ކެޓީ ޕްރައިސްގެ ކައިވެންޏާއި ގުޅޭ ވާހަކަތަކާއި ދަރިން ހޯދުމާއި ގުޅޭ ވާހަކަތައް ސިއްރެއް ނޫނެވެ. އަނެއްކާވެސް ފާޅުގައި ހާމަކޮށްލީ ދަރިއަކު ހޯދަން އުޅޭ ވާހަކަ އެވެ. އުމުރުން 42 އަހަރުގެ ކެޓީ ޕްރައިސް ޕްރެގްނެންސީ ޓެސްޓު ކިޓް ދައްކަން ޔޫޓިއުބްގައި އާއްމު ކުރި ވީޑިއޯގައި އޭނާ ވަނީ ހަވަނަ ދަރިއަކު ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ބުނެފައެވެ.

"އަހަރުމެން ދަރިއަކު ބޭނުންވޭ، އެހެންކަމުން މި އުޅެނީ އެއްވެސް ވަރަކަށް ބަލައިގެނެއް ނޫން" ޔޫޓިއުބްގައި އާއްމުކުރި ވީޑިއޯގައި އޭނާ ބުނެފައި ވެއެވެ.

ކެޓީ އާއި އޭނާގެ ލޯބިވެރިޔާއާ ކާލްއާ ދެމީހުން މިވަގުތު ތިބީ ރާއްޖޭގައެވެ. އެހެންކަމުން އޭނާ ހަވަނަ ދަރިއަކު ހޯދަން މަސައްކަތް ކުރާނީ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުންދާއިރު ކަމަށް ބެލެވެއެވެ. ނަމަވެސް އާއްމުކުރި ވީޑިއޯ ނަގާފައި ވަނީ ރާއްޖެ އަކު ނޫނެވެ.

އެ މީހުން ޕްރެގްނެންސީ ޓެސްޓު ކިޓްގެ ނަތީޖާ ދެއްކުމުގެ ކުރިން، ކެޓީ ބުނީ، އެ މީހުން ދަރިއަކު ބޭނުންވާ ކަމަށާއި، މި އުޅެނީ ދަރިއަކު ލިބިދާނެތީ ރައްކާތެރިވާން ފިޔަވަޅެއް އަޅައިގެން ނޫން ކަމަށެވެ.

"އަހަރެން ބަލިވެ އިނދެއްޖެނަމަ އެކަން ވާނީ ވަރަށް ރަނގަޅު ކަމަކަށް. އެކަމަކު ނުޖެއްޖެނަމަ އަނެއްކާވެސް އެކަމާއި އަންްނަ މަހު އުޅޭނަން" ކެޓީ ބުނެފައި ވެއެވެ.

ސިކުންތު ކޮޅަކަށް މަޑުކުރުމަށްފަހު އެ ކިޓްގެ ނަތީޖާ ލިބުނެވެ. ނަމަވެސް އޭނާ ބަނޑުބޮޑެއް ނޫނެވެ.

ކޭޓީ ދަނީ ދަރިންނާއި އަދި ލޯބިވެރިޔާއާއެކު ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުންނެވެ. އޭނާ ވަނީ ލޯބިވެރިޔާއާ ވަރަށް އަވަހަށް ކައިވެނި ކުރާނެ ކަމަށްވެސް ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ކަމަނަ

    ޗީޑި

    26
    2
  2. ދޮންމީހުން

    ކޭޓީ ދަނީ ދަރިންނާއި އަދި ލޯބިވެރިޔާއާއެކު ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުންނެވެ. އޭނާ ވަނީ ލޯބިވެރިޔާއާ ވަރަށް އަވަހަށް ކައިވެނި ކުރާނެ ކަމަށްވެސް ބުނެފައެވެ.
    މީތަ އެބުނާ ދޮންމީހުން އުޅޭ ތާހިރު ދިރިއުޅުން. ދަރިން ހޯދާފަ ކައިވެނި ކުުުުުުރާއިރު ދަރިން މި ތިބެނީ މީހުންނާ އިންނަވަރު ވެފަ... އައްޗީޑި.

    30
    1