ފާއިތުވީ ދެއަހަރު ޔޫޓިއުބްގައި އެންމެ ގިނަ މީހުން ބަލާފައިވަނީ ހިންދީ ލަވަކިޔުންތެރިޔާ އަލްކާ ޔާގްނިކް އަދި އިނގިރޭސި ރެޕް ލަވަކިޔުންތެރިޔާގެ ލަވަތަކެވެ.

ރިޕޯޓްތައް ބުނާގޮތުން 2021 އަދި 2022 ވަނަ އަހަރު ޔޫޓިއުބުން އެންމެ ގިނަ މީހުން ބަލާފައިވަނީ ލަވަކިޔުންތެރިޔާ އަލްކާ ޔާގްނިކްގެ ލަވަތަކެވެ. އެގޮތުން 2020 ވަނަ އަހަރު އަލްކާގެ ލަވަތަށް 16.6 ބިލިޔަން ސްޓްރީމް ކޮށްފައިވާއިރު 2021 ވަނަ އަހަރު 17 ބިލިޔަން ސްޓްރީމްކޮށްފައެވެ. ޖިނެސް ވޯލްޑް ރެކޯޑުން ދައްކާ ގޮތުގައި ފާއިތުވީ އަހަރު 15.3 ސްޓްރީމް އަލްކާގެ ލަވަތަކަށް ވަނީ ލިބިފައެވެ. އެއީ ދުވާލެއްގެ މައްޗަށް 42 މިލިޔަނެވެ.

އުމުރުން 56 އަހަރުގެ އަލްކާގެ ލަވަތަކަކީ ޔޫޓިއުބްގައި އެންމެ ހިނގާ އަދި އެންމެ މަޤްބޫލު ލަވަކިޔުންތެރިޔާއެވެ. ގްލޯބަލް ރޭންކިންއަށް ބަލާއިރުވެސް ލިސްޓުގެ އެންމެ މަތީގައި އުޅޭ ލަވަކިޔުންތެރިޔަކީ އަލްކާއެވެ.

ފިލްމު ފެއަރ އެވޯޑްގައި އަލްކާ ވަނީ 7 ފަހަރު ޕްލޭބެކް ސިންގާރ އެވޯޑް ހޯދާފައެވެ.

2022 ވަނަ އަހަރު ޔޫޓިބްގައި ދެވަނައަށް އެންމެ ގިނަ ބަޔަކު ސްޓްރީމްކޮށްފައި ވަނީ ރެޕް ލަވަކިޔުންތެރިޔާ ޕުއާޓޯ ރީކޯ(ބޭޑް ބަނީ)އެވެ. އޭނައަށް ލިބިފައިވަނީ 14.7 ބިލިއަން ސްޓްރީމްއެވެ.

ހިންދީ ލަވަކިޔުންތެރިޔާ އުދިތް ނާރާޔަން 10.8 ބިލިޔަން ސްޓްރީމް، އަރުޖީތް ސިންގް 10.7 ބިލިޔަން ސްޓްރީމް އަދި ކުމާރު ސާނޫ 9.09 ބިލިޔަން ސްޓްރީމް ވަނީ ޔޫޓިއުބް ޓޮޕް ޓެން ސްޓްރީމް ލިސްޓުން ޖާގަ ހޯދާފައެވެ.

މީގެއިތުރުން މަޝްހޫރު ކޮރެއަން ފިރިހެން ލަވަ ގްރޫޕް ބީޓީއެސް އަށް 7.95 ބިލިޔަން ސްޓްރީމް ލިބިފައިވާއިރު ކޮރެއަން އަންހެން ލަވަ ގްރޫޕް ބްލެކްޕިންކަށް ލިބިފައިވަނީ 7.03 ބިލިޔަން ސްޓްރީމެވެ. މިލިސްޓުގެ 13 ވަނައިގައި މަޝްހޫރު ލަވަކިޔުންތެރިޔާ ވީކެންޑް 5.7 ބިލިޔަން ހިމެނިގެންދިޔައިރު ޓެއިލަރ ސްވިފްޓް ހިމެނިގެންދިޔައީ ލިސްޓުގެ 26 ވަނައިގައެވެ. އަދި ލަވަކިޔުންތެރިޔާ ޑްރޭކް އޮތީ ލިސްޓުގެ 50 ވަނައަށެވެ.
2022 ވަނަ އަހަރު ނިމިގެންދިޔައިރު ޔޫޓިއުބްގެ އެއްވަނައިގައި އަލްކާ، ދެވަނައަށް ބޭޑް ބަނީ އަދި ތިންވަނައަށް އޮތީ އުދިތް ނާރާޔަންއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. މުޙައްމަދު

    ހާދަ ޒުވާނޭ. ހީވެސް ނުވޭ

  2. ޜާއިދާ

    ޒުވާން އެކަމަކު 63 ވަރުވާނެ އެޓްލީސްޓް. 1979 އަކުން ފެށިގެން ލަވަ ކިޔަމުން ދިޔައީ 1988 ގެ ފަހުން މަޝްހޫރު ވިޔަސް!

  3. ޖޮނީ ޑެޕްތު

    އިންޑިޔާ މީހުން ވަރަށް ޒުވާންވާނެ. 80 އަހަރުގެން ދާއިރުވެސް ބޮލުގައި އެންމެ ނުރައެއްވެސް ނުހުންނާނެ. މި ރާއްޖޭގައިވެސް އުޅޭނެ އެފަދަ ޒުވާނުން. އެއީ ހަމަ ބިޖެންގެ ޖާދޫ.

  4. Anonymous

    އަލްކާ އަކަށް މިހާރު ފިލްމް ތަކުން ލަވަ ކިޔަން ފުރުސަތު ނުލިބޭ! މިހާރު ހިންދީ މިއުޒިކް މުޅިން ބަދަލު ކޮށްފަ ވަނީ އެހެންވެ 80 ގެ އަދި 90ގެ ލަވަކިޔުންތެރިން ނަކަށް 2010 ގެ ފަހުން ޖާގަ ނުލިބޭ

  5. މުބީނު މާރނީ

    ޒުވާން ވަނީ އިންޑިއާ ކުދިންގެ މާމަ އިން އެ މީހުންގެ މާމަ ދަރިންގެ ބޮލުގައި ކޮންމެދުވަހަކު ޤަވާއިދުން ކާށިތެޔޮ ލައިގެން މަސާޖް ކޮށްދޭތީ. މޫނު ވެސް މަސާޖް ކޮށްދޭނެ. ރާއްޖޭގައި ވެސް ބޯ މަސާޖް ކުރުން އާދަ ކުރަން ވެއްޖެ ހަފްތާއަކު އެއް ފަހަރު ނަމަވެސް. ބަންގްލަދޭޝް މީހުން ތިބޭ ބޯކޮށާ ތަންތަނުން 10 މިނެޓް ގެ ބޮލުގެ މަސާޖެއް 30 ރުފިޔާ އަށް ކޮށްދޭ. މޫނުގެ 10 މިނެޓް ގެ މަސާޖެއް 30 ރުފިޔާ އަށް ކޮށްދޭ. އެކަމަކު މިއީ ފިރިހެނުންނަށް ޙާއްސަ ތަންތަން. ސެލޫން ތަކުން ވެސް އެކި ފާޑު ގެ މަސާޖް ކޮށްދޭ.