މަޝްހޫރު ލަވަކިޔުންތެރިޔާ ޖޯން ލެޖެންޑްގެ އަނބިމީހާ އަދި ކުރީގެ މޮޑެލް ކްރިސީ ޓެއިގެން އަކީ މީސްމީޑިއާގައި އެންމެ މަގްބޫލް އެއް ފަންނާނެވެ. އޭނާގެ މަޖާ ކަމާއި ސަކަ މިޒާޖަކީ އޭނާ ދަންނަ އެއްވެސް މީހަކަށް އާ ކަމެއް ނޫނެވެ. އެހެންނަމަވެސް އޭނާގެ ދެރަވެ ހިތާމަ ކުރާ ފަޅި އެއީ އާއްމުކޮށް މީހުންނަށް ފެންނަ ފަޅިއެއް ނޫނެވެ. މީގެ މާނައަކީ އޭނާ އަށް ދެރަ ކަންކަން ދިމާ ނުވާ ވާހަކައެއް ނޫނެވެ.

މިދިޔަ އޮކްޓޯބަރު މަހު ކްރިސީ ހޭދަކުރި ވަރަށް ބޮދު ފުން ހިތާމައެއްގައެވެ. މި އަހަރުގެ ކުރީކޮޅު ކްރިސީ އިނީ ބަލިވެކަން އޭނާ އާއި ޖޯން ވަނީ އިއުލާންކޮށްފައެވެ. އޮކްޓޯބަރު މަހު ކްރިސީ އަށް އޭނާގެ ދަރިފުޅާއި ވަކިވާން ޖެހުނީ ލޭ މަނާ ނުވެގެން އޭނާ އެޑްމިޓް ކުރުމުންނެވެ. އޭނާގެ ދަރިފުޅު މަރުވުމަށް ފަހު އޭނާ ވަނީ ހޮސްޕިޓަލުން ދޫކުރުމުގެ ކުރިން ސެލްފީއެއް ހިއްސާކޮށްފައެވެ.

އޭނާ އަށް ހަމްދަރްދުވުމުގެ ބަދަލުގައި ބައެއް މީހުން ވަނީ އޭނާ އަށް ވަރަށް ހުތުރު ބަސްތައް ރައްދުކޮށްފައެވެ. އަދި ދަރިފުޅު މަރުވީ ކްރިސީގެ ފަރުވާ ކުޑަ ކުޑަކަމުން ކަމަށް ބުނި މީހުންވެސް ތިއްބެވެ. އަދި އެފަދަ ކަމެއް ދިމާވުމުން އޭނާ ސެލްފީ އެއް ނަގާފައި ލަނީ ސަމާލުކަން ހޯދަން ކަމަށް ބުނެ އެކަމަށް ވެސް ބައެއް މީހުން ވަނީ ފާޑުކިޔާފައެވެ.

ކްރިސީ ބުނީ އެކަމުގެ ސަބަބުން އޭނާ ހިތް ކުދިކުދިވި ކަމަށެވެ. އަދި އެ ހާލަތުން އަރައިގަންނަން އޭނާ އަށް އެންމެ ބޮޑަށް އެހީވީ ކްލޯއި ކާޑޭޝަން ކަމަށް ވެސް ކްރިސީ ބުނެއެވެ.

ހުރިހާ ކަމަކާއި މެދު އަޑު އުފުލާ ކްރިސީ ބުނީ ބައެއް މީހުން ދަރިފުޅު މަރުވުމުން އެކަމަށް ޖޯކު ޖެހި ކަމަށާއި، އެ ފަދަ މީހުންގެ އިންސާނިިއްޔަތުކަން ކުޑަކަން ފެނި ހައިރާންވި ކަމަށެވެ.