އިނގިރޭސިވިލާތުގެ ތަހުތާއި ހަވަނަ އަށް އެންމެ ކައިރީގައި ހުންނެވި ޕްރިންސް ހެރީ އާއި އެމެރިކާގެ އެކްޓްރެސް މޭގަން މާކެލްގެ ކައިވެނީގެ ވާހަކައަށް ނިމުމެއް ނެތެވެ. އެހަފްލާގައި ފެނުނު ކޮންމެ މަންޒަރަކާއި ބެހޭ ގޮތުން އަދިވެސް މީޑިއާތަކުން ދަނީ ވާހަކަ ދައްކަމުންނެވެ. މީޑިއާ އިން އެންމެ ފަހުން އުފަން ކުރުވި ސުވާލަކީ ޝާހީ ކައިވެނި ހަފްލާގައި ވިކްޓޯރިއާ ބެކަމް ރުޅިއައިސްފައި ހުރީ ކީއްވެ ހެއްޔެވެ؟

ކުރީގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ޑޭވިޑް ބެކަމް އާއި އޭނާގެ އަންހެނުން ވިކްޓޯރިއާ ކައިވެނި ހަފްލާއަށް ދިޔައިރު އާއި އަދި ހަފްލާގެ ތެރޭގައި ވެސް ވިކްޓޯރިއާގެ މޫނުމަތިން އެއްވެސް ވަރަކަށް ހިނިތުވުން ފެނިފައެއް ނުވެއެވެ.

މިކަމާއި ގުޅިގެން ވިކްޓޯރިއާ އަށް ވަނީ ފާޑުކިޔުން ވެސް އަމާޒުވެފައެވެ. ޓްވީޓާގައި މީހަކު ބުނީ "ވިކްޓޯރިއާ ތިހިރީ ޝާހީ ކައިވެނި ހަފްލާގައި. ވިކްޓޯރިއާ ވަރަށް ރީތި. ކައިރީގައި ރީތި ފިރިއަކު އެބަހުރި. ވިކްޓޯރިއާ އަކީ މުއްސަންދެއް. ދެން ކީއްވެ ހިނިތުންނުވަނީ؟ ވިކްޓޯރިއާ ދުވަހަކު ވެސް ހިނިތުންވިތަ؟"

އެހެން މީހަކު ޓްވިޓާގައި ބުނީ ވިކްޓޯރިއާ އަށް ބަލާލުމުން ހީވަނީ އޭނާ ގޮސް ހުރީ ޖަނާޒާ އަކަށްހެން ކަމަށެވެ.

ޝާހީ ކައިވެނި ހަފްލާގައި ވިކްޓޯރިއާ ހިނިތުންނުވެ ހުރި ނަމަވެސް އޭނާގެ ފިރިމީހާ ވަނީ ހިނިތުންވެހުރެ މީހުންނާއި ވާހަކަދައްކާ އަތުން އިޝާރަތްކޮށް ސަމާސާ ކޮށްފައެވެ.

ވިކްޓޯރިއާގެ މޫނުމަތިން ހިނިތުންވުން ނުފެނުމުން މީޑިއާ އިން ވަނީ ބެކަމް އާއި ސުވާލު ކޮށްފައެވެ. ބެކަމް ބުނީ ރަސްމީ ގިނަ އިވެންޓްތަކުގައި ވިކްޓޯރިއާގެ މޫނުމަތިން ހިނިތުންވުން ނުފެންނަނީ ވިކްޓޯރިއާ މާބޮޑަށް ލަދު ގަންނާތީ ކަމަށެވެ. ލަދުރަކި ކަމުން ކެމެރާ ކުރިމަތީގައި ހިނިތުންވަން ވިކްޓޯރިއާ އަށް އުނދަގޫ ވަނީ ކަމަށް ބެކަމް ބުންޏެވެ.

ޝާހީ ކައިވެނީގެ ހަފްލާގައި ވެސް ވިކްޓޯރިއާގެ މޫނުމަތިން ހިނިތުންވުން ނުފެނުނީ އެހެންވެ ކަމަށް ބެކަމް ބުނެއެވެ.

ނަމަވެސް ފާޑުކިޔާ މީހުން ބުނާ ގޮތުގައި ވިކްޓޯރިއާގެ މޫނުމަތިން ހިނިތުންވުން ނުފެންނަނީ ވިކްޓޯރިއާ ކިބުރުވެރިކަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ނެރުން

    ލަދުރަކި ކަމަކީ ހިނިތުންވުން ކަމަށް ވަރަށް ގިނަ މީހުން ބުނޭ! އެހެންވީމާ ލަދުގަންނަ ނަމަ އެކަހަލަ ނަމަވެސް ހިނި ތުން ވު މެއް ފެންނަން ވާނެ!

  2. ދޮންބެ

    ބެކަމް އެބުނީ ތެދެއް. އެެއީ ވަރަށް ލަދުރަކި ކުއްޖެއް ސްޕައިސް ގާރލްްސް ގައި އެމަންޖެ ކުޅެފައިވާ ނިވާކަންކުޑަ ލަވަތަކާ އެލަވަތަކުގައި ޖައްސާފައިވާ ކާފަރު ވައްތަރުތަކުން އެމަންޖެގެ ލަދުރަކި ކަމާ ޢިއްފަތްތެރިކަން ހާމަވޭ.

    • ކެނެޑީ

      ބެކަމްވެސް ބޭނުންވޭ ސަލާމަތުން ހުންނަން އެހެންވީމަ ބެކަމްއަކަށް ނެތް އެނޫން ޖަވާބެއް ތިޔަ ސުވާލަށް ދޭކަށް

  3. ތުނިޔަ

    އެހެންވިއްޔާ ތިބުނާ ލަދުވެތިކަން ނުފެންނަނީ ކީތްވެ؟ ބޮޑާ ކަން ފެނޭ އެބަ!

  4. ރައްޔިތުމީހާ

    އޭނަ ރުޅި އަޔަސް ނަޔަސް ކަލެޔަށް ކީއް

  5. ރިފާ

    މަވެސް ވިކްޓޯރިއާ ޔާ އެއްބައި. ކީއްކުރަންތަ ހިނިތުންވަނީ. ކޮން ޝާހީ ކައިވެންޏެއް ކިޔާކައް.

    ވަރައް ފޫހި ވޭ. ހުއް

  6. ނުރަބޯ

    ހަމަ ކިބުރުވެރިކަމުން ތެދެއް އެއީ.

  7. ޖޮއްބެ

    ދެން ދަތްތައް ދިލުވައިގެން ނުހުރިއްޔާ ނޫނީ ކަމަކުނުދޭތަ؟ ޢަޖައިބުވޭ.