ބޮލީވުޑުގެ ކުރިއަރަމުން އަންނަ ދެ ފަންނާނުން ކަމުގައިވާ ދިޝާ ޕަޓާނީއާއި ޓައިގާ ޝްރޯފް އަލުން ލޯބީގެ ގޮތުން ގުޅިއްޖެ ކަމަށް އިންޑިއާގެ ނޫސްތަކުގައި ރިޕޯޓްކޮށްފި އެވެ.

ނޫސްތަކުގައި ރިޕޯޓްކޮށްފައިވާ ގޮތުގައި އެ ދެ މީހުން ވަރަށް ފަހުން ވަނީ އެކުގައި ދަތުރެއްވެސް ކޮށްފައެވެ. އަދި ހަފްލާއަކުން ވެސް ދެ މީހުން ކައިރީގައި އިށީންދެ ވާހަކަދައްކާތަން ފެނިފައިވާ ކަމަށްވެސް ބުނެފައި ވެއެވެ.

އެ ދެ މީހުންގެ ގާތް ރަހުމަތްތެރިއަކާއި ހަވާލާދީ ރިޕޯޓްކޮށްފައިވާ ގޮތުގައި އެ ދެތަރިން އަނެއްކާވެސް ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމަށެވެ. އަދި އެ ގުޅުން ވަރުގަދަ ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށްވެސް ބުނެފައި ވެއެވެ.

ޓައިގަރއާއި ދިޝާގެ ހަ އަހަރު އެކުގައި އުޅުމަށްފަހު ދެ މީހުން ރުޅިވެފައިވަނީ މިދިޔަ އަހަރުގެ ތެރޭގައެވެ. އެ ގުޅުން ނިމުމުން ވަރަށް ގިނަ ސަޕޯޓަރުން ވެސް މާޔޫސްވިއެވެ. އެންމެ ފަހުން ކުރިއަށް ގެންދިޔަ ކޮފީވިތް ކަރަންގެ ޝޯގައި ޓައިގާ ވަނީ އޭނާގެ މިހާރު ލޯބިވެރިއެއް ނެތް ކަމަށް އެއްބަސްވެފައެވެ.

މިދިޔަ އަހަރު ދިޝާ އާއި ރުޅިވުމަށް ފަހުގައި އޭނާއާއެކު ވީޑިއޯ ލަވައެއް ކުޅުނު އަންހެން ކުއްޖަކާ ލޯބީގެ ގޮތުން ގުޅިގން އުޅޭ ކަމަށް ވެސް ނޫސްތަކުގައި ރިޕޯޓްކުރިއެވެ. އެއީ އަކާންޝާ ޝަރްމާ ކިޔާ މަޝްހޫރު މޮޑަލް އެކެވެ. ނަމަވެސް އެވާހަކަތަކަށް ޓައިގާ އެއްވެސް ރައްދެއް ދީފައެއް ނުވެއެވެ.

ޓައިގާ އޭނާގެ ޒަތީ ދިރިއުޅުން ބާއްވަނީ ވަރަށް ވެސް ސިއްރުކޮށްފަ އެވެ. ދިޝާއާއި ކުރިން ލޯބީގެ ގޮތުން ގުޅިގެން އުޅުނު އިރުގައި ވެސް އެކަމަށް އެއްބަހެއް ނުވެއެވެ. އަދި އެ ދެ މީހުންނަކީ ގާތް ރަހުމަތްތެރިކަމުގައި ބުނަމުން ދިޔައެވެ.