މިއީ ހަމަ ފިލްމެއްގެ މަންޒަރެއް ހެން ހީވެދާނެ އެވެ. ފިލިޕީންސްއަށް ނިސްބަތްވާ ފިރިހެނަކު، އެނބުރި ގެއަށް އައިއިރު، ޝައްކުތަކެއް އުފެދިގެން ދިޔައީ އޭނާގެ އަންހެނުން އެހެން މީހަކާއި ގުޅުން އޮންނަ ކަމެވެ. އޭނާ އެކަން ބަލަން އަޑިއަށް ފީނަން ބޭނުންވެއްޖެ އެވެ. އަދި އެކަން ޔަގީންކުރުމުގެ މަސައްކަތް އޭނާ ފެށިއެވެ.

އެ ފިރިހެން މީހާގެ އަންހެނުންނަކީ އެކައުންޓިންގގެ ދާއިރާގައި މަސައްކަތް ކުރާ މީހެކެވެ. އޭނާ ބައެއް ދުވަސް ދުވަހު އިތުރު ގަޑީގައި މަސައްކަތް ކުރަން ޖެހޭ ކަަމަށް ބުނެ ގެއަށް ނައިސް ވެސް ހުރެއެވެ.

މިއީވެސް އެފަދަ ދުވަހެެކެވެ. ކުއްލި ބައްދަލުވުމެއް ކަމަށް ބުނެ ގެއިން ނުކުތެެވެ.

އެ އަންހެން މީހާގެ ފިރިމީހާ ނިންމީ އޭނާ އުޅޭގޮތް ބެލުމަށް ފާރަލާށެވެ. ކުރެވުނު ތުހުމަތުތައް ހަގީގަތަކަަށް ވެގެން ދިޔައީ، އެ އަންހެން މީހާ މޮޓެލްއެއްގެ ކައިރިން އެހެން ފިރިހެނަކާއި ބައްދާލި މަންޒަރު ފެނިގެން ދިއުމުންނެވެ.

"އަހަރެންނަށް ނޭނގުން ހަދާނެ ގޮތެއްވެސް، އަހަރެން ރަހުމަތްތެރިއަކަށް ގުޅާލިން، އަދި އެ މީހުން ވަނީ ފުލުހުންގެ ސަމާލުކަމަށް އެކަން ގެނެސްފައި.". އެ ފިރިހެން މީހާ ބުންޏެވެ.

އެ މޮޓަލަށް ވަންނަން އެ ފިރިހެން މީހާ އުޅުމުން އެތަނުގެ މުވައްޒަފަކު އެކަން ހުއްޓުވިއެވެ. އިރުކޮޅެއް ފަހުން އެ ސަަރަހައްދަށް ފުލުހުންވެސް އައެވެ. ފުލުހުން ވަނީ އެ އަންހެން މީހާ ހުރި ކޮޓަރި ހޯދާފައެވެ. ފުލުހުން އެ ކޮޓަރިއަށް ވަންއިރު، އެ މީހާ ފެންނަން ނެތެވެ. ނަމަވެސް އޭނާގެ އަންނައުނު ބިންމަތީގައި ހުއްޓެވެ.

ނަމަވެސް ސީލިންގއިން ކީއަޑުން، އެ އަންހެން މީހާ ފިލާ އޮތީ ސީލިންގގައި ކަން އެނގިގެން ދިޔައެވެ. ފުލުހުން ވަނީ އެ މީހާ އެތަނުގައި އޮތްތޯ ބަލަން މައްޗަން އަރާފައެވެ. އެ އަންހެން މީހާ އެތަނުގައި އޮތް މަންޒަރު އެ މީހުންނަށް ފެނިގެން ދިޔައެވެ. އޭނާ އެތަނުން ނުކުންނަން ދެކޮޅު ހެދި ނަމަވެސް، އަންހެން ފުލުހަކު ދެއްކި ވާހަކަތަކަށްފަހު އޭނާ އެތަނުން ނުކުތެެވެ.

ފިލިޕީންސްގައި ކައިވެނި ބޭރުން ގުޅުން ހިންގުމަކީ ހަ އަހަރުގެ ޖަލު ހުކުމެއް އަންނަ ވަރުގެ ކަމެކެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

  1. އެހެން💪

    އަދިވެސް ފިރިމީހާއަށް އޮޅުވާލާތި.........

    49
    3
  2. ރާއްޖެ

    ތިވަރުގެ ހުކުމެއް މަށަައް ވެސް ދެވޭނެނަމަ މަ ގޭ ދަރިންވެސް ތިހެން ނޫޅޭނެކަން ނޭގެ..

    46
    4
    • 100% ރާއްޖެ

      މިތާ އުޅޭ ގެރިބުއްޅަ އުޅޭނެ ކައިވެނި ބޭރުން ތިކަންކަން ކުރުވާ ހިތްވަރުލާދޭން ކާފަރު ދަެއްޖާލު....

      33
      4
    • މަ

      ބެންކޮކް އަންހެން ކުދިންނަކީ ހިލޭ އަނހެނުންނެނޫން ރައީސް ޔާމީނު

      20
      13
  3. އަލީ

    ވަކިވަރަކަށްވުރެން ގަމާރު ފިރިހެނުންނާއި އިނދެގެން އުޅޭ އަންހެނުން އަބަދުވެސް ހިލޭ ފިރިހެނުން ހޯދާ. ގިނަފަހަރަށް ހިލޭ ފިރިހެނުން ކާރިޔަށް ގޮސް ބަނޑު ބޮޑުވީމަ އިނދެގެން އުޅޭ އެއްކަލަ ގަމާރު ފިރިސޮރު ބޮލުގަ ދަރި އަޅުވާއިގެން އުޅެނީ. ގިނަމީހުންގެ ދުލުން ބުނަންޏާ އެކަމުގެ ފަހަތުގަ ކންމެވެސް ހަގީގަތެއް ވުން ކާރި. އެންމެ ރަންގަޅު ގޮތަކީ ޑީއެންއޭ ހެދުން. އެހެން ނޫނީ..................

    24
    3
  4. އަހްމަދު

    މޮޓަލް = ހޮޓަލް؟؟؟

    10
    9
    • Kaleyneyy dhw

      Hotel ves motel vex hureyy.. Saabs kokkooo

      20
      2
  5. އަލީ

    މަ ފޮނުވާ ކޮމެންޓްތަށް ނުޖަހާކަން ފާހަނގަވޭ

    14
    1
    • ސްނޭޕް

      އާނ މަވެސް

  6. Anonymous

    ފިލިޕީންސްގައި ކައިވެނި ބޭރުން ގުޅުން ހިންގުމަކީ ހަ އަހަރުގެ ޖަލު ހުކުމެއް އަންނަ ވަރުގެ ކަމެކެވެ

    ހިނި އަންނަވަރުގެ ވާހަކައެެއް އެހާ ކޫޑި ބައެެެއް

    18
    5
  7. އަސްތަޤްފިރުﷲ

    🤢

    10
  8. ނޯރާ ފަތުހީ

    ޕަޗްތާއޯގޭ 2 ވަރަށް އަވަހަށް ފެނިގެން ދާނެ..

    3
    1
  9. މުފީދު

    ވަރަށް ތާކުންތާކު ނުޖެހޭ ލިޔުމެއް! ފެއްޓޭތަނެއް އަޖުޒެއް ސޮދުރެއް ވަތްކެއް ނުވޭ!

    7
    4
    • ހަސަނު

      ބަލަ އަޖުޒާއި ސޮދުރަކީ ޅެން ބައިތުގައި އޮންނަ އެއްޗެއްނު. މިއީ ޚަބަރެކޭ. އެވަރު ނޭގެނީތަ؟؟؟؟؟؟

  10. ބޯ

    އެ އަންހެން މީހާ އޮތީ ސީލިން ގަވެސް ބިންމަތީގަވެސް