މިދިޔަ ހުކުރު ދުވަހު ގޫގަލްއިން ވަކިކުރި އެތައް ހާސް މުވައްޒަފުންނެއްގެ ތެރޭގައި ހިމެނުނު، ޑޭން ލެނިގަން ރަޔާން ކިޔާ މީހަކު މިވަނީ އޭނާ ވަޒީފާއިން ކަނޑާލީ ކުންފުންޏަށް މީހުން ނެގުމުގެ މަސައްކަތް ކުރަމުންދަނިކޮށް ކަމަށް ބުނެ، އޭނާ ވަޒީފާއިން ކަނޑާލި ގޮތް ހިއްސާ ކޮށްފައެވެ.

ކުރިން އެންގުމަކާއި ނުލާ އެތައް ބަޔަކު ވަޒީފާއިން ކަނޑާލި ގޮތް، އެމީހުން އިންޓަރނެޓްގައި ހިއްސާ ކުރަމުންދާ އިރު، ޑޭން އަށްވެސް ކުރެވިފައިވަނީ ހިތި ތަޖުރިބާއެކެވެ.

ޑޭން ކެންޑިޑޭޓަކާއި އިންޓަވިއުކުރަން އިންދާ ކޯލު ކެނޑުނީއެވެ.

"ނަސީބުދެރަކަމުން މިދިޔަ ހަފްތާ އެތައް ހާސް މުވައްޒަފުންނަކާއި އެކު އަހަރެންވެސް ގޫގަލްގެ ވަޒީފާއިން ވަނީ ކަނޑާލާފައި. އަހަރެން އުންމީދެއް ނުކުރަން މިގޮތަށް މިކަމުގެ ނިމުން އަތުވެދާނެ ކަމަކަށް، އަހަރެން ސިސްޓަމުން ބޭރުކޮށްލީ ކޯލެއްގެ މެދުތެރެއިން." ޑޭން ބުނެފައިވެއެވެ.

" އަހަރަކަށް ވުރެ ގިނަ ދުވަސް ކުރިން، އަހަރެންނަށް އަހަރެންގެ ހުވަފެނީ ކުންފުނިން، ހުވަފެނީ ވަޒީފާއެއް ލިބުނު. އަހަރެންނަށް ވަޒީފާ ލިބުނުކަން އަންގަން ގުޅިއިރު އަހަރެން ދިޔައީ އަހަރެންގެ ކުއްތާ އާއި އެކު ހިނގާލަން. އުފަލުން އަހަންނަށް ކިރިޔާ ކުއްތާ ނޭވާ ހާސްކޮށް ނުލެވުނީ. އަހަރެން އެހާވެސް އުފާވި" އޭނާ އިތުރަށް ބުނެފައިވެއެވެ.

ޑޭން ބުނެފައިވަނީ އޭނާ ސިސްޓަމުން ބްލޮކް ކޮށްލާފައިވަނީ ހުކުރު ދުވަހުގެ ކޯލުގެ ތެރެއިން، އޭނާ ކުންފުނީގެ އެތެރޭގެ ވެބްސައިޓަކަށް ވަންނަން އުޅެނިކޮށް ކަމަށެވެ. އަދި އޭގެ ފަހުން އޭނާގެ އީ މެއިލްވެސް ބްލޮކް ކޮށްލާފައިވާ ކަމަށް ޑޭން ބުނެފައިވެއެވެ.

"ހުރިހާ އެއްޗަކުން އަހަރެން ބްލޮކް ކޮށްލި. ދެން އޭގެ 15-20 މިނެޓް ފަހުން އަހަންނަށް ފެނުނީ ގޫގަލް އިން 12000 މީހުން ވަޒީފާއިން ކަނޑާލާ ހަބަރު." ޑޭން ބުނެފައިވެއެވެ.

16 މަހު ގޫގަލްގައި ވަޒީފާ އަދާކުރުމަށްފަހު، އޭނާ ބުނީ އޭނާގެ ކޮންޓްރެކްޓް އިތުރު އަހަރަކަށް ދަންމާލާ، އެހެން ޑިޕާޓްމެންޓަކަށްވެސް ބަދަލުކޮށްއިވާ ކަމަށެވެ. އަދި މުސާރަ ބޮޑުކުރާ ވާހަކަވެސް ހަފްތާއެއްހާ ދުވަސްކުރިން ދައްކާފައިވާތީ، މީ އެއްވެސް ވަރަކަށް އުންމީދު ނުކުރާ ކަމެއް ކަމަށް އޭނާ ބުނެފައިވެއެވެ.

މިދިޔަ ހަފްތާ ގޫގަލް އިން ވަނީ ކުރިއަށް އޮތް ރިސެޝަނުގެ ސަބަބުން، 12000 މުވައްޒަފުން ދޫކޮށްލަން އުޅޭ ކަން އިއުލާނު ކޮށްފައެވެ. ކުންފުނިން ފިޔަވަޅު އެޅުމުގެ ކުރިން މި ހަބަރު ފެތުރެމުން ދިޔަ ނަމަވެސް، ފިޔަވަޅު އެޅި ގޮތުން މުވައްޒަފުންނަށް ވަނީ ޝޮކެއް ލިބިގެން ގޮސްފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޢަލީ

    ދުނިޔެ ބޮޑު އިގްތިސޯދީ ހީނަރުކަމުގެ އަނދަވަޅަކަށް ވެއްޓެންއުޅޭ ކަމުގެ ނިޝާނެއް މިއީ. ގޫގުލް ނޫނަސް މައިކުރޯ ސޮފްޓު އެމޭޒޮން އިންވެސް ދަނީ މީހުން ވަޒީފާއިން ވަކިކުރުމަށް ނިންމަމުން. ދުނިޔޭގެ އެންމެ މުއްސަނދި ޓެކް ޖަޔަންޓުން މިހެން ހަދާނީ އިގުތިސޯދީ ހީނަރުކަމެއްގެ ކޮޅުމަތި ފެންނާތީކަމަށް ގަބޫލުކުރެވެނީ.

    11
    • Anonymous

      ދެން މިދިވެހި ގައުމުގަ ދިރިއުޅެން ޖެހޭނީ މޑޕ ފިކުރުގެ މީހުން ، މިހާރުވެސް އެމީހުނައް ނޫލެވިގެން އުޅެނީ.