ބޮލީވުޑްގެ އިންޑަސްޓްރީގައި އެންމެ މަގްބޫލުކަން ހޯދާފައިވާ ޖޯޑެއްގެ ގޮތުގައި ޝާހްރުކް ޚާން އާއި ގައުރީ ޚާން ފާހަގަކޮށްލެވެއެވެ. އެކުގައި ފެށި ދަތުރު އަދިވެސް އެ ދަނީ ކުރިއަށެވެ. އެތައް ބައެއްގެ ސަމާލުކަން މި ދެމީހުންނަށް ލިބެއެވެ. ހަފްލާއަކަށް ދިޔަޔަސް ނޫނީ ރަސްމިއްޔާތަކަށް ދިޔަޔަސް ތިބެނީ އަތުގައި ހިފައިގެންނެވެ. އެތައް ބަޔަކަށް މި ދެމަފިރިންގެ ދެމެދުގައި އޮތް ލޯބި ފެނިގެން ގޮސްފައި ވެއެވެ.
އެ މީހުންގެ ލޯބީގެ ވާހަކަތައް ބާއްވަމާ ހިނގާށެވެ. މި ދެ މީހުންގެ ދެމެދުގައިވެސް މަޖާ އެތައް ކަމެއް ދިމާވެފައި އެބަހުއްޓެވެ. އަދި ޝާހްރުކް ގައުރީއަށް ލަނޑުވެސް ދީފައި އެބަ ހުއްޓެވެ. އަދި އެ ނުވެގެން ސަމާސާއަކަށްވެސް އެތައް ކަމެއްކޮށްފައި އެބަހުއްޓެެވެ.
އެގޮތުން ފަރީދާ ޖަލީލް ޓޯކް ޝޯގައި އޭނާ ވަނީ ކައިވެނީގެ ވާހަކަ ދައްކައިފައެވެ. ގައުރީއަކީ ހިންދޫ މީހެކެވެ. ޝާހްރުކް އަކީ މުސްލިމެކެވެ. އެހެންކަމުން ހިންދޫ-މުސްލިމް ކައިވެންޏެއް ބާއްވަން ނިންމިއެވެ. ޝާހްރުކް ބުނީ، ގައުރީގެ އާއިލާ މީހުން ހީކުރީ އޭނާ ގައުރީގެ ނަމާއި، ދީންވެސް ބަދަލު ކުރާނެ ކަމަށެވެ.
"އަހަރެން ހަނދާން އެބަ ހުރި އެ މުޅި އާއިލާއަކީ ކުރީގެ ފެޝަން މީހުން، އަހަރެން އެ އެންމެންނަށް އިހުތިރާމް ކުރަން އަދި އެ މީހުންގެ ގަބޫލުކުރުންތަކަށް އިހްތިރާމް ކުރަން، އެކަަމަކު އެ އޯލްޑްފެޝަން ރިސެޕްޝަންގައި އެންމެން ތިބީ، އަހަރެން އެތެރެއަށް ވަދެ ބުނިން، ހުމް އޭނާއަކީ މުސްލިމެއް، އޭނާ އަންހެން މީހާގެ ނަން ބަދަލު ކުރާނެތަ؟."އޭނާ އެ އަންހެން މީހާ (ގައުރީ) މުސްލިމަކަށް ބަދަލު ކުރާނެތަ؟
އިތުރަށް އެ ދުވަހުގެ ކަންކަން އޭނާ ވަނީ ތަފްސީލު ކޮށްދީފައެވެ.
"އެ އެންމެން ތިބީ ޕަންޖާބީ ބަހުން ވާހަކަދައްކަން، އަހަރެން އެ މީހުންނަށް ބަލާފައި ބުނިން، 'އޯކޭ ގައުރީ، ބުރުގާ އަޅަން އުޅޭ، އަދި ޝަހާދަތުގެ ދެކަލިމަ ކިޔަން މިހާރު ފަށަން ހިނގާ. އަހަރެން އެގޮތަށް ބުނުމުން އެންމެން އަހަރެންނާއި ދިމާލަށް ބެލި އަހަރެން އޭނާގެ ދީން ބަދަލުކޮށްފިކަމަށް ހީކޮށް، އަހަރެން ދެން ބުނިން މިހާރުން ފެށިގެން އޭނާ ބުރުގާ އަޅާނެ ހުރިހާ އިރަކު، އަދި އޭނާއަށް ގެއިން ބޭރަށްވެސް ނުނިކުމެވޭނެ، އަދި އޭނާގެ ނަން އައިޝާއަށް ބަދަލު ކުރާނަން'."އެ ދުވަހުގެ ކަންތައް ވެގެން ދިޔަ ގޮތާއި ގުޅޭގޮތުން ބުންޏެވެ.
ޝާހްރުކް ބުނީ އެއިން އެނގުނީ ކޮންމެ ދީނެއްގެ މީހުންނަށްވެސް އިހްތިރާމް ލިބިގެންވާ ކަމާއި، ލޯބީގެ ތެރެއަށް އެކަން ނުވަންނާނެ ކަން ކަމަށެވެ.
ގައުރީ އާއި ޝާހްރުކް ކައިވެނިކޮށްގެން އުޅޭތާ 29 އަހަރު ވެދާނެއެވެ.
ކީވެޔޯ ސީރިއަސްކޮއްނުބުނީ
މުސްލިމުންނާއި ކާފަރުންގެ ކައިވެނި.... 29 އަހަރު
މުސްލިމެކޭ ކިޔަން ހެޔޮވާނެތަ؟ މުސްލިމެކޯލަ! سبحان اللّه
ތީ މާ މަޖާ ވާހަކައެއް ނޫން
މަޖަލަކަށް ބުރުގާހަދައިގެންނުވާނެ. އަޅަންޏާ އަޅާ ސީރިއަސްކޮށް.
ތިޔަކާވަނި ރަނގަޅުވާނެބާ
ދަރިން ކޮންދީނެއްބާ؟
ލޯބިވާ ދެމަފިރިން. ހާހާހާ ފިލްމް ކުޅުމުގައި އެހެން އަންހެން ކުދިންނާއެކު ނަށަނީ.
މުސްލިމު ފިރިހެނަކާއި ކާވެނި ކުރެވޭނީ މުސްލިމު އަންހެނަކަށް، ނުވަތަ އަހުލު ކިތާބީންގެ އަންހެނަކަށް. ޙިންދީ އަކާއި ކުރާ ކާވެނި ޞައްޙަ އެއް ނުވާނެ. އެހެން ނޫނަސް ޝާހު އަކީ އިސްލާމް ދީނަށް އުޅޭ މީހެއް ނޫންކަމަށް އޭނަ އަމިއްލައަށް ބުނެފައިވެސްވޭ. އަދި އެހެންވިޔަސް ތިމަންނަ ޤަބޫލު ކުރަނީ ތިމަންނައަކީ މުސްލިމެކޭ ބުނެފައި ވިޔަސް ހިންދީ ދީނަށް ނުވަތަ އެހެން ދީނަކަށް އުޅެމުން މުސްލިމަކަށް ނުވެވޭނެ.
އޭގަ އެއޮތީ އިސްލާމްދީނަށް މަލާމާތް ކޮއްފަ...އެއީ ހަމަ އެހެނ ގިނަ މީހުންނެކޭ އެއްގޮތަށް މުސްލިމް ނަންތަކެއް...ދިރިއުޅުމުގެ އެއްވެސް ކަމެއް އެއީ ދީނާއި އެއްގޮތަށް ކުރަން ޖެހޭކަމެއް ކަމެއް ނުދަނޭ...