އިތުރު ބަޔަކާއި ބައިވެރިވެގެން މާލެ ގެއެއްގެ ތެރޭގައި ފިރިހެނަކު ހިފަހައްޓާ އޭނާއަށް އަނިޔާކޮށް، އޭނާގެ އެކައުންޓުން ފައިސާތަކެއް ފޭރުނު މައްސަލައެއްގައި ހައްޔަރުކުރި އަލީ ޝާހިދު (ސްޓެޕް އައްޔަ)ގެ ބަންދަށް ކްރިމިނަލް ކޯޓުން 15 ދުވަސް ޖަހައިފިއެވެ.

އިތުރު ބަޔަކާއި ބައިވެރިވެގެން މާލޭގެ ގެއެއްގައި ފިރިހެބަކު ހުއްދަނޫން ގޮތުގައި ހިފަހައްޓާ އަނިޔާކޮށް އަދި އޭނާގެ ބޭންކް އެކައުންޓުން ފައިސާ ޓްރާންސްފާ ކޮށްގެން އޮގަސްޓް 4 ވަނަ ދުވަހު ފުލުހުންނަށް ހުށަހެޅި މައްސަލައާ ގުޅިގެން އޭނަ ހައްޔަރު ކުރީ އިއްޔެ އެވެ.

ފުލުހުން ތަހުގީގު ކުރަމުންދާ ފޯޖަރީ މައްސަލައެއްގައި މީގެ ކުރިން އޭނާ ހޯދަންވެސް ފުލުހުހް އިއުލާނު ކުރިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ، އެ މައްސަލައާ ގުޅިގެން ހައްޔަރު ކުރި މީހާގެ ބަންދަށް ކްރިމިނަލް ކޯޓުން މިއަދު 15 ދުވަސް ޖަހާފައިވާ ކަަމަށެވެ.

ސްޓެޕް އައްޔައަކީ ސިޔާސީ އެކްޓިވިސްޓެއްގެ ގޮތުގައިވެސް މަސައްކަތް ކޮށްފައިވާ މީހެކެވެ. އަދި އޭނާ ވަނީ ބައެއް ފިލްމްތަކުގައިވެސް މަސައްކަތް ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ާނުވޭސް

    ސިޔާސީ ކޮންބަޔަކާ އެކީ މަސައްކަޔްކުރީ

  2. Anonymous

    ހާސްކަނޑާލާ ތީ މާބޮޑު ކަމަކައް ނަހަދާ މިނިވަން ވާނެ.

  3. ޙަދީ

    މީ ޕޮލިހުގައި މަސައްކަތްކޮށްފައިވާ ސްޓެޕްއަލީތޯ މީނަހާދަ ފައިސާވެގެންނޭދޯ މިއުޅެނީ

  4. ލޮލް

    ދެން އަވަހަށް ދޫކޮށްލާ. ޗޯރޭއަށް ވޯޓު ދޭނަމޭ ބުނެދީފާނެ.