މި އަންހެން މީހާއާއި އޭނާގެ ފިރިމީހާގެ އުމުރުގައި 26 އަހަރުގެ ތަފާތު ހުރެެއެވެ. އުމުރުން 71 އަހަރުގެ ފިރިމީހާއަކީ އޭނާގެ ބައްޕަ ކަމަށް މީހުން އަބަދުވެސް ހީކުރެއެވެ. މި ނިމުނީއެއް ނޫނެވެ. އޭނާއަށް ދުވަސްވީ ފިރިހެނުން "ޝުގާ ޑެޑީ"އަކަށް ވެވިދާނެ ކަމަށް ބުނެ ހުށަހެޅުންތައް ފޮނުވައެވެ.

އުމުރުން 40 އަހަރުގެ އެލިސަން އާއި 71 އަހަރުގެ ބެން ހޯންސްބީގެ ކައިވެންޏަށް 25 އަހަރު ވެއްޖެއެވެ. މި ދެމަފިރިންގެ ފަސް ކުދިން ތިބޭއިރު، އޭގެ ތެރޭގައި އެއްމާބަނޑު ތިން ކުދިންނާއި އެއްމާބަނޑު ދެ ކުދިން ހިމެނެއެވެ. ނަމަވެސް މި ދެމަފިރިންގެ އުމުރުގައި ހުރި ތަފާތުގެ ސަބަބުން އާންމުންނާއި މީސް މީޑިއާގައި އެތައް ބައެއްގެ ފުރައްސާރައާ ކުރިމަތިލާން ޖެހެއެވެ.

މި ދެމަފިރިންގެ ގުޅުމަށް ފާޑު ކިޔާ މީހުން ތިބި ނަމަވެސް، އިންސްޓަގްރާމްގައި އާއްމުކޮށް މި ދެމަފިރިންގެ ލޯބި ހާމަކޮށް ވީޑިއޯތައް ޕޯސްޓް ކުރެއެވެ. މިގޮތުން "ވަރުގަދަ ކައިވެންޏެއްގެ ރީތިކަން" ދުނިޔެއަށް ދައްކާ ކަމަށް އެލިސަން ބުންޏެވެ.

ޔޫއެސްޕީއެސްގެ މަސައްކަތްތެރިއެއްގެ ގޮތުުގައި އުޅެމުންދިޔަ ބެންއަށް އެލިސަންއާ ބައްދަލުވީ 1998 ވަނަ އަހަރު އޭނާ މަސައްކަތް ކުރި ފިހާރައަކަށް ޕޯސްޓް ޑެލިވަރީ ކުރަން ގޮސް އުޅުމުގެ ތޭރަގައެވެ.

އެއިރު އުމުރުން އެންމެ 19 އަހަރުގެ އެލިސަން ވަނީ އެއިރު 46 އަހަރުގެ ޕޯސްޓީއަށް އާ ވާހަކަދައްކައިގެން ދެ މީހުން "ޑޭޓް"އަކަށް ދާން ރޭވިއެވެ. އަދި ދެމީހުން އަވަސް އަވަހަށް ލޯބީގެ ގޮތުން ގުޅުނެވެ.

މި ދެމަފިރިން އެކުގައި އުޅޭތާ 25 އަހަރު ވެފައިވާއިރު، ގިނަ ފަހަރަށް މީހުން އެ ގުޅުމާ މެދު ސުވާލު އުފައްދައެވެ. އެ ދެ މީހުންނަކީ ބައްޕަ އާއި އަންހެން ދަރިފުޅު ކަމަށް ހީކުރާ މީހުން މަދެއް ނޫނެވެ،

އަދި އެލިސަންގެ "ޝުގާ ޑެޑީ"އަށް ވުމަށް މެސެޖް ކުރާ މީހުންވެސް މަދެއް ނޫނެވެ.

އެލިސަން ބުނީ، ދެމަފިރިންގެ ގުޅުން ވަރަށް ރަނގަޅު ކަމަށެވެ.

މި ދެމަފިރިން ކައިވެނިކޮށްފައި ވަނީ ހަތަރު އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހުގައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޑ

    ރާއްޖޭގަ އެބައުޅޭ 30 އަހަރުގެ އުމުރުގެ ތަފާތު ހުރިދެމަފިރިންވެސް ނުލާހިކު ލޯބިން އުޅެނީ ބައިވަރު ދަރިންވެސް އެބަ ތިބި ހަމަ. މިހާރު މާމަ ކާފަވެސް މުނިކާފަވެސްކިޔާފި.

  2. ޫުުަުހަކި

    31 އަހަރުގެ ތަފާތު