އިންޑިއާގެ އަވަށެއް ކަމުގައިވާ ހިމާޗަލް ޕްރަދޭޝްގެ ކުޑަ އަވަށެއް ކަމުގައިވާ ލަހައުލް ސްޕިޓީ ޑިސްޓްރިކްޓްގައި އެންމެ މީހަކު ފިޔަވައި އެހެން އެންމެން ކޮވިޑް-19އަށް ފައްސިވެއްޖެއެވެ.

މި އަވަށުން ކޮވިޑް-19 އަށް ފައްސިވެފައިވަނީ 41 މީހުންނެވެ. ކޮވިޑް-19 ނުޖެހި ސަލާމަތް ވެފައިވަނީ އުމުރުން 52 އަހަރުގެ ބުޝަން ޓާކޫރު ނަމަކަށް ކިޔައި މީހެކެވެ. މި މީހާ ކޮވިޑް-19 އިން ސަލާމަތްވެފައިވަނީ ސަލާމަތާއި ރައްކާތެރި ކަމަށް އަޅަން އަންގައިފައިވާ ފިޔަވަޅުތައް އެޅުމުން ކަމަށް އޭނާ ބުނެފައިވެއެވެ.

''ކޮރޯނާ ވައިރަސް ޓެސްޓުން އަހަރެން ނައްސިވީ މައިގަނޑު ސަބަބަކީ އަހަރެން އަބަދުވެސް މާސްކު އަޅައި، އަތް ސެނެޓައިޒްކޮށް އަދި އިޖުތިމާއީ ގައިދުރުކަން ބަހައްޓުން'' ބުޝަން ޓާކޫރު ބުންޏެވެ.

ބުޝަންގެ އާއިލާއިން ވެސް ހަ މީހަކު ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ. އެހެންކަމުން އޭނާ އަމިއްލައަށް ވަނީ އެކަހެރިވެފައެވެ. އާއިލާގެ މީހުން ތިބީ ވަކިން ކޮޓަރިއެއްގައި ކަމަށާއި ބުޝަން ކައްކައި ކައިބޮއެ ހަދަނީ ވެސް ވަކިން ކަމަށް އޭނާ ބުނެފައިވެއެވެ.

މިހާ ބައިވަރު މީހުން އެއްފަހަރާ ކޯވިޑަށް ފައްސިވެފައިވަނީ ފިނިވުމުގެ ސަބަބުން ކަމަށް ބުޝަން ބުނެފައިވެއެވެ. އެއީ ފިނިގަދަކަމުން ހޫނު ކުރުމަށް އަލިފާން ޖަހައި އޭގެ ކައިރީގައި އެންމެން ތިބުމުން ކަމަށް ވެސް އޭނާ ފާހަގަ ކޮށްފައިވެއެވެ.

ލަހައުލް ސިޕިޓީގެ ޑެޕިއުޓީ ކޮމިޝަނަރ ޕަންކަޖް ރާޖް ބުނެފައިވަނީ އެ އަވަށުގެ އާބާދީއަކީ 160 މީހުންނެވެ. ފިނި މޫސުމުގެ ސަބަބުން މީހުންތައް އެހެން އަވަށްތަކަށް ބަދަލުވެ ބާކީ އެ އަވަށުގައި މިހާރު ދިރިއުޅެނީ 42 މީހުން ކަމަށެވެ. ނޮވެމްބަރު 13 ވަނަ ދުވަހު މި އަވަށުގެ 42 މީހުންގެ ކޯވިޑް ޓެސްޓް ހަދައި 41 މީހުން ފައްސިވެފައިވާ ކަމަށެވެ.

މިދިޔަ ހޮނިހިރު ދުވަހު މި އަވަށުގެ އެންމެން އަނެއްކާ ވެސް ޓެސްޓް ކުރުމުގެ އޭގެތެރެއިން ބައެއް މީހުން މިހާރު ވަނީ ނައްސިވެފައެވެ.

ކިޔުންތެރިންގެ ހިޔާލު