ރާއްޖޭގެ ފިލްމީ ދާއިރާގައި ގިނަ ދުވަސްތަކެއް ހޭދަކޮށްފައިވާ އަލީ ޝާހިދު (ސްޓެޕް އައްޔަ) ތައުބާވެ ފިލްމް ކުޅުން ހުއްޓާލިކަން މިރޭ އިއުލާން ކޮށްފިއެވެ.

އައްޔަ "ތައުބާވިކަން" ފުރަތަމަ އިއުލާން ކޮށްފައި ވަނީ ރޭ ފޭސްބުކްގައި ކުރި ކޮމެންޓެއްގައެވެ. މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ‏މެރަޑޯނާ މަރުވުމުން އައްޔަ ފޭސްބުކުގައި ކުރި ޕޯސްޓެއްގައި ވަނީ ފުޓުބޯޅާގައި ހޯދި އެއްވެސް ރަން ވަނައެއްގެ ފައިދާއެއް މިހާރަކު ނުފެންނާނެ ކަމަށާއި ސުވާލު ކުރައްވަން ވަޑައިގަންނަވާ މަލާއިކަތުން ކުރައްވާނީ 3 ސުވާލެއް ކަމަށް ބުނެފައެވެ. އެއީ ރައްބަކީ ކޮބާ؟ ދީނަކީ ކޮބާ؟ ރަސޫލަކީ ކޮބާ ކަމަށާއި ޖަވާބު ނުދެވިއްޖެނަމަ، ހަލާކުވީކަމަށް އައްޔަ ލިޔެފައި ވެއެވެ.

އައްޔަގެ އެޕޯސްޓަށް ކޮމެންޓް ކުރި މީހަކު ވަނީ އައްޔަ ކައިރީ ވެސް (މަރުވުމުން) އޭނާ ކުޅުނީ ކޮން ފިލްމެއްތޯ އާއި ޕީޕީއެމްގެ މުޒާހަރާތަކުގައި ބައިވެގެން ލިބެނީ ކޮން ފައިދާއެއްތޯ ނާހާނެ ކަމަށެވެ. އެކޮމެންޓަށް ޖަވާބު ދެމުން އައްޔަ ބުނީ "އަހަރެން މިހާރު ތައުބާ ވެއްޖައިން" ކަމަށެވެ.

މިރޭ އައްޔަ ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނީ ފިލްމީ މަސައްކަތާއި ނެށުމާއި ލަވަކިޔުން ﷲ އަށްޓަކައި ހުއްޓާލަން ނިންމައިފިން ކަމަށެވެ. "މިކަމުގައި ހޭދަވި 23 އަހަރަކީ އަޅުގަނޑަށް ލިބުނު ވަރަށް ހިތްދަތި ތަޖުރިބާއެއް. މިކަމުން ލިބުނު ހަޤީޤީ އުފަލެއް ނެތް. ހަޤީޤީ ހިތްހަމަޖެހުމެއް ނެތް. އަޅުގަނޑު މިހާރު ބޭނުންވަނީ ﷲ ރުއްސަވާ އަޅެއްގެ ގޮތުގައި ހަޔާތުގެ ބާކީ ބައި ހޭދަކުރަން." އައްޔަގެ ޕޯސްޓްގައި ބުނެފައި ވެއެވެ.

އޭނާ ވަނީ އޭނާގެ ނިންމުމަށް އިހްތިރާމް ކުރުމަށް ވެސް އެދިފައެވެ.

Filmee masakkaiy thakaai, neshumaai lava kiyun, Allah ah takai huttaalan Alhugandu ninmaifin. Mikamugai heydhavi 23...

Posted by Ali Shahid Step Ayya on Thursday, November 26, 2020

އައްޔަ އަކީ ފިލްމީ ދާއިރާގެ އިތުރުން ސިޔާސީ ދާއިރާގައި ވެސް ހަރަކާތްތެރިވާ މީހެކެވެ. އޭނާ ވަނީ ރައީސް ޔާމީންގެ ވެރިކަމުގައި ކޯޑިނޭޓަރުކަން ވެސް ކުރައްވާފައެވެ. އަދި މިހާރު ވެސް އިދިކޮޅު ސިޔާސީ ހަރަކާތްތަކުގައި އޭނާ ބައިވެރިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

26 ކޮމެންޓް

 1. ވިސްނާލުމަށް އެދެމޭ

  އައްޔަގެ ކޮ މެންޓަށް ރިޕްލައިދިން މީހާއަށް ނޭގޭތަ އައްޔަ ފިލްކުޅު މާ ނެށު މާ މިކަންތައް ހުއްޓާލިޔަސް ޕޕ މގެ މުޒާހަރާތަކުގައުޅު މާ އެއްވަރެނުވާނެ.. ޕޕ މއިން ކުރާ މުޒާހަރާތަކަކީ ދުނިޔެވީ ކަންތައްތަކެއްގަ އެކަނި ކުރާ މުޒާހަރާތަކެނޫން.. ޕޕ މގެ މުޒާހަރާތައް ބިނާވެފައޮންނަނީ ދިވެހިން އިސްލާ މްދީނުގަ ސާބިތުވެތިބު މަށް ބާރުއަޅާކަންކަ މުގަ.. މިނިވަންކަން..އިގްތިސާދު..އަދުލުއިންސާފު. އަނިޔާވެރިކަ މާދެކޮޅަށް އިސްލާ މްދީނުގެ އަސާސްތަކާ ހިލާފަށް ސަރުކާރުންކުރާ ކަންތައްތަ.. މިއީ ކޮއް މެދިވެއްސަކުވެސް އަޑުއުފުލަންޖެހޭ ކަންތައްތަ..

  159
  130
  • ވަގު

   ވައްކަމާ އެއްކޮޅު ދޯ

   63
   36
   • Anonymous

    ވައްކަމެއް ސާބިތު ކޮށްދެވިއްޖެތަ؟

    33
    14
    • ބޮޑު ވަގު

     އަމިއްލަ މީހާގެ ދުލުން ވައްކަން ކުރީމޭ ތަކުރާރުކޮށް ރައްޔިތުން ކުރިމަތީ ބުނީމަވެސް ސާބިތުނުވަނީ؟؟؟!!!
     ކޮސްކޮއްލައިފި!!!!

     12
     2
   • Anonymous

    ތި ބުނާ 'ވައްކަމާ' ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަށް ފުރައްސާރަ ކުރުމާ ލާދީނިއްޔަތާ އެއްވަރު ކުރަން އުޅޭނީ ހާދަހާވާ ސުންޕާ މީހުންނޭވެސް ހިތަށް އަރާ. ދިވެހިން އަދިވެސް ހޭއަރާކަށް ނުވޭތަ؟

    50
    5
    • ގުދޯ ގުދޯ

     ރަސޫލާ ސއވ އަށް ފުރައްސާރަ ކުރި މީހަކާ އެއްބައިގަ ހުރެ ވައްކަމާއި ދީނިއްޔަތާ އެއްވަރު ކުރަނީޔޭ ކިޔާ އަނގަ ހުޅުވާއިރު ލަދުއޮތީ ކޮންތާކު ބާއޭ މަހިތަށް އަރާ!!!
     ޕޕމ ކުދިން ދީން ހަތިޔާރަކަށް ހަދައިގެން ގޭމް ކުޅެން ކިތެންމެ ވަރަކަށް އުޅުނަސް ދިވެހިން ނުހެއްލޭނެ.
     މޑޕ ކުދިން ގައުމު ހޭލައްވައިދީފި.....

     4
     12
 2. އަލިބެއްޔާ

  ކުޅޭނެ އިތުރު ފިލްމެއް.. ނަޝާނެ އިތުރު ލަވައެއް.. ދާނެ ދިމާލެއް ނެތީތީ ހުއްޓާލީ އޭ ބުނެ މީހުންގެ ސަމާލުކަށް ހޯދުމަށް އުޅުމަކީ ގޯހެއް.. ނަމަވެސް، ލިއްލާހި އައްޓަކައި ހެޔޮ މަޤަށް ރުޖޫޢަވެ އާޚިރަތުގެ ނަޞީބަށް އެދި ކުރިކަމެއްނަމަ އެކަމުގެ ދަރުމައާއި ހެޔޮ ޖަޒާ ހުރި.. ދުނިޔެ އަކީ ވަރަށްވެސް ކުޑަވަގުތު ކޮޅެއްގެ މަންޒިލެއް.. ވިސްނާ.. އަހަރުމެންގެ ކިތަށް ގާތް ތިމާގެ މީހުން، ކިތަށް ރައްޓެހިން މި ފަނާވަނިވި ދުނިޔެއިން ގޮސްފި ތޯ.. ނުބައި ޢަމަލު ކުރުމުގެ މަތީގައިހުރެ ތައުބާ ނުވެ މަރުވެއްޖެ މީހަކަށްވުރެން ބަދު ނަސީބު މީހެއް ވާނެތޯ އެވެ.

  64
  3
 3. ބޮއްލޯ

  "ތިޔަބަތް މީހުން ﷲ އަށް ކާފިރު ވެގަންނަނީ، ކޮންގޮތަކުން ހެއްޔެވެ؟ ތިޔަބައިމީހުން މަރުވެފައިވާ ބައެއްގެ ގޮތުގައި ތިއްބައި، ފަހެ އެކަލާނގެ ތިޔަބައި މީހުން (އުފައްދަވައި) ދިރުއްވިއެވެ. އެއަށްފަހު، އެކަލާނގެ ތިޔަބައި މީހުންގެ (އަޖަލު ހަމަވުމުން) މަރުގަންނަވާނެތެވެ. ދެން ( ޤިޔާމަތް ދުވަހުން ) ތިޔަބައި މީހުން ދިރުއްވާނެތެވެ. ދެން އެކަލާންގެ ޙަޟްރަތަށް ތިޔަބައި މީހުން ރުޖޫޢަ ކުރަށްވާނެތެވެ." (އަލް ބަޤަރާ 28)

  43
  1
 4. ޅަބޭ

  ފަހަރަކު ސިޔާސީ ޕާޓީއެއްގެ ފޫބުޑުން ސަލާން ޖަހަމުން ޖަހަމުން ޖަހަމުން ޖަހަމުން ޖަހަމުން ޖަހަމުން ޖަހަމުން ޖަހަމުން ޖަހަމުން ޖަހަމުން ޖަހަމުން ޖަހަމުން ޖަހަމުން ޖަހަމުން ޖަހަމުން ޖަހަމުން ގޮސް، އިންސާނާ އެއްވެސް ކޮޅެއްގަ ލައްވާނުލީމަ ދުނިޔެއައް މޮޔަވީ. އިންނާ ލިﷲ. ކަލޯދެން ރުގުޔާކުރަން ފަށާ. ދެން 3، 2 މަސްފަހުން އަނެއްކާވެސް އެމްޑީޕީ ތެރެއައް ކޮންމެސް އެއްޗެކޭ ކިޔާފަ ވެއްޓިގަނޭ.

  26
  42
 5. މުކި

  ތިހެން ހުރެވުނިއްޔާ ކިތަންމެހާވެސް ރަނގަޅު..

  59
  1
 6. ޖިންނި

  ޕީޕީއެމް ގެ މުޒާހަރާ އަކަށް ނުނިކުންނަށް ވޯޓެއް ވެސް ނުދެން ކުރާހާ ވެސް ކަމަކީ ލާދީނީ އެމް ޑީ ޕީ ވެެރިކަމަށް އަޔަނުދޭން / އައިސްފި ނަމަ އިތުރަށް ލާދީނީއްޔަތު ފެތުރުން ހުއްޓުވުމަށް ކުރާ މަސައްކަތުގަ ބައިވެރިވެ އެއްބާރުލުން ދިނުން

  43
  7
 7. ޖިންނި

  ޑިމޮކްރަސީ އަކީ ކުފުރު ނިޒާމެއް. އޭގެން ބަރީއަ ވާން ޖެހޭ. އިސްލާމް ދީނާއި އިސްލާމީ ޝަރީޢަތާ ޑިމޮކްރަސީ ދުވަހަކީވެސް އެއްވާނެ ދޭއްޗެއް ނޫން.

  49
  5
 8. Anonymous

  މަރުހަބާ.. އެ ނިޒާމުގައި ކުފުރާއި ޝިރުކުގެ ހިމެނޭ ޑިމޮކުރަސީ އަށް ވަކާލާތުކުރުންވެސް ހުއްޓާލާ އިސްލާމީ ޝަރީޢަތަށް ވަކާލާތުކުރަން ގޮވާލަން

  51
  3
 9. ކުޅުދުއްމޭން

  ޝީލާ މުސްކުޅިވީމައި ބުރުގާ އެޅި އެޅުމަށޭނުން މިކަން މިވީ ، ތައުބާ ވީ މާތް ﷲ ތޯ އާންމު މީހުންނަށް ތޯ ސުވާލު ކޮއްލަން ޖެހޭ ، ކޮންމެ މީހަކު ކެރިޔަރު ވައިވީމަ ޕަބުލިކަށް ތައުބާ އިއުލާން ކުރީމަ އެވީ ކޯއްޗަކަށް، ޒުވާން އުމުރު ހޭދަ ކުރި ގޮތާ މެދުވެސް ސުވާލު ކުރެވޭނެ

  16
  22
  • އައިސަ

   ތައުބާވެ އެ ތައުބާގެ މަތީގަ ހުރީމަ ތިމާގެ ވާޖިބު އަދާވީ. ބާކީބަޔަށް އިންސާފު ކުރައްވާނީ ﷲ. އަޅުގަނޑާ އާދަނާ ތިޔަބައިމީހުންނެއް ނޫން.

   44
   1
 10. ޙިހު

  މަޝްހޫރު ވާނެ ގޮތެއް ނޭގިގެން މީހުންގެ ސަ މާލުކަން ނުހޯދިގެން އިރުއިރުކޮޅާ މޮޔަ ގޮވާ އެއްޗެއް

  14
  25
 11. ކަސައުޓީ!

  އެންޓަޓައިން ކުރުމަކީ ފާފައެއްތަ؟! ޢެމީހާގެ ހުރި ޓެލެންޓެއް ދައްކާލުމަކީ މުސްލިމު ނޫންމީހުންނަށް ހަމަ އެކަނި އޮންނަކަމެއްތަ؟ އެމީހުންގެ ޕާފޯމަންސް މުސްލިމުން ބަލުން ޢޯކޭތަ؟

  7
  27
  • ޢެހެންޏާ

   ނޫނޭ, ފިލްމް ކުޅުމާއި ނެށުން އެއީ ހުނަރު ދެއްކުން ކަމަށް ވަންޏާ, ކަލޭ އަލުން އިސްލާމް ދީން ކިޔަވާ. ނަސީބެންނު ޖުވާ ކުޅުމާ ބުލޫފިލްމް ކުޅުން ކަލޭ ހުނަރުދެއްކުން ކަމަށް ނުހެދިކަން.

   22
   2
   • ދޮންމީހާ

    އިނގިރޭސި ފިލްމުތަކާއި ހިންދީ އެއްޗެހިބަލާ ހީހީ މަޖާކުރާއިރު ކަލޭ އިސްލާމް ވާކަށް ނުޖެހޭނެތަ!؟

 12. ﷲގެ އަޅާ

  ތިގޮތުގައި ލަހައްޓަވާ އަޙާގެ ތައުބާ ގަބޫލް ފުޅު ކުރައްވާށި.
  ހަގީގީ ހިތް ހަމަ ޖެހުން ލިބޭނީ ﷲއާ ކުއްތަންވެ އެ ކަލާނގެ ރުއްސެވުން ހޯދަން މަސައް ކަތް ކުރާ އަޅުންނަށް.

  22
  1
 13. ދީދީ

  ދަރިންގެ ހައްގުތައްވެސް އަލީ އަދާކުރައްޗޭ

  19
  1
 14. ހަގީގަތް

  ސަމާލުކަން ހޯދަން..

 15. އަހުމަދު ސ އ

  ހިސާބު ކިތާބު ނިންމާލާފަ ހުއްޓާލަން ވީނު

 16. ބުޅާކަލޯ

  ބުޅާ ހައްޖުވެސްވޭ!

 17. ޥަ

  ވައްކަން ކުރުންރަގަޅުތޯ

 18. ބަކުރު

  މޭނާ ހައްސާނުގެ ނިންމުން ހުރި ގޮތަށް އައްޔަގެ ކަންތައް ނުގޮސްފިއްޔާ ކިތައްމެހާވެސް ރަނގަޅު