އިންޑިޔާގެ މީހަކު އަގުބޮޑު އައު ކާރެއް ގާތުމަށްފަހު އެންމެ ފުރަތަމަ ދުއްވައިލުމުގައި ކާރު ގޮސް ޝޯރޫމުގެ ފާރުގައި ޖައްސައި ކާރު ހަލާކޮށްލައިފިއެވެ.

ކާރަކީ ވަރަށް އަގުބޮޑު އެއްޗެކެވެ. އަދި މީހަކު ކާރެއް ގަނެފިނަމަ ވަރަށް ލޯބިން ވެސް ގެންގުޅޭ އެއްޗެކެވެ. ވަކިން ހާއްސަކޮށް ކާރު ގަންނަ ފުރަތަމަ ދުވަސްކޮޅު ކާރު ގެންގުޅޭނީ ވަރަށް ލޯބިން ވަރަށް ބަލައިގެންނެވެ. ނަމަވެސް މި މީހާ ވަނީ ކިއާ ކާނިވަލް މިނިވަން ބުރޭންޑުގެ ކާރެއް ގަަނެގެން އެންމެ ފުރަތަމަ ވެސް ފާރެއްގައި ޖައްސައިފައެވެ.

މި އަހަރުގެ ޖޫން މަހުގައި ހިނގައި ދިޔަ މިކަމަކީ އިންޓަނެޓްގައި ވަރަށް ހަލުވިކަމާއިއެކު ދައުރުވެފައިވާ ވީޑިއޯއެކެެވެ. މި ވީޑިއޯ އަނެއްކާ ވެސް މީސް މީޑިޔާގައި ހިއްސާ ކޮށްފައި މިވަނީ މަޝްހޫރު ކޮމެޑިއަން އެކްޓަރ ސުނިލް ގުރޯވާ އޭނާގެ އިންސްޓަގުރާމު އެކައުންޓުގައެވެ.

މި ކާރު އެންމެ ފުރަތަމަ ވެސް ދުއްވާލުމުން ޝޯރޫމުގެ ފާރުގައި ޖެހުމުން، ކާރު އަނބުރާލަން އުޅުމުގެ ތެރޭގައި ވަނީ އެތައް ފަހަރަކު ފާރުގައި ޖެހިފައެވެ. ރިޕޯޓްތަކުން ބުނާ ގޮތުގައި އޭނާގެ ކާރު ފާރުގައި ޖެހުނީ އޭނާއަށް އޮޓަމެޓިކް ކާރެއް ކޮންޓްރޯލް ކުރަން ނޭނގުމުގެ ސަބަބުން ކަމަށް ދެއްކުމަށް ދުއްވަން އިން މީހާ މަސައްކަތް ކޮށްފައިވާ ކަމަށެވެ.

 

View this post on Instagram

 

A post shared by Sunil Grover (@whosunilgrover)


ނޮވެމްބަރ 23 ވަނަ ދުވަހު ސުނިލް ގުރޯވާގެ އިންސްޓަގުރާމު އެކައުންޓުގައި ހިއްސާ ކޮށްފައިވާ މި ވީޑިއޯ ވަނީ މިހާރު 1 މިލިއަނަށްވުރެ ގިނަ މީހުން ބަލައިފައެވެ.

މި ވީޑިއޯ ކޮމެންޓު ކުރި ބައެއް ފަރާތްތަކުން ބުނެފައިވަނީ އެ ކާރަކީ ރައްކާތެރި ކާރެއްތޯ ނުވަތަ ނޫން ތޯ ބަލައި ގޮތަކީ މިއީ ތޯ ސުވާލު ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު