ކުރުނބާ ފަންޏަކީވެސް ރަމަޟާން މަހާ ގުޅިފައިވާ ފަންޏެކެވެ. ކަރާ ފަނި ނެގުމަށްފަހު، ރޯދަ ވީއްލާ ވަގުތުގެ ސުފުރާގައި އެންމެ ނަން ހިނގާ އެއް ފަންޏަކީވެސް މިއީއެވެ. ފަސޭހަކަމާއެކު ރާއްޖޭގެ ރަށްރަށުން ކުރުނބާ ލިބޭއިރު، މިއީ އެންމެ ތާޒާކަންކަމަތީގައިވެސް ލިބޭ އެއް ފަނިމެއެވެ.

ހަމައެހެންމެ، ފައިދާގެ ގޮތުން ބެލިކަމުގައިވިޔަސް، މިއީ މޮޅު ފަންޏެކެވެ. ރަނގަޅު ބުއިމެކެވެ.

ނިއުޓްރިޝަން އާ ބެހޭގޮތުން ދިރާސާކުރާ ފަރާތްތަކުން ހާމަކުރާ ގޮތުގައި އެއް ޖޯޑު ކުރުނބާ ފަނީގައި ހަށިގަނޑަށް ބޭނުންވާ އެތައް މާއްދާތަކެއް އެކުލެވިގެންވެއެވެ. އެގޮތުން ބަލާކަމުގައިވާނަމަ، 600 މިލިގްރާމުގެ ޕޮޓޭޝިއަމް އާއި 252 މިލިގްރާމުގެ ސޯޑިއަމް، އެންމެ ފަނި ތައްޓެއްގައި ހުންނާނެއެވެ. ހަމައެހެންމެ، 58 މިލިގްރާމް ކެލްޝިއަމް އާއި 60 މިލިގްރާމް މެގްނީޒިއަމް ހުންނާނެކަމަށްވެސް ބެލެވެއެވެ. އެހެންކަމަށްވުމުން، މިއީ ކަށިތަކާއި ހަށިގަނޑުގެ މަސްތައް ވަރުގަދަކޮށްދީ، ދުޅަހެޔޮ ކޮށްދޭނޭ އެއްޗެއްކަން ޔަޤީނެވެ.

ހަމައެހެންމެ، ހަޖަމުކުރުމުގެ ނިޒާމު ރަނގަޅުކޮށްދީ، ހަށިގަނޑުގެ މެޓަބޮލިޒަމް ރޭޓު ރަނގަޅުކުރުމަށްވެސް ކުރުނބާ ފަންޏަކީ އެފަދަ ދެވަނައެއް ނެތް އެއްޗެކެވެ. ކުރުނބާގައި އެކުލެވޭ އެންޒައިމްތަކުގެ ސަބަބުންނާއި އޭގައި އެކުލެވޭ ވިޓަމިން ބީގެ އެކި މާއްދާތައް މިކަމަށް ވާގިވެރިވެދެއެވެ.

2009 ވަނަ އަހަރު "މޮލެކިއުލްސް" ގެ ނަމުގައި ޝާއިޢުކޮށްފައިވާ ލިޔުމެއްގައި ބަޔާންކޮށްފައިވާ ގޮތުން، ސެލްތަކުގެ ދުޅަހެޔޮކަމަށް އެހީވެދޭ، ސައިޓޯކިނިންސް ފަދަ މާއްދާތައް، ކުރުނބާ ފަނީގައި އެކުލެވެއެވެ.

ކުރުނބާ އަކީ ހަށިގަނޑަށް ވަރަށް ފައިދާހުރި އަދި ރޯދަ ވީއްލުމަށް ދިވެހިންގެ ތެރޭގައި މަޝްހޫރު ބުއިމެއް - – ވަގުތު އިމޭޖްސް

މީގެއިތުރުން، އަނގައިގެ ޞިއްޙަތާ ބެހޭގޮތުން، 2008 ވަނަ އަހަރު ޝާއިޢުކޮށްފައިވާ ފޮތެއްގައި ބުނެފައިވާ ގޮތުން ކުރުނބާ ފަންޏަކީ، ދަތްތަކަށްވެސް ނުހަނު ފައިދާހުރި އެއްޗެކެވެ.

މިކަންކަމުގެ އިތުރުން، މިއީ ހަށިގަނޑުގައި ހަކަތާއި ވަރު ޖައްސައިދޭ އެއްޗެއްކަމުން، މިއީ ރޯދަ ވީއްލާ ވަގުތަށްވެސް، ރަނގަޅު ބުއިމެކެވެ.

ކައްޓާއި މަހުގެ ދުޅަހެޔޮކަމާއި ސެލްތަކުގެ ދުޅަހެޔޮކަމަށް އަދި ހަޖަމުކުރުމުގެ ނިޒާމަށްވެސް މިއީ ރަނގަޅު އެއްޗަކަށްވެފައި، ދަތްތަކަށް އެތަކެއް ފައިދާތަކެއް ލިއްބައިދޭ އެއްޗަކަށްވުމުން މިއީ ނުބޮއެ ދޫކޮށްލާ ވަރުގެ އެއްޗެއް ނޫންކަން ހާމަވެއެވެ. އަދި، ވަކީން ޚާއްޞަކޮށް، މިއީ ހަކަތަ ޖައްސައިދޭ އެއްޗެއްކަމުން، މިއީ ރޯދަ މަހަށް އެފަދަ ދެވަނައެއް ނެތް "ސަޅި" އެއްޗެކެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ބުރޯ

    ތީ އާންމުކޮށް ބޯ އެއްޗެއްނު.އާދޭ ކުރުބާ ބޯން މިރަށް.

    • ކިޔާ

      ކޮންރަށަކަށް ބާ ދާންވީ؟؟މަ ގެންދެބަލަ ޕްލީޒް..މިއުޅެނީ ކުރުނބާ ބޯހިތުންނޭ...