ބޮލީވުޑް އެކްޓްރެސް ކަރީނާ ކަޕޫރް ޚާން އޭނާގެ ކުރިއަށް އޮތް ފިލްމު "ވީރް ޑީ ވެޑިން" ޕްރޮމޯޓް ކުރުމުގެ މަސައްކަތްތަކުގައި އުޅެނީ އަވަދިނެތިއެވެ. ނަމަވެސް ދާދިފަހުން އޮތް ކްރިކެޓް ފައިނަލް ޕާޓީގެ އިންޓަވިއުއެއްގައި ކައރީނާ މިވަނީ އެކްޓްރެސް އަނުޝްކާ ޝަރުމާގެ ފިރިމީހާ ވިރާތު ކޮލީ ހޮޓް ކަމަށް ބުނެފައެވެ. ވީއިރު، މި އަޑު އަނުޝްކާއަށް އިވޭބާއެވެ؟

އެންމެ ފިޓް ކްރިކެޓް ކުޅުންތެރިޔަކީ ކޮބައިތޯ ކުރެވުނު ސުވާލަށް ޖަވާބު ދެމުން ކަރީނާ އެހެން ބުނެފައިވާއިރު، އޭނާ ވަނީ އެންމެ ހޮޓްވެފައި ފިޓީވެސް ވިރާތުކަމަށް ބުނެފައެވެ.

"ކޮންމެއަކަސް ވިރާތު ހުރީ ހުސްކޮށެއް ނޫން. އެހެންވީމަ، ދެން އަހެރެން އެންމެ ގަޔާ ވަނީ އަހަރެންގެ ނަވާބު ދެކެ. ދެން ކޭން ވިލިއަމްސަން ދެކެ ވެސް ގަޔާވޭ. އޭނާވެސް ވަރަށް ހޮޓް ހަމަ." ކަރީނާ ބުނެފައިވެއެވެ.

ކްރިކެޓާއި މެދު ހާއްސަ ލޯތްބެއް އަބަދުވެސް އޮންނަކަމަށާއި ނަމަވެސް މިހާރުގެ ސްޓައިލްއަށް ވުރެ ކުރީގެ ކްރިކެޓް ސްޓައިލް ދެކެ މާ ގަޔާ ވާ ކަމަށް ކަރީނާ ބުނެއެވެ.

ކަރީނާގެ މި ވާހަކަ ތަކުން، އަނުޝްކާގެ ފޭނުން ރުޅިއައިސް ތިބިއިރު، މީސްމީޑިއާ މެދުވެރިކޮށް އެތައް ބައެއްގެ ފާޑުކިޔުންތައް ކަރީނާއަށް ލިބެމުންދެއެވެ.

"އަހަރެން ނުބުނާނަން އަހަރެންނަކީ ފެމިނިސްޓެކޭ. އަހަރެން ބުނާނީ އަހަރެންނަކީ އަންހެނެކޭ ނޫނީ އިންސާނެކޭ. އަދި ސައިފް އަލީ ޚާންގެ ފަޚްރުވެރި އަންހެނުންނޭ." ކަރީނާ އޭނާ ދިން އިންޓަވިއު ނިންމާލަމުން ބުނެފައިވެއެވެ.