ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ގިނަ ބައެއްގެ މަގުބޫލުކަން ހޯދައިފައިވާ ޑުރާމާއެއް ކަމަށްވާ ''މަނީ ހެއިސްޓު''ގެ ޕާކިސްތާނު ވަރޝަންއެއް އުފެއްދުމަށް ވަނީ ތައްޔާރުވެފައެވެ.

ފިލުމެއް ކަމުގައި ވިޔަސް، ލަވައެއް ކަމުގައި ވިޔަސް ނުވަތަ އެހެން ކަމެއް ނަމަވެސް، އެކަމަކީ ކާމިޔާބު ކަމެއްނަމަ އެކަން ނަކަލު ކުރާނެ އެތައް ބަޔަކު ތިބޭނެއެވެ. މިގޮތުން ބޮލީވުޑުގައިވެސް ޓޮލީވުޑުގެ ގިނަ ފިލުމުތަކެއްގެ ކޮޕީ ނުވަތަ ރީމޭކްތައް ދަނީ އުފައްދަމުންނެވެ.

މިފަހަރު މި ލިސްޓަށް އިތުރުވެގެން މިދިޔައީ މަޝްހޫރު ޑުރާމާ ''މަނީ ހެއިސްޓް''އަށް ޕާަކިސްތާަނުން ''50 ކްރޯރުސް''ގެ ނަމުގައި އުފައްދަން ތައްޔާރުވެފައިވާ ޑުރާމާއެވެ.

ޕާކިސްތާނުގެ މަޝްހޫރު ތަރިންކަމަށްވާ ފެއިސަލް ގުރެއިޝީ، އެއިޖާޒް އަސްލަމް، ހަލޭ ސަރުހަދީ، އަސަދު ސިއްދީޤީ، ނަވީދު ރަޒާ، މެހެމޫދު އަސްލަމް ހިމެނެއެެވެ.

މި ތަރިން ނަގާފައިވާ ފޮޓޯތަކުން އެންމެ ވައްތަރީ މަނީ ހެއިސްޓްއާއިއެެވެ. މި ފޮޓޯތައް ޓްވިޓާގައި ހިއްސާކުރުމާއިއެެކު އެކި ފަރާތްތަކުން ދަނީ މިކަމަށް ފާޑުކިޔައި ހަޖޫ ޖަހަމުންނެވެ.

''50 ކްރޯރްސް''ގެ ރަސްމީ ފޮޓޯ ޝޫޓުގެ ފޮޓޯތަކުގައި ޑުރާމާގައި އެމީހެއްގެ ކެރެކްޓާރ ބުނެދޭ ބޯޑެއް ހިފައިގެން ތިބެއެވެ. ރަޒާއަކީ ލާލާމުސާއެވެ. އަލީއަކީ ސަހިވާލްއެވެ. ސަރުހަދީއަކީ މިއަންވަލީއެވެ. އަސްލަމްއަކީ ރަހީމް ޔާރް ޚާންއެވެ.

ޓުވިޓާގައި މި ފޮޓޯއަށް އެކި މީހުން އަންނަނީ ފާޑުކިޔަމުންނެވެ. ބައެއް ފަރާތްތަކުން ބުނެފައިވަނީ އަގުހެޔޮ މަނީ ހެއިސްޓެއް ޕާކިސްތާނުން އުފައްދަނީ ކީއްކުރަންތޯއެވެ. އަދި އެއީ ''މަނީ ހެއިސްޓް''އެއް ނޫން ކަމަށާއި ފައިސާ ބޭކާރު ކުރުން ކަމަށް ވެސް ބައެއް ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.