ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ޓައިގާ ޝްރޮފްގެ މަންމަ އައިޝާ ޝްރޮފް އޭނާގެ ދަރިފުޅުގެ ފާމްގެ މުވައްޒަފެއްގެ ގޮތުގައި ހަމަޖެއްސި މީހަކު 58.53 ލައްކަ ރުޕީސް އަށް ހިޔާނާތްތެރިވި ކަމަށް ބުނާ މައްސަލައެއް ފުލުހަށް ހުށަހަޅައިފިއެވެ.

އައިޝާ ޝްރޮފް ސަންޓަކްރޫޒް ޕޮލިސް ސްޓޭޝަނަށް މެއި މަހުގެ 3 ވަނަ ދުވަހު ހުށަހެޅި ޝަކުވާގައި ވާގޮތުން ޓައިގާ ޝްރޮފްގެ އެމްއެމްއޭ މެޓްރިކްސް ކުންފުނީގެ ޑައިރެކްޓާ އޮފް އޮޕަރޭޝަންސްގެ މަގާމަށް ހަމަޖެއްސީ އެލަން ފެނާންޑޭޒް ނަމަކަށް ކިޔާ ކިކްބޮކްސިން އެސޯސިއޭޝަންގެ ފައިޓާރ އެއް ވަނީ އޭނާގެ ފައިސާތަކަކަށް ހިޔާނަތްތެރި ވެފައެވެ.

އެ ކުންފުންޏަކީ މިކްސްޑް މާޝަލް އާޓްސްގެ ތަމްރީނުތައް ދޭ ބައެކެވެ. އަދި އެ ކުންފުނީގެ ހިންގުން ބަލަހައްޓަނީ އައިޝާ ޝްރޮފެވެ.

އޭނާގެ މަންމަ ހުށަހެޅި މައްސަލައިގައި ބުނެފައި ވަނީ ފެނާންޑޭޒް އެމްއެމްއޭ މެޓްރިކްސް ފާމްގެ ޑިރެކްޓަރަކަށް ހަމަޖެއްސީ 2018 ވަނަ އަހަރު ކަަމަށެވެ. އަދި އެ ފާމް މެދުވެރިކޮށް އިންޑިއާ އާއި ބޭރުގައި 11 މުބާރާތެއް ބޭއްވުމަށް ފައިސާ ހޯދައި، އޭނާގެ އަމިއްލަ އެކައުންޓަށް 58.53 ލައްކަ ރުޕީސް ޖަމާކުރި ކަމުގެ ތުހުމަތު ކުރެވޭ ކަަމަށްވެސް ހުށަހެޅި މައްސަލައިގައި ބުނެފައި ވެއެވެ.

މިއާއެކު ފެނާންޑޭސްގެ މައްޗަށް އިންޑިއާގެ ގާނޫނުލް އުގޫބާތުގެ މާއްދާތަކުގެ ދަށުން މަކަރާއި ހީލަތް ހެދުމުގެ ކުށުގެ ދައުވާ އާއި ޖިނާއީ އިތުބާރާ ހިލާފުވުމުގެ ކުށުގެ ދައުވާ ވަނީ އުފުލައިފައެވެ.

އައިޝާ އަކީ ކުރީގެ ފިލްމު ޕްރޮޑިއުސަރު، ޖެކީ ޝްރޮފްގެ އަންހެނުންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ރީއާނު

    "އައިޝާ އަކީ ކުރީގެ ފިލްމު ޕްރޮޑިއުސަރު، ޖެކީ ޝްރޮފްގެ އަންހެނުންނެވެ."
    ޕްރޮޑިއުސަރެއް އެކަނިތަ؟ ފިލްމް ވެސް ކުޅުނެއްނު.