މޭގަން މާކަލް ގެ 42 ވަނަ އުފަން ދުވަސް ފާހަގަ ކުރުމަށް ޕްރިންސް ހެރީ އާއި އެކު ނިކުތީ ލޯކީ ޑޭޓް ނައިޓަކަށް ކަމަށް ހަބަރުތަކުން ބުނެފިއެވެ.

ޑެއިލީ މެއިލްއަށް ލިބިފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި ސަސެކްސްގެ ޑޫކް އާއި ޑަޗެސް، މޮންޓެސިޓޯގެ އިޓަލީ ރެސްޓޯރެންޓް ޓްރެ ލޫންގައި ރޭގަނޑުގެ ކެއުމުގެ ޑޭޓަކަށް ނުކުތީ މެގަންގެ 42 ވަނަ އުފަންދުވަސް ފާހަގަކުރުމަށެވެ.

މި ދެމަފިރިންނާއެކު އެދެމީހުންގެ އެކުވެރިޔާ މެޓް ކޯހެން ވެސް ވަނީ ބައިވެރިވެފައެވެ. އެ ހަބަރުގައި އިތުރަށް ފާހަގަ ކޮއްލާފައިވަނީ އެރޭ ދަންވަރު ބޭރަށް ނިކުތުމަށް މޭގަން އަދި ޕްރިންސް ހެރީ ލައިގެން ހުރި ހެދުމަށެވެ. މޭގަން ލައިގެން ހުރީ ކަޅު އަދި ހުދު ކުލައިގެ ރޮނގު ދެމި ސްޓްރެޕްލެސް ފުލް ލެންގް ހެދުމަކާއި ގުޅުވާލުމައް ކަޅުކުލައިގެ ބޫޓެކެވެ. އަދި ޕްރިންސް ހެރީއަށް ބަލާއިރު އޭނާ ލައިގެން ހުރީ މަޑު ނޫ ކުލައިގެ ލިނެން ގަމީހަކާއި މަޑު މުށި ކުލައިގެ ފަޓުލޫނެކެވެ.

މި ދެމަފިރިން އާންމުކޮށް ފެންނަ ވީޑިއޯއެއް އާންމުކުރިތާ ގަޑިއެއްހާއިރު ފަހުން ރެސްޕޮންސިބަލް ޓެކްނޮލޮޖީ ޔޫތު ޕަވަރ ފަންޑުގެ ހިލޭ އެހީ ލިބުނު މީހުން ފޯނު ކޯލްތަކުން ހައިރާންކޮށްލާތަން ފެނުނެވެ. (މި ފަންޑަކީ ޓެކްނޮލޮޖީގެ ހަރަކާތުގެ އެންމެ ކުރީގައި ތިބި ޒުވާން ލީޑަރުންނަށް އެހީތެރިވުމަށް އުފައްދާފައިވާ ފަންޑެކެވެ.)

މޭގަން އާއި ހެރީ އެމެރިކާއަށް ދިރިއުޅުން ބަދަލުކުރި ފަހުން އެމީހުންގެ ޒާތީ ދިރިއުޅުން ވަނީ ވަރަށް ބޮޑަށް ސިއްރު ކޮށްފައެވެ.