ޔޫރަޕްގެ ބައެއް ސަަރަހައްދުތަކަށް ގޫގުލް ހިދުމަތްތައް ހުއްޓި، ބައެއް އެޕްލިކޭޝަން ބޭނުން ނުކުރެވޭ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ދަ އިންޑިޕެންޑެންޓް އިން ބުނީ، ޔޫރަޕްގެ ބައެއް ސަރަހައްދުތަކުގައި އުޅޭ މީހުންނަށް ގޫގުލް، ޔޫޓިއުބް އަދި ޖީމެއިލްއަށްވެސް ނުވަދެވޭ ކަމުގެ ޝަކުވާތައް ލިބެމުން އަންނަ ކަމަށެވެ.

"ޔޫރަޕްގެ ސަރަހައްދުތަކުގައި އަޅުގަނޑުމެންގެ ހިދުމަތްތައް ބޭނުންކުރާ ފަރާތްތަކަށް މައްސަލަތަކެއް ކުރިމަތިވެފައިވާކަން ފާހަގަކުރެވިގެން އެކަން މި ދަނީ ބަަލަމުން،" ގޫގުލް އިން ބުނެފައި ވެއެވެ.

މި މައްސަލަތަކުގެ އަސަރު ހުރިހާ އެންމެންނަށް ކުރި ކަަމަށް ނުބެލޭ ކަމަށް ރިޕޯޓްތައް ބުނެއެވެ. ނަމަވެސް އަދިވެސް ބައެއް މީހުންނަށް މި އެޕްލިކޭޝަންތައް ބޭނުން ނުކުރެވޭ ކަމަށް މީސް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި ލިޔެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޢަބްދުއްލަޠީފު

    މިސަރަހައްދުގެ ގޫގަލް ކޮންތްރޯލް އޮންނަނީ އިންޑިޔާ އަތުގަ. އެހެހެ ހެންވެ އެންޑްރޮއިޑް ފޯނުތަކައް ބޮޑުބަލާއަކަށްވޭ.