ދިވެހި އަންހެނުންގެ ސަމާލުކަން ހޯދާފައިވާ ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ޓައިގާ ޝްރޮޕް ރާއްޖެ އަތުވެއްޖެއެވެ.

އޭނާ ރާއްޖެއަށް އައިސްފައިވަނީ އިއްޔެގެ ވަގުތެއްގައެވެ. އަދި މިހާރު ޗުއްޓީ ހޭދަ ކުރަމުން އަންނަނީ އިންޓަކޮންޓިނެންޓަލް މޯލްޑިވްސްް މާމުނަގައު ރިސޯޓުގައެވެ.

ޓައިގާ ރާއްޖެއައުމަށް ފަހު އޭނާގެ އިންސްޓަގްރާމްގައި އިއްޔެ ވަނީ ފޮޓޯއެއް ހިއްސާކޮށްފަ އެވެ. އެ ފޮޓޯ އިން ފެނިގެން ވަނީ ޓީއެމްއޭގެ ސީޕްލޭންއެއްގެ ކައީރީގައި ހުއްޓިގެން ހުއްޓައެވެ. އެ ފޮޓޯގައި އޭނާ ވަނީ ހަށިގަނޑު ދައްކާލާފައެވެ. އަދި އެ ފޮޓޯގެ ކެޕްޝަންގައި އޭނާ ބުނެފައި ވަނީ އެއީ ރާއްޖޭގައި ހޭދަކުރަމުން އަންނަ ދުވަސްތަކުގެ އޭނާގެ "އައުޓްފިޓް" ކަމުގައެވެ.

ޓައިގާ ރާއްޖޭގައި އުޅޭކަން ކަށަވަރު ވެފައިވާއިރު، އޭނާ އައިސްފައިވަނީ ކާކާއި އެކު ކަމެއް އޭނާގެ ފޮޓޯތަކުން އެނގިފައެއް ނުވެއެވެ. އެހެން ނަމަވެސް އިންޑިއާގެ މީޑިއާތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި އޭނާ ރާއްޖެއަށް އައިސްފައިވަނީ ލޯބީގެ ގޮތުން ގުޅުން އޮންނަ ކަމުގެ އަޑު ފެތުރިފައިވާ ބަތަލާ ދިޝާ ޕަޓާނީ އާއި އެކުގައެވެ. އެމީހުން އެއްކޮށް މުމްބާއީގެ އެއާޕޯޓުން ވަނީ ފެނިފައެވެ.

މިއީ ޓައިގާ ރާއްޖެއަށް އައިސްފައިވާ ފުރަތަމަ ފަހަރެއް ނޫނެވެ. މީގެ ކުރިންވެސް އޭނާ ވަނީ ދިޝާއާއި އެކީ މިދިޔަ އަހަރުގެ ތެރޭގައި ރާއްޖެއަށް ޗުއްޓީ ހޭދަ ކުރުމަށް އައިސްފައެވެ. އަދި އޭގެ ކުރީ އަހަރުވެސް އާ އަހަރު ފާހަގަ ކުރުމުގެ ގޮތުން ވަނީ އައިސްފައެވެ.

އިންޑިއާގެ ފަންނާނުންގެ އެންމެ މަގުބޫލް މަންޒިލަކަށް މިހާރު ރާއްޖެ ވެފައި ވާއިރު ރާއްޖޭގައި ޗުއްޓީ ހޭދަކުރާ އިންޑިއާގެ އާއްމުންގެ އަދަދު ވެސް މިހާރު އަންނަނީ އިތުރުވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ނޫނުސުކުން

    ކަލޯ މަ އަދި މީނަގެ ނަން ކިޔާއަޑު އެހިތާ މިހުރީ، މީ ކޮން ގޯނބުއްޔެއްތަ؟؟؟؟

    22
    7
    • ހުސޭނުބޭ

      އެއީ އަސްލު ޓައިގާސްރޮފްގެ ސަމާލުކަން ހޯދާފައިވާ ދިވެހި އަނހެނުން ދެކިލަން އައި ކުއްޖެއް!

      12
  2. Anonymous

    ރގޅ

  3. ކަތްރެވި

    މީނާ ޖައްސާ އެކްޝަންގެ ވައްޓަފާޅިއަށް ކޮންމެވެސް ވަރެއްގެ ބަދަލެއް ގެންނަން ޖެހޭ!! އަބަދު ޑައިބު ޖަހާ ފާޑުގެ ޗަރުކޭސް ދެއްކީމަ ކަމަކު ނުދޭ!!!