ކައިވެންޏަށް އެދި ޕްރޮޕޯޒް ކުރާ ހާދިސާތަކަކީ ގިނަ ފަހަރަށް މީހަކަށް އެންމެ ހަނދާނުން ފިލާނުދާނެ ވަރުގެ ހާދިސާތަކެވެ. އާއްމުކޮށް ގިނަބައެއްގެ ކުރިމަތީގައި އެފަދަ މަންޒަރުތައް ހިނގާއިރު، އެ މަންޒަރު ބަލަން ތިބި މީހުންނަށް ވެސް މިފަދަ "ރޮމޭންޓިކް" ކަންކަމުން ގައިން ހީބިހި ނަގާ ވަރު ވެއެވެ.

މިއީ މިފަދަ ހާދިސާއެކެވެ. މޯލްއެއްގެ ތެރޭގައި މީހަކު އޭނާގެ ލޯބިވެރިޔާ ކައިރިން އިންނަން އަހާ ވީޑިއޯއެއް މީސް މީޑިއާގައި ވަނީ ދައުރުވާން ފަށައިފަވެ. މި ފުރިހަމަ ޕްރޮޕޯސަލްގެ ވީޑިއޯ ގިނަ ބައެއްގެ ތަރުހީބު ލިބިފައިވާއިރު ގިނަ ބަޔަކު ވަނީ މިއީ "ކިއުޓް" އަދި "ޑްރީމީ" ކަމަށް ބުނެފައެވެ.

 

View this post on Instagram

 

A post shared by 💕 Priyanshi💕 (@pari_sachdeva_)


ޕްރިޔަންޝީ ކިޔާ މީހަކު އިންސްޓަގްރާމްގައި ކޮށްފައިވާ ވީޑިއޯއިން ފެންނަނީ ފިރިހެނަކު ހިނގާފައި ރައްޓެހިންނާ އެކު މަޑުކޮށްގެން ހުރި އަންހެނަކާއި ދިމާލަށް ދާ މަންޒަރެެވެ. އަދި ރަތް ކުލައިގެ ހެދުން އަޅައިގެން ހުރި އެ އަންހެން މީހާ ފަހަތަށް ބަލައިލިއިރު އެއް ކަކޫ މައްޗަށް ތިރިވެގެން ހުރި ފިރިހެން މީހާގެ އަތުގައި އަނގޮޓިއެއް އޮތްތަން އެމީހުންނަށް ފެނެއެވެ. އަންހެން މީހާ ހައިރާންވެ ފިރިހެން މީހާއާ ދިމާލަށް ބަލަހައްޓައިގެން ހުރެ ހިނިތުންވެލިއެވެ. އަންހެން މީހާ އޭނާ އާ ދިމާއަށް ހިނގައިގަތުމާއެކު އޭނާ އަނގޮޓި އެޅުވިއެވެ. މި ހިނދުކޮޅުގެ ތެރޭގައި ދެމީހުން ވެސް ހިނިތުންވެލައިގެން ތިބިއިރު، މަންޒަރު ބަލަން ތިބި މީހުންވެސް ތިބީ ހިނިތުންވެލައިގެންނެވެ.

މިހާރު އާއްމުވެފައިވާ މި ވީޑިއޯ ޝެއާކުރި ފަހުން މިހާތަނަށް 9.4 މިލިއަން ވިއުސް ލިބިފައިވާއިރު އަށް ލައްކަ އަށް ވުރެ ގިނަ ލައިކްސް ވަނީ ލިބިފައެވެ.