ބޮލީވުޑްގެ ފަންނާނުންގެ ކުދިންނާއި، ކާފަ ކުދިންނަކީ އާއްމުކޮށް އެއް ބަޔަކު އަނެއް ބަޔަކާއި ވަރަށް ގުޅޭ ފަންނާނުންނެވެ. އޭގެ ތެރެއިންވެސް ބޮލީވުޑްގެ ބިގް ބައްޗަން، އަމީތާބު ބައްޗަން އާއި، ބޮލީވުޑްގެ ކިންގް ޚާން ޝާހްރުކް ޚާން އާއި ދެ އާއިލާއަކީ ގާތް އެކުވެރި ގުޅުމެއް އޮންނަ ދެ އާއިލާއެވެ.

ޝާހްރުކްގެ ދަރިފުޅު ސުހާނާ ޚާން އާއި އަމީތާބުގެ ކާފަ ދަރިފުޅު އަގާސްތްޔާ ނަންދާ އާއި ދެ މީހުންނަކީވެސް ވަރަށް ގާތް ޚާއްސަ ގުޅުމެއް އޮންނަ ދެ މީހުންނެވެ. މި ދެ މީހުންގެ ތެރެއިން އެއްވެސް މީހަކީ އަދި ފިލްމީ ދާއިރާގައި އުޅޭ މީހަކަށް ނުވާ އިރު، ފިލްމީ ދާއިރާއިން އެ ދެ މީހުންގެ ފުރުސަތު ވެސް ބޮޑެވެ.

އަދި މި ދެ މީހުންނަކީ ވެސް ވަރަށް ގިނަ އިން މީސްމީޑިއާގައި ޕޯސްޓް ކުރާ ދެ މީހުންނެވެ. ދެ މީހުން އެކުގައި ވަގުުތު ކުރާ މިންވަރު ގިނަ ކަމުން އެ ދެ މީހުން އުޅެނީ ލޯބީގެ ގޮތުން ގުޅިގެންތޯވެސް މީޑިއާއިން ސުވާލު ކުރެއެވެ. އެހެންނަމަވެސް ދެ ފަރާތުންވެސް އެކަމަށް ސާފު ޖަވާބެއް ދީފައެއް ނުވެއެވެ.

 

View this post on Instagram

 

A post shared by Suhana Khan (@suhanakhan2)

ސުހާނާ ކުރި އިންސްޓަގްރާމް ޕޯސްޓެއްގައި އޭނާ ބުނެފައި ވަނީ އޭނާ ހިއްސާ ކުރި ނަފްސީން އޭނާ ޖަހަނީ ބޮޑު މީހެއް ވައްތަރު ކަމަށް ބުނެފައެވެ. އެ ޕޯސްޓަށް ކޮމެންޓު ކުރަމުން އަގާސްތްޔާ ބުނީ ސުހާނާ އަންފޮލޯކުރަން ވިސްނާ ކަމަށެވެ. އަގާސްތްޔާ މިހެން ބުނީ ސަމާސަ ރާގެއްގައެވެ. އެހެންކަމުން އެއީ ސުހާނާ އަށް އޭނާ ޖެއްސުމަށް އޭނާ ބުނި އެއްޗެއްތޯ، ނުވަތަ ސުހާނާ އޭނާގެ ލޯބި ގަބޫލު ނުކޮށް ހުރެ އެފަދަ ޕޯސްޓެއް ކުރުމުން ބުނި އެއްޗެއްތޯ ބައެއް މީހުން ވަނީ ސުވާލު އުފައްދާފައެވެ.

އަގާސްތްޔާ ވަނީ އެކި ފަހަރުމަތިން ސުހާނާ ރީތި ވާހަކަ ބުނެފައެވެ. އަބަދުވެސް ސުހާނާ އަށް އޭނާ އަށް ކަމުދާކަމަށް ބުނެފައެވެ. އަދި އަރާދްޔާ ސުހާނާ އަށް ލޯބި ހުށަހެޅި ކަމަށް ގާތް މީހުންނާއި ހަވާލާދީ މީޑިއާގައި ބުނެފައިވެއެވެ. އަދި އެ ދެ މީހުން އެންގޭޖުވާން އުޅޭ ކަމަށް ވެސް އަޑު ފެތުރުނެވެ.