އެޕަލް ކުންފުނީގެ އައިފޯނުގެ ޑިޒައިން ކޮޕީ ކުރުމުން ސެމްސަންގ އިން އެޕަލްއަށް 539 މިލިއަން ޑޮލަރު ދޭން ކޯޓަކުން އަމުރު ކޮށްފިއެވެ.

2011 ވަނަ އަހަރު އެޕަލް އިން އެކުންފުނީގެ އައިފޯނުގެ ޑިޒައިން ކޮޕީ ކުރި ކަމުގެ ތުހުމަތުގައި ސެމްސަންގް ކޯޓަށް ގެންދިޔައީ 2.5 ބިލިއަން ޑޮލަރު ހޯދުމަށެވެ. އެހެން ނަމަވެސް 7 އަހަރަށް ދިގު ދެމިގެން ދިޔަ މި މައްސަލައިގައި ސެމްސަންގ އަތުން ބަދަލުގެ ގޮތުގައި ނެގޭނެ ފައިސާގެ އަގު ވަނީ މަދުވެފައެވެ.

މައްސަލަ ކޯޓަށް ހުށަހެޅިތާ 7 އަހަރު ފަހުން ކެލިފޯނިއާގެ ފެޑެރަލް ކޯޓުން ވަނީ އެޕަލް އާއި އެއްކޮޅަށް މައްސަލަ ނިންމާފައެވެ. ކޯޓުން އަމުރު ކުރީ ކޮޕީ ކުރި ޑިޒައިންގެ ބަދަލުގައި އެ ޑިޒައިން ބޭނުންކޮށްގެން ސެމްސަންގ އަށް ލިބުނު ފައިސާގެ ބައެއް އެޕަލްއަށް ދިނުމަށެވެ. އެގޮތުން 539 މިލިއަން ޑޮލަރު ދިނުމަށް ވަނީ އަމުރު ކޮށްފައެވެ.

ބްލޫމްބާގް އަށް މައުލޫމާތު ދެމުން އެޕަލް ކުންފުނިން ބުނީ އެކުންފުނީގެ ޑިޒައިންތަކަކީ ވަރަށް ބޮޑު އިސްކަމެއް ދީގެން ތަފާތުކޮށް ހަދާ ޑިޒައިންތަކެއް ކަމަށެވެ. އަދި އެ މައްސަލަ ކޯޓަށް ހުށަހެޅީ އެއްވެސް އިރެއްގައި ބަދަލުގައި މާ ގިނަ ފައިސާތަކެއް ހޯދުމަށް ނޫން ކަމަށް އެކުންފުނިން ބުންޏެވެ.

ސެމްސަންގ އިން ކޮޕީ ކޮށްފައިވާ ޑިޒައިންތަކުގެ ތެރޭގައި އެޕަލްގެ ފޯނުތަކުގެ ހުންނަ ވަށް ކަންތަކާއި، އައިއޯއެސްގެ ހޯމް ސްކްރީނުގައި އެޕްތައް ހުންނަ ގްރިޑް ލޭއައުޓާއި އެހެނިހެން ޑިޒައިންތައް ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ސެމްސަންގ

    ކިހާ ދެރަކަމެއް. އެހެންވިިއްޔާ އެއްވެސް މީހަކު ސާރކަލް ވަށްކޮށް ކުރަހައިގެން ނުވާނެ. އަދި ސްކެއަރ ހަތަރެސް ކަނަށް ( ހުރިހާފަރާތެއް އެއްވަރަށް ހަތަރު ކަން ލައިގެން ) ކުރަހައިގެން ނުވާނެ އަދި ބޭސިކް އެހެން ޝޭޕްތައްވެސް. އޭގެ ޙައްގުވެރިފަރާތެއް ހޯދައިގެން ހުއްދަ ލިބިގެން ނޫނީ. އަދި ކިއެއްތަ ހުރިހާ ކާރަކާއި ސައިކަލާއި ބައިސްކަލްގެ ފުރޮޅުތައްވެސް ވަށްބުރަށް ހަދާ ބޭނުންކޮށްގެން ނުވާނެ.

  2. ގެގުރި

    އެމެރިކާ ކުންފުންޏަކުން ކޮރެޔާ ކުންފުންޏަކާދެކޮޅަށް އެމެރިކާގައި ދައުވާކުރުމުން ތިހެން ވާނޭ.....ދިވެހި ކުންފުންޏަކުން އެމެރިކާ ކުންފުންޏަކާ ދިވެހިކޯޓެއްގައި ދައުވާކުރުމުން ވެސް ވާނީ ހަމަމިހެން....

  3. ސަމުސަންގ

    މޮޅު އެޕަލް ފޯނުގެ ޑިސްޕްލޭއަކީ ސަމުސަންގ އިން ގަންނަ އެއްޗެއް. ޑިސްޕްލޭ ގަންނަން ދާ ހަދަރު ވާނެ ދޯ ކޮންމެސް މޮޅު ވާހަކަ އެއްދައްކައިގެން ހޯދަން. ބެލެވެނީ ޑިސްޕްލޭ ގަންނަންދާ ހަރަދު ހޯދަނީކަމަށް. އެޕަލް ތީ ޔޫސާ ކޮންސިޑަރޭޝަންއިން ބަލާފިއްޔާ ހަމަ ސުމެއް. އިރުމަތީ އޭޝިޔާ ގައުމުތަކްުން ކޮރެއާ ޗައިނާ ފޯނު ހަދަނީ ބޭނުން ކުރާމިހާގެ ނީޑްސައަށް މީޓް ވާނެ ގޮތަށް، އެޕަލް އިން ހަދަނީ ކުންފުނީގެ ނީޑްއަށް މީޓް ވާނެ ގޮތަށް. ދެން ގަންނާނީ ކޮންފޯނެއްތޯ ވިސްނާލާ އެމީހަކު އަމިއްލައަށް. ޕުއާރ އެޕަލް ގަނޑު، ޑިސްޕުލޭ އެއް އަމިއްލައަށް ހަދާ ނުލެވޭ އެޕަލްގަނޑު، ކެމެރޭއާއެއް އަމިއްލައަށް ހަދާ ނުލެވޭ އެޕަލްގަނޑު ހަހަހަހަ

  4. Anonymous

    އަހަރެންވެސް ގެންގުޅެނީ ސެމްސަންގ ފޯނެއް އެހެންކަމުން ކަމުން އެޕަލުން ބުނިހެން ކޮޕީކޮށްފަ ހުރިކަން ވަރަށް ބޮޑަށް ގަބޫލު ކުރެވޭ.

  5. ސެމްސަންގް

    އެޕަލް އެއް ކަމަކު ސެމްސަންގްއާ ނުބެހެއްޗޭ.....ފާޑު ފާޑަށް