އިނގިރޭސިވިލާތުގައި ޕްރިންސް ހެރީ އާއި އަނބިކަނބަލުން މޭގަން މާކެލް ދިރިއުޅުއްވި ގަނޑުވަރުގައި ޕްރިންސެސް ޔޫޖުނީ އާއި އޭނާގެ ފިރިކަލުން ޖެކް ބްރޫކްސްބޭންކް ދިރިއުޅުއްވަން ފައްޓަވައިފި ކަމަށް އިނގިރޭސިވިލާތުގެ މީޑިއާތަކުން ބުނެފިއެވެ.

ޕްރިންސް ހެރީ ކައިވެނި ބައްލަވައި ގެންނެވުމުން އޭނާ ދިރިއުޅުއްވަން ރާނީ އެލިޒަބަތު ދެއްވި ވިންޑްސާގައި ހުންނަ ފްރޮގްމޯ ކޮޓާޖް ގަނޑުވަރަށް ޕްރިންސެސް ޔޫޖުނީ ބަދަލުވެ ވަޑައިގެންނެވި ނަމަވެސް އަދިވެސް އެގަނޑުވަރު ހުންނާނީ ޕްރިންސް ހެރީގެ ގަނޑުވަރެއްގެ ގޮތުގައި ކަމަށް ޝާހީ އާއިލާ އިން މައުލޫމާތު ދެއެވެ.

ޕްރިންސެސް ޔޫޖުނީ އަކީ ރާނީ އެލިޒަބަތަށް މާމަ ވިދާޅުވާ ބޭފުޅެކެވެ. ޕްރިންސެސް ޔޫޖުނީ އަކީ ޕްރިންސް އެންޑްރޫގެ ދެވަނަ ދަރިކަނބަލުންނެވެ. ޕްރިންސެސް ޔޫޖުނީ އަކީ އިނގިރޭސިވިލާތުގެ ތަހުތާއި މިހާރު 10 ވަނަ އަށް އެންމެ ކައިރީގައި ހުންނެވި ބޭފުޅާއެވެ.

އިނގިރޭސިވިލާތުގެ ނޫހެއް ކަމަށްވާ "ސަން" އިން ރިޕޯޓް ކުރާ ގޮތުގައި ޕްރިންސެސް ޔޫޖުނީ ޕްރިންސްގެ ހެރީގެ ގަނޑުވަރުގައި ދިރިއުޅުއްވަން ފެއްޓެވީ ޕްރިންސް ހެރީގެ އެދިވަޑައިގެންނެވުމަކަށެވެ.

ޕްރިންސެސް ޔޫޖުނީ ގަނޑުވަރަށް ބަދަލުވެ ވަޑައިގަތުމުގެ ކުރިން ގަނޑުވަރުގެ މަރާމާތައް ތިން މިލިއަން ޑޮލަރު ވަނީ ޚަރަދު ކޮށްފައެވެ. މިފައިސާ ޚަރަދު ކޮށްފައި ވަނީ އިނގިރޭސިވިލާތުގެ ރައްޔިތުންގެ ޓެކްސް ފައިސާއިން އުފައްދާފައި އޮންނަ ޝާހީ އާއިލާގެ ޚަރަދުތައް ބަލަހައްޓާ ފަންޑަކުންނެވެ.

އިނގިރޭސިވާތުގެ އާއްމު ރައްޔިތުންގެ ޓެކްސް ފައިސާ އިން ޝާހީ އާއިލާ މެންބަރުންނަށް ޚަރަދު ކުރާތީ އަބަދުވެސް ވަރަށް ބޮޑެތި ފާޑުކިޔުންތައް އިނގިރޭސިވިލާތުގެ ޝާހީ އާއިލާ އަށް އަމާޒުވެއެވެ.

ޕްރިންސެސް ޔޫޖުނީ ކައިވެނި ބައްލަވައި ގެންނެވީ 2018 ވަނަ އަހަރު ވިންސާ ކާސަލްގައި ބޭއްވި ޝާހީ ބޮޑު ރަސްމިއްޔާތެއްގައެވެ. އަންނަ އަހަރު ޕްރިން ޔޫޖުނީ އަށް ބޭފުޅަކު ލިބިވަޑައިގަންނަވާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ބޯޖަލީލު

    މައުމޫނުގެ އާއިލާނަމަ ކެނެރީ ނަސީދު ލޮލުފިޔަނުޖެހޭނެ

    • 🤣😂

      🤣😂

    • ލޮލް

      ލޮލް ހެރީ އެބައުޅޭ ދީ މުސްކުޅިބޭ ނުގެންދެވިގެން ހެހެހެހެހެ