އިންޑިއާގެ އައުރަންގއާބާދަށް ނިސްބަތްވާ 27 އަހަރުގެ އަންހެނަކު މަހަރަޝްތްރާއަށް ނިސްބަތާ ފިރިހެނުންތަކަކާއި ކައިވެނި ކުރުމަށްފަހު އެ މީހުންގެ އަގުބޮޑެތި ތަކެތި ވަގަށް ނެގުމަށްފަހު ފިލައިފިއެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި، މިހާރު ވިޖަޔާ އަމްރޫތް ނަމަކަށް ކިޔާ އެ އަންހެން މީހާ ވަނީ ހައްޔަރުކޮށްފައެވެ. އަމްރޫތް ހައްޔަރުކޮށްފައި ވަނީ، އޭނާގެ ދަލުގައި ޖެހުނު މީހަކު އެކަން ފުލުހުންގެ ސަމާލުކަމަށް އެކަން ގެނައުމުންނެވެ.

އެ ފިރިހެން މީހާ ބުނެފައިވާގޮތުން، އަމްރޫތް އޭނާއާ ކައިވެނި ކުރުމަށްފަހު ދެ ހަފްތާ ތެރޭގައި ވަނީ އޭނާގެ އަގުބޮޑެތި އެއްޗެހި ހިފައިގެން ފިލާފައެވެ.

ފުލުހުންނަށް ލިބުނު މައުލޫމާތަށް ބަލާއިރު، އަމްރޫތް އަކީ ކައިވެނިކޮށްގެން އުޅޭ މީހެކެވެ. އަދި އޭނާގެ ފިރިހެން ދަރިއަކުވެސް ހުރެއެވެ. އޭނާ އެކި މީހުންނާއި ކައިވެނި ކުރާނެ ކަމަށް ބުނެ، ފައިސާތައް އަތުލަމުން ދިޔައީ ކޮވިޑް-19 ގެ ފުރަބަންދަށް ފަހު، އޭނާއާއި ފިރިމީހާއަަށް ފައިސާ ނުލިބުމުންނެވެ.

ފުލުހުންގެ އޮފިސަރަކު ބުނެފައިވާގޮތުން، އޭނާ ވަނީ ފާއިތުވެދިޔަ ތިން މަސް ތެރޭގައި ތިން މީހުންނާއި ކައިވެނިކޮށް، އެ މީހުންގެ އަތުން އަގުބޮޑެތި އެއްޗެހި ވަގަށް ނެގުމަށްފަހު ވަނީ ފިލާފައެވެ.

ޓައިމްސް އޮފް އިންޑިއާގެ ރިޕޯޓްތައް ބުނާގޮތުގައި، އޭނާ ފުރަތަމަ ކައިވެނި ކޮށްފައި ވަނީ ޝިރްސަތް ނަމަކަށް ކިޔާ މީހަކާއެވެ. އަދި އެ މީހާއާ ކައިވެނިިކޮށްގެން ދެ ހަފްތާ ވަންދެން އުޅުމަށްފަހު އޭނާގެ އަތުން ތަކެތި ވަގަށް ނެގުމަށްފަހު ފިލާފައެވެ. އޭނާ ދެން ކައިވެނި ކޮށްފައި ވަނީ ސަންދީޕް އާއެވެ. އޭނާ ކައިވެނި ކުރުމަށްފަހު އެހެން މީހަކާއިވެސް ކައިވެނި ކުރިއެވެ. އަދި އޭނާއަށްވެސް އޮޅުވާލިއެވެ.

މީގެ ކުރިންވެސް މިފަދަ ހާދިސާ އެއް ހިނގާފައި ވެއެވެ.