ބަތަލާ ޕްރިޔަންކާ ޗޯޕްރާ އާއި އޭނާގެ ފިރިމީހާ އަދި ލަވަކިޔުންތެރިޔާ ނިކް ޖޮނަސްއަކީ މީސް މިޑިއާގެ ސަމާލު ކަމަށް އެ މީހުން ކުރާ ގިނަ ކަންތައްތަކުގެ ވާހަކަ ހިއްސާ ކުރާ ބައެކެވެ. ފޮޓޯތަކާއި، ކަރަންޓީންގެ ދުވަސްވަރު އުޅުނު ގޮތުގެ ބައެއް ވާހަކަތައްވެސް ހިއްސާ ކުރަމުން ދެއެވެ.

ފިރިމީހާއާ ގުޅޭގޮތުން އޭނާއަށް ދަސްވި ކަންކަމާއި ގުޅޭގޮތުން އިންޓަވިއުއެއްގައި ވާަހަކަދައްކަމުން ޕްރިޔަންކާ ބުނީ އެކުގައި އެހާ ވަގުތު ހޭދަކޮށްފައިވެސް އޭނާއަށް ނިކް ވަރަށް ކަމުދާ ކަމަށެވެ. އަދި ކޮވިޑް-19 އަ ހެދި ކަންކަން ޝެޑިއުލް ކުރަމުން ދަނީ އެކު އެކީގައި ކަަމަށް ބުންޏެވެ.

އެގޮތުން އެކުގައި އާ ގެއަކަށް ބަދަލުވެ، ގޭގެ ކަންކަން ހަމަޖެއްސުމަށް އެކުގައި ވަގުތު ހޭދަކުރެވުނު ކަމަށް އޭނާ ބުންޏެވެ.

ކައިވެންޏަށްފަހު ނިކް އާއި ޕްރިޔަންކާ ދަނީ އެެމެރިކާ އާއި އިންޑިއާ އާ ދެމެދު ދަތުރު ކުރަމުންނެވެ. ނަމަވެސް މިހާރު ކޮވިޑް-19 އާ ހެދި އެ މީހުން ތިބީ ލޮސް އެންޖަލަސްގައި މަޑުކޮށްލައިގެންނެވެ.

މިވަގުތު ޕްރިޔަންކާ ހުރީ ޖަރުމަންގައެވެ. އޭނާ ޖަރުމަނަށް ގޮސްފައި ވަނީ މެޓްރިކްސް 4 ގެ ޝޫޓިންގއަށެވެ.

ކޮވިޑް-19 އާ ގުޅިގެން އިއުލާނުކޮށްފައިވާ ފުރަބަންދު ތެރޭގައި އޭނާގެ ފޮތުގެ މަސައްކަތް ދިޔައީ ކުރިއަށެވެ. އެކަން އޭނާ މީޑިއާތަކާއި ވާހަކަދައްކަމުންވެސް ބުނެފައި ވެއެވެ.

ޕްރިޔަންކާ އާއި ނިކް ކައިވެނި ކޮށްފައި ވަނީ 2018 ވަނަ އަހަރުގެ ޑިސެމްބަރު މަސް ތެރޭގައެވެ. އެ މީހުންގެ ކައިވެންޏަށް މި އަހަރު ދެ އަހަރު ވާނެ އެވެ.