނައިރު އެމާހައުލުން މީހުންގެ ހަށިގަނޑުގެ ތެރެއަށް ވަންނަ އެއްޗެއްސަކީ ހިކިކޮށް މީހާ ހުރުމަށް އެހީވެދޭ އެއްޗެއްސެވެ.

ހިކިކޮށް ހުރުމަށް ސައިންސްވެރިން އިތުރަށް ހުށަހެޅި ހުށަހެޅުންތަކުގެ ތެރޭގައި ފްރެޝް ކާނާ ބޭނުން ކުރުމާއި ގުދުރަނީ އުފެއްދުންތައް ހިމަނައިގެން އުފައްދާފައިވާ ތަކެތި ބޭނުން ކުރުން ހިމެނެއެވެ. އޭގެ އިތުރުން ގޭތެރެ ސާފުކޮށް ބޭއްވުމަށާއި، ފެން ބުއިމާއި ކެއުމުގައި ޕްލާސްޓިކް ތަށި ބޭނުން ނުކުރަން ވެސް ދިރާސާ ކުރި ސައިންސްވެރިން ވަނީ ލަފާދީފައެވެ.

ދިރާސާތަކުން ދައްކާގޮތުގައި ބަރުދަން އިތުރުވުމުގެ ނުރައްކާ މިހާރު ދުނިޔޭގެ ގިނަ ބަޔަކަށް ވަނީ ކުރިމަތިވެފައެވެ. ޔޫރަޕްގެ 63 އިންސައްތަ މީހުން އުމުރާއި، އިސްކޮޅާއި އަޅައިބަލާއިރު ހުންނަން ޖެހޭ ވަރަށް ވުރެ ބަރުކަމަށް ދައްކައެވެ. އަދި 2025 ވަނަ އަހަރު އަންނަ އިރު ޔޫރަޕްގެ އާބާދީގެ ތިންބައިކުޅަ ދެބައި މީހުންނަކީ މާބޮޑަށް ބަރުހެލިވެފައި ތިބި މީހުންނަށް ވެގެންދާނެ ކަމުގެ އިންޒާރު ތަޖުރިބާކާރުން ދެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ބޯހަލާކު

    ވަޓް އަ ޖޯކް!

  2. ބުލޫ

    މަމިއުޅެނީ ގެއަށް ވަންނަގޮތަށް ފައިވާނަށް އަރައިގެން.ބޭރަށް ދާއިރު އަރަނީ ބޫޓަށް.އެކަމަކު މީހުން މަށާދިމާލަށް ބުނަނީ މަހުންނަނީ ކާއެއްޗެހީގަ ވަސްބަލައިގެންނޯ.ހިކިކަމުން ހީވަނީ އިލޮއްޓެއްހެންނޯ.މަބުނަން މަހުންނަނީ ހުރިހާ އިރަކުވެސް ކައިގެންކަމަށް.އެކަމަކު ކާއިރު ތިމީހުން ކާގޮތަށް ފެންނަ ކޮންމެ އެއްޗެއް ބަނޑު ފުރެންދެން ނުކާކަމަށް.ބަރުދަންވެސް ހުންނަނީ އުމުރާއި ގުޅޭގޮތަށް މެދުމިންވަރެއްގަކަން.މިހެން ބުންޏަސް ގަބޫލެއްނުކުރޭ..ބޮޑު ބަހުސަކަށް ވެފައޮންނަނީ...