ފޯނުގެ ބާޒާރުގައި މަޤްބޫލު ކުންފުނި ސެމްސަންގް ގެ ފޯނު،ސެމްސަންގް ގެލެކްސީ އޭ72 އަކީ، މާކެޓްގައިވާ އެހެން ފޯނުތަކަށް އޮތްވަރުގަދަ ވާދަވެރިއެކެވެ. މި ހިތްގައިމު، ސެމްސަންގް ގެލެކްސީ އޭ72،މިހާރު މައިބޭގެ ފިހާރައިނާއި މައިބޭ އެމްވީ ވެބްސައިޓް މެދުވެރިކޮށް ލިބިވަޑައިގަންނަވާނެއެވެ. ސްމްސަންގް ގެލެކްސީ އޭ72 އެހެން ފޯނުތަކާ އަޅާބަލާއިރު، ވަރަށް ތަފާތެވެ. މި ފޯނުގެ ސްކްރީނުގައި ފިންގާޕްރިންޓް ސެންސަރ ހުރުމުގެ ސަބަބުން އެޕް އަދި ވެބްސައިޓްތަކަށް ލޮގިން ވެލަން ފަސޭވާނެއެވެ. މި ފޯނުގެ6.7 އިންޗީގެ ސުޕާ އެމޮލެޑް އޮމާންސްކްރީންގައިވާ 800 ނިޓްސް1 ގެ ސަބަބުން، މެންދުރު އަވީގައި ވެސް، ދަތި ކަމެއް ނެތި ފޯނުގެ ޑިސްޕްލޭ ފަސޭހަ ކަމާއި އެކު ބަލައިލެވޭނެއެވެ.

ފޯނެއް ގަންނަ އިރު ގިނަ ބައެއް އެންމެ ފުރަތަމަ ވެސް އެނގެން ބޭނުންވަނީ ފޯނުގެ ކެމެރާގެ ތަފާތުކަމެވެ. ސެމްސަންގް ގެލެކްސީ އޭ72ފޯނުގެ ކުރިމަތިގައި އިންނަ 32 މެގަޕިކްސަލް ކެމެރާއިން، ފޯކޭ ވީޑިއޯ ކުރެވޭއިރު، މި ފޯނުގެ ފަހަތުގައި ހުންނަ، ހަތަރު ކެމެރާކަމުގައިވާ މެކްރޯ 5 މެގަޕިކްސަލް ، އަލްޓްރާ ވައިޑް 12 މެގަޕިކްސަލް މެއިން ކެމެރާ 64 މެގަޕިކްސަލް އަދި ޓެލެފޮޓޯ ކެމެރާ 8 މެގަޕިކްސަލް ކެމަރާއިން ވަރަށް ހިތްގައިމު ކޮލަޓީ ފޮޓޯ އަދި ވީޑިއޯ ނަގައިލެވޭނެއެވެ.

މި ފޯނުގައި 5000 މިލިއެމްޕެއަރ ބެޓެރި ދެ ދުވަސް ޗަރޖްހިފަހައްޓާއިރު، 25 ވޯޓްސް ސުޕާރފާސްޓް ޗާޖިންގެ ސަބަބުން އަލުން ބެޓެރި ޗާޖު ކޮށްލަން ނަގާނީ ކުޑަ ވަގުތު ކޮޅެކެވެ.

ފޯނުގެ ބައެއް ފީޗާސްތައް :

- ޕްރޮސެސާ: ކުއެލްކަމް އެސްއެމް7125 ސްނެޕްޑްރެގަން 720ޖީ

- ފޯނުގެ ސްޓޯރޭޖް: 128 ޖީބީ

- ރެމް: 8ޖީބީ

- އޯއެސް: އެންޑްރޮއިޑް 11، ވަން ޔޫއި 3.1

- މެއިން ކެމެރާ: 64 އެމްޕީ + 8 އެމްޕީ + 12 އެމްޕީ + 5 އެމްޕީ

- ކުރިމަތި ކެމެރާ: 32 އެމްޕީ، ފ/2.2

- ސްކްރީނަށް ފައްތާފައިވާ ފިންގަޕްރިންޓް ސެންސާ، ދެ ސިމް ލެއްވޭ

މި ފޯނު މައިބޭއިން 8500 ރުފިޔާއަށް ލިބެންހުންނާނެއެވެ.

ގިނަ ބާވަތެއްގެ އޮރިޖިނަލް ސްމާޓްފޯން އަދި ސްމާޓްފޯނާއި ގުޅުން ހުރި އެކި ބާވަތެއް، ބޮޑުރަސްގެފާނު މަގު، ގަލޮޅު ސައިރިކްސް ކައިރި ހުންނަ، މައިބޭ މޮބައިލް ޝޮޕްއިން ލިބެން ހުންނާއެވެ. މީގެ އިތުރުން މައިބޭގައި ތަފާތު ވައްތަރުގެ ހޯމް ގެޖެޓްސް އަދި ކޮމްފިއުޓަރ ސާމާނު ލިބެން ހުންނާނެއެވެ. އަދި އަށް އަހަރުގެ ފޯނު މަރާމާތުގެ ތަޖުރިބާ އާއި އެކު ފޯނު މަރާމާތު ކޮށްދިނުމުގެ އަވަސް ޚިދުމަތްތައްވެސް ފޯރުކޮށްދެއެވެ.

7959525, 7779554 މިނަންބަރަށް ގުޅައިގެން ނުވަތަ، މައިބޭ އެމްވީ www.mybay.mv ވެބްސައިޓް މެދުވެރިކޮށް ކޮންމެ ވަގުތެއްގައި ވެސް، އޯޑަރ ކުރެވިދާނެއެވެ. މައިބޭގެ އަވަސް ޑެލިވަރީ ޚިދުމަތް ގޭގެއަށް ކޮށްދިނުމުގެ އިތުރުން، ރަށްރަށުން އޯޑަރު ދިނުމުން ބޯޓް ނުވަތަ ލޯންޗަށްވެސް ހިލޭ ޑެލިވެރީކޮށްދޭނެއެވެ.