ނަން މަޝްހޫރު ތަރިން ނުވަތަ ސިޔާސީ ދާއިރާ މީހުންގެ ވާހަކަތަކުން އިބްރަތްތަކެއް ޙާސިލްވެ ނުވަތަ އެއްގޮތް ކަންތައްތަކެއް ފެނިގެންދެއެވެ. މި ފަހަރު މި ބަލާލަނީ ހޮލީވުޑްގެ މަޝްހޫރު ތަރި މެގަން މާކެލް އަދި އިނގިރޭސިވިލާތުގެ ޕްރިންސް ހެރީގެ ލޯބީގެ ގުޅުން ފެށުނު ގޮތަށެވެ.

ޑޫކް އޮފް ސަސެކްސް ހެރީ ކިޔައިދިން ގޮތުގައި މެގަން އެންމެ ފުރަތަމަ ފެނުނީ 2016 ވަނަ އަހަރުއެވެ. އެއީ ދެމީހުންގެ ވެސް ރަހުމަތްތެރިއެއްގެ އެކައުންޓުގައި ކުރި އިންސްޓަގްރާމް ޕޯސްޓަކުންނެެވެ. އެ ޕޯސްޓްގައި މެގަން ރައްޓެއްސަކާއިއެކު ނަގާފައިވާ ޑޯގް ފިލްޓާރ ސެލްފީއެއް ފެނުމުން އެއީ ކާކުބާއޭ ހެރީ ހިތަށް އެރިއެވެ. އޭގެ ފަހުން މެގަންއާއި ބައްދަލުވުމަށް ހެރީ މަސައްކަތްކުރިއެެވެ.

ޖަވާބެއްގެ ގޮތުގައި މެގަން އާނއެކޭ ބުނުމުން އޭނާއާއި އެކީ މަޝްހޫރު "ސޯހޯ ހައުސް"އަށް ޑޭޓްއަކަށް ދިޔައެވެ. އެހެން ނަމަވެސް ހެރީ އެމީހުންގެ ފުރަތަމަ ބައްދަލުވުމަށް އެއް ގަޑިއިރު ލަސްކޮށް އައުމުން ، މެގަން އޭނާގެ ޝެޑިއުލްގައިވާ އެހެން އެޕޮއިންޓްމަންޓްއަކަށް އިސްކަންދިނުމަށްޓަކައި ޝާހީ އާއިލާގެ ބޭފުޅެއް ކަމަށްވާ ހެރީއަށް ދިން ވަގުތު ޖެހިލުންވުމެއްނެތި ކުުރުކޮށްލިއެެވެ.

ނަމަވެސް ހެރީއާއި އެކީ އެއް ގަޑިއިރުގެ ވަގުތުކޮޅެއް ހޭދަކުރުމަށްފަހު ދެވަނަ ބައްދަލުވުމަކަށް އެދުމަށް ލަސްތަކެއް ނުކުރިއެވެ. ނަތިޖާއެއްގެ ގޮތުން ހަމަ އެ ރެސްޓޯރެންޓްގައި ޖެހިގެން އައި ދުވަހު ދެމީހުން ބައްދަލުކުރިއެެވެ.

މެގަން އަމިއްލައަށް އިސްނަގައިގެން ދެވަނަ ބައްދަލުވުމަކަށް އެދުމުން ހެރީއަށް އެވަގުތުކޮޅުގައި އެއީ ތިމަންނަގެ ދިރިއުޅުމަށް ބޭނުންވެފައި ހުރި އެންމެ އެދެވޭ އަދި ގުޅޭ ބައިވެރިޔާކަން އިހުސާސްވިއެވެ. އޭނާއާއި އެކީ ފޫހިކަމެއްނެތި އަދި އެހާމެ ގަޔާވެގެން ވަގުތު ހޭދަކުރެވުނީތީ ހެރީއަށް މެގަން ފުރަތަމަ ބައްދަލުވުމުގައި ހޭދަވީ އެއް ގަޑިއިރުން ފެށިގެން ވަރަށް ކަމުދިޔައެެވެ.

ނެޓްފްލިކްސްގައި އެދެމީހުންގެ ހަޔާތުގެ މައްޗަށް އުފައްދާފައިވާ ޑޮކިއުސީރީޒްގައި ހެރީއާއި މެގަން މިވާހަކަ ކެމެރާ ކުރިމަތީގައި ކިޔާދިނެވެ. ދެމީހުންގެ ފުރަތަމަ ބައްދަލުވުން ހެރީ ސިފަކުރުމުން މެގަން ސަމާސާ ރާގަކަށް ޖަވާބުދީފައިވެއެެވެ. "ހެރީ ގަޔާވާ އަންހެންކުދިންގެ ލިސްޓުގައި ވަރަށް ބައިވަރު ސިފަތައް ހިމެނެއެވެ." އެހާ ހިސާބުން އޭނާގެ އަނބިމީހާގެ ސަަމާސާއަށް ވާހަކަދައްކަމުން ހެރީ ބުނީ "ތިކަމާއި އިތުރަށް ވާހަކަނުދެއްކުމަށެވެ."

ހެރީ އާއި މޭގަންގެ ކައިވެންޏަކީ މިހާތަނަށް ދުނިޔޭގެ އެންމެ ގިނަ ބަޔަކު ޓީވީން ބެލި ކައިވެނީގެ ހަފްލާއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޜަނާ

    ތިޔައީ ތެދެއްކަމެއް ކިހިނެއް އެނގެބީ ދެމީހުން ސްޓޯރީ ހަދަައިގެން ނެޓް ފްލިކްސް އަށް ވިއްކާލީ ނޫން ކަމެއް

    13
    1
    • ހަސަނު

      އަސްލުވެސް..ދޮގުހެދުމުގަ ހައްދު ފަހަނައަޅާފަހުރި އަންހެނެއް..އޭނާހެރީއާހ،ެދި އުޅުނީ ރޯޔަލް ފެމެލީމީހަކަށް ވީތީ ކަމަށްވެސް ކުރީގެ އިންޓަވިއުއެއްގައި ބުނި... ތިމަންނަ އަަޑުވެސްނާހަމޯ ރޯޔަލްފެމެލީޔޭ ކިޔާއަޑު ވެސް ކުރިން !!!ކާކު ގަބޫލުކުރާނީ!!

  2. މުބީނު މާރނީ

    ހެރީ ގެ މަންމަ ޑައިނާ މަރާލީ މި ޢާއިލާ އިން. ވީމާ މިއީ ހެރީ ގެ ބަދަލު ހިފުމެއް.

    4
    2
  3. Anonymous

    ބައެއް ރަށްރަށުގައި މިކަހަލަ ކާވެންޏަށް "ގޮރުލޯގަނޑަށް ވެއްޓުން" ކިޔާ

    7
    1