ކުޑަކުއްޖެއް ހުންނަ ގެއެއް ކަމަށް ވާނަމަ އެންމެ ގިނައިން އެ ގެއެއްގައި ޖަހަން މަޖުބޫރުވާ އެއް ލަވައަކީ "ބޭބީ ޝާކް ޑާންސް" މިލަވައެވެ. ތަކުރާރުކޮށް މި ލަވަ ޖަހަން ބޭނުންވާ ކުޑަކުދިން ކިތަންމެހާވެސް ގިނައެވެ. އަދި ދަރިފުޅަށް އެންމެ ކަމުދާ ލަވައަކީ ކޮބާހޭ އަހައިފި ނަމަ އެންމެ އާއްމު ޖަވާބަކަށް ވާނީ "ބޭބީ ޝާކް" މިއެެވެ.

މި ލަަވައިން މިވަނީ މިހާރު ޔޫޓިއުބްގައި އެންމެ ގިނައިން ޕްލޭ ކުރި ވީޑިއޯގެ ރެކޯޑް ހޯދާފައެވެ. ޕިންގްފޮންގްގެ މި ލަަވައިން މި ރެކޯޑް ޤާއިމް ކުރީ ލުއިސް ފޮންސީގެ "ޑެސްޕަސީތޯ" ލަވަ އިން ކުރިން ޤާއިމް ކުރި ރެކޯޑް މުގުރާލުމަށް ފަހުގައެވެ.

ކުޑަކުދިންނަށް ޚާއްސަ މި ލަވައަކީ ކޮރެއާގެ އުފެއްދުމެކެވެ. އެލަަވަ ޔޫޓިއުބަށް އަޕްލޯޑްކޮށްފައި ވަނީ 17 ޖޫން 2016 ވަނަ އަހަރެވެ. އެ ލަވައަށް 7 ބިލިއަނަށް ވުރެ ގިނަ ވިއުސް ލިބިފައި ވެއެވެ. މި ވީޑިއޯއިން ވަނީ އެންމެ ގިނައިން ޕްލޭ ކުރި ކުޑަކުދިންގެ ވީޑިއޯގެ ރެކޯޑްވެސް ޤާއިމްކޮށްފައެވެ.

ކުޑަކުދިންގެ ހިތްތައް ފަސޭހައިން އަތުލާ މި ލަވައަކީ 10 އަހަރުގެ ކޮރެއަން-އެމެރިކަން ލަވަކިޔުންތެރިޔަކު ކިޔާފައިވާ ލަވައެކެވެ. މި ލަވައިގެ އަޑުގެ ވެރިޔަކީ ހޯޕް ސީޖޯންއެވެ. މި ލަވަ ޔޫޓިއުބަށް ނެރުމާއި އެކު ވަރަށް ބޮޑަށް ވައިރަލްވިއެވެ.

އެންމެ ގިނައިން ޕްލޭ ކުރި ލަވައަކީ ބޭބީ ޝާކް ކަމަށް ވީނަމަވެސް އަދިވެސް އެންމެ ގިނަ ލައިކްސް ލިބުނު ލަވަޔަކީ ޑެސްޕަސީޓޯ އެވެ. އެ ލަވައަށް 5 ބިލިއަން ލައިކްސް ލިބުނެވެ. ބޭބީ ޝާކްގެ އޮރިޖިނަލް ލަވައަކީ 1970ގެ އެމެރިކާގެ ސަމަރކެޕްޕްތަަކުން ފެށިގެން އައި ލަވައެއް ކަމަށް ބުނެވެއެވެ.

އަދި މި ލަވައަށް ކޮރިއޮގްރާފްކޮށްފައިވާ ޑާންސް އަކީ ސައުތް ކޮރެއާގެ ކޮރެއޯގްރަފީތަކެކެވެ.

ބޭބީ ޝާކް އަކީ އެންމެ ގިނަ ބަަކަށް ކަމު ނުދާ ވީޑިއޯވެސްމެއެވެ. އެންމެ ގިނަ ޑިސްލައިކް ލިބުނު ވީޑިއޯ އަށް މި ވީޑިއޯ ވެފައި ވަނީ 18 މިލިއަން ޑިސްލައިކްސް އާއި އެކުގައެވެ. ސަބަބަކީ ކުޑަކުދިން މި ލަވަ ތަކުރާރުކޮށް ޖަހަން ބޭނުންވި ނަމަވެސް ބޮޑެތި މީހުންނަށް ވަކި ވަރަކަށް ވުރެ ގިނައިން އިވުމުން މި ލަވަ ބޮލަށް އުނދަނގުވާ ލަވައެއްގެ ގޮތުގައި ސިފަވުމެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. މާމިގިލީ މީހާ

    މިހާރު މަގޭ ބޭބީއަށް މިލަވަ ދެެއްކުނު އަދަދެއް ވެސް ނޭގެ. އަދިވެސް ދައްކަމުން މިދަނީ. މިހާރު މަގޭ ބޭބީ ހިތު ދަސްކޮއްފި މިލަވަ. މިހާރު ވަރަށް ފަސޭހަ ބޭބީ ބަލާން. އިންޓަނެޓް ލިބޭތީ.

    12
    7
  2. އ . ޖ . އ

    މި ޖެހުނި ބޭބީ އެއް ހޯދާކަށްނު ފުރަތަމަ..

    13
  3. ހަރާމް

    ދުވަހަކުވެސް ނުދައްކަން

    12