ބޭނުންވާ ތަކެތި (6 ސާވިންސް)

10 އަލުވި

½ ޖޯޑު ގްރީން ޕީސް

1 ޖޯޑު ކެރެޓު (ކިއުބްކޮށް ކޮށާފައި)

½ ޖޯޑު ބީންސް

¾ ސައި ސަމުސާ އިނގުރު (ގާނާފައި)

2 ބޮޑު ފިޔާ (ކޮށާފައި)

ކޮތަނބިރި ފަތްކޮޅެއް (ކޮރިއަންޑާ)

ރަހަ ލާ ވަރަށް ލޮނުކޮޅެއް

½ ސައި ސަމުސާ ތެޅި މިރުސް / މުގުރި މިރުސް

½ ސައި ސަމުސާ ގަރަމް މަސާލާ

ތެޔޮ (ތެލުލުމަށް)

½ ޖޯޑު ފާރޮށި ކުނޑި

ބޭނުންވާ ވަރަކަށް ބިސް (ތަޅާފައި)

ތައްޔާރުކުރާނެ ގޮތް:

އެންމެ ފުރަތަމަ އަލުވިކޮޅާއި ތަރުކާރީކޮޅު ފެނު ކައްކާށެވެ. ނުވަތަ ސްޓީމް ކޮށް ކައްކާށެވެ.

އެއަށްފަހު، ބޮޑު ތައްޓެއްގެ ތެރެއަށް ތަރުކާރީކޮޅު، ލޮނު، ތެޅި މިރުސް، ގަރަމް މަސާލާ، ފިޔާ އަދި ކޮތަނބިރި ފަތްކޮޅު އަޅާލާށެވެ. ދެން، އޭގެ ތެރެއަށް އަލުވިކޮޅު އަޅާލުމަށްފަހު ރަނގަޅަށް މޮޑެލާށެވެ.

ދެން، އޭގެން ބޯޅަ ހެދުމަށްފަހު، ބިސް ތަޅާފައިވާ ތައްޓެއްގެ ތެރެއަށް ލުމަށްފަހު ނަގާ ފާރޮށި ކުނޑި ހާކާށެވެ. ދެން، ތެޔޮ ތާހުގެ ތެރެއަށް ލުމަށްފަހު ރަނގަޅަށް ތެލުލާށެވެ.