މިދިޔަ އާދިއްތަ ދުވަހު ( 06 ޑިސެމްބަރު 2020) ގެ މެންދުރުގެ ވަގުތެއްގައި ގަޔަށް ހޫނުފެން އެޅި ފިހުމުގެ ސަަބަބުން ށ.މާއުނގޫދޫ އަށް ނިސްބަތްވާ ޒާކިން އަލީ ޒާރިފް އަށް ވަނީ އުނގޫފާރު ހޮސްޕިޓަލުގައި ފަރުވާދީފައެވެ. އުމުރުން އެންމެ 5 އަހަރުގެ ތުއްތު ޒާކިންގެ ގަޔަށް ހޫނުފެން އެޅުމުން ލިބުނު އަނިޔާ އަށް 2 ދުވަސް ވަންދެން ފަރުވާ ދިނުމަށް ފަހު މިހާރު ވަނީ އޭނާ ގެއަށް ބަދަލުކޮށްފައެވެ.
އަދި ސިއްޙީ ގޮތުން އޭނާގެ ހާލު ސީރިއަސް ނުވިކަމުގައި ވީނަމަވެސް އޭނާގެ ހާލަތު ރަނގަޅުކަން އިތުރަށް ކަށަވަރު ކުރަން ބޭނުންވާތީ އާއި، ޒާކިންގެ ބޭސް އާސަންދައިން ނުލިބި ވާތީ އޭނާގެ އާއިލާ އަށް މިވަގުތު ވަނީ ގޮންޖެހުންތަކަކާއި ދިމާވެފައެވެ. މާލީ ގޮތުން ޒާކިން މާލެ ގެންދާނެ ވަރުގެ ތަނަވަސްކަމެއް ނެތުމުން އޭނާގެ މައިންބަފައިން ވަނީ އާއްމުންގެ ދީލަތި އެހީއެއް މިވަގުތު ތުއްތު ދަރިފުޅަށްޓަކާ ބޭނުންވާކަން ހާމަކޮށްފައެވެ.
ޒާކިންގެ މަންމަ އަމީރާ އަބްދުލް މަޖީދު "ވަގުތަށް" ބުނީ ޒާކިންގެ ގަޔަށް ހޫނުފެން އެޅުނީ ގޭތެރޭގައި ކައްކާފައި ހުރި ސޫޕަކުން ކަމަށެވެ.
"6 ވަނަ ދުވަހުގެ މެންދުރެއް ހާއިރު ގޭގައި ހުރި މޭޒެއް މަތީގައި ހުރި ކުކަރެއް ކަހަލަ އޭގައި ކައްކާފައި ހުރި ސޫޕެއް ހުރި. ހުއްޓާ ދަރިފުޅު (ޒާކިން) އޭގައި އެލިގަތީމައި ގަޔަށް ބަންޑުންވީ. އެއް ފަޔާއި ބަނޑާއި އަތުގެ އިނގިލިތައް ފިހުނީ. ބަނޑު އަދިވެސް ނުވެސް ފެނޭ." އޭނާ ބުންޏެވެ.
ޒާކިން އަކީ އުމުރުން ވަރަށް ހަގު ކުއްޖަކަށް ވެފައި މަންމަ އާއި ބައްޕަ އާއި ދުރުގައި މިވަގުތު ދަރިފުޅު ހުންނަން ޖެހުމުން އިތުރު ހިތްދަތިކަމެއް އާއިލާ އަށް ވަނީ ލިބިފައެވެ.
"އަޅުގަނޑު ވިހަންވެގެން މާލޭގަ މިހުރީ. ފިިރިމީހާވެސް މިތަނުގައި ހުރީ. ދެން މާމަ އާއި ކާފަ ކައިރީ ހުރީ." އޭނާ ކިޔާދިނެވެ.
ޒާކިންގެ ބައްޕަ އަލީ ޒާރިފް "ވަގުތަށް" ކިޔާދިން ގޮތުގައި އޭނާގެ ބޭސްތައް އާސަންދައިން ނުލިބުމުން ބޭސް ގަންނަން ޖެހެނީ އަމިއްލައަށެވެ. އަދި ޒާކިން އަށް އަނިޔާވުމުން ރަށަށް ދާން މަސައްކަތް ކުރި ނަމަވެސް ކޮވިޑް-19 އާއި ގުޅިގެން ހާލަތު އޮތްގޮތުން އެއީ ފަސޭހަ ކަމެއް ނޫންކަން އޭނާ ފާހަގަކުރިއެވެ.
"އައިޑީކާޑުވީ އެކޮޅުގައި. ބޭސް ގަންނަން ޖެހެނީ. އަދި އާސަންދަ އާއި ވެސް ރަސްމީކޮށް ވާހަކަ ނުދެއްކޭ. އެކަމަކު ރަށަށް ދާން އުޅުނީމަ 3 ދުވަސް ތެރޭ ދެވެނީ. އެއީ ޓެސްޓުތައް ހަދައިިގެން ދެވެން އޮތީ. އަދި ދަރިފުޅު ވަރުބަލިވާތީ އުޅެނީ ކެޔަސް. އިންޖިކްޝަން ޖެހީމަ ކަމަށް ވެސް ވެދާނެ." އޭނާ ބުންޏެވެ.
ކުއްޖާގެ ބައްޕަގެ ނަމްބަރު: 9654465
ކުއްޖާގެ މަންމަގެ ނަމްބަރު:9754458
ކުއްޖާގެ ބައްޕަގެ އެކައުންޓް ނަމްބަރު: 7730000138752
މީސްތަކުންނަށް އެހީވުމާއި ބެހޭގޮތުން ބައެއް އާޔަތްތަކާއި ޙަދީޘްތައް:
މީސްތަކުންނަށް އެހީތެރިވުމަކީ އަދި މީސްތަކުންގެ ޙާޖަތްތައް ފުއްދައިދިނުމަކީ އިޙުސާންތެރިކަމުގެ ތެރެއިން ހިމެނޭ ކަމެކެވެ.
ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވެއެވެ.
(وَأَحْسِنُوا ، إِنَّ اللَّـهَ يُحِبُّ الْمُحْسِنِينَ) سورة البقرة: 195
މާނައީ: "އަދި ތިޔަބައިމީޙުން އިޙުސާންތެރިވާށެވެ. ހަމަކަށަވަރުން ﷲ އިޙުސާންތެރިވާ މީސްތަކުންދެކެ ލޯބިވެވޮޑިގަންނަވައެވެ."
ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ.
(الْمُسْلِمُ أَخُو الْمُسْلِمِ لَا يَظْلِمُهُ وَلَا يُسْلِمُهُ وَمَنْ كَانَ فِي حَاجَةِ أَخِيهِ كَانَ اللَّهُ فِي حَاجَتِهِ) متفق عليه.
(رواه البخاري 6551 و مسلم 2850)
މާނައީ: އެއްމުސްލިމަކީ އަނެއްމުސްލިމްގެ އަޚާއެވެ. އޭނާ (އެމީހެއްގެ އަޚާގެ މައްޗަށް) އަނިޔާވެރިއެއްނުވާނެއެވެ. އަދި އަނިޔާ ލިބެން ދޫނުކުރާނެއެވެ. އެމީހެއްގެ އަޚާގެ ޙާޖަތް ފުއްދުމުގައި ދެމިހުރި މީހާގެ ޙާޖަތުގައި ﷲ ވޮޑިގެންވާނެއެވެ."
ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ.
(مَنْ نَفَّسَ عَنْ مُؤْمِنٍ كُرْبَةً مِنْ كُرَبِ الدُّنْيَا، نَفَّسَ اللهُ عَنْهُ كُرْبَةً مِنْ كُرَبِ يَوْمِ الْقِيَامَةِ، وَمَنْ يَسَّرَ عَلَى مُعْسِرٍ، يَسَّرَ اللهُ عَلَيْهِ فِي الدُّنْيَا وَالْآخِرَةِ، وَمَنْ سَتَرَ مُسْلِمًا، سَتَرَهُ اللهُ فِي الدُّنْيَا وَالْآخِرَةِ، وَاللهُ فِي عَوْنِ الْعَبْدِ مَا كَانَ الْعَبْدُ فِي عَوْنِ أَخِيهِ) رواه مسلم في صحيحه: 2699
މާނައީ: "އަދި އެމީހެއްގެ އަޚާގެ ކިބައިން ދުނިޔެ މަތީގައި ދަތިކަމެއް ފިލުވައިދީފި މީހަކަށް، އެމީހަކަށް ޤިޔާމަތްދުވަހުން ޖެހޭ މުޞީބާތްތަކުގެ ތެރޭން މުޞީބާތެއް ﷲ ފިލުއްވައިދެއްވާހުއްޓެވެ. އަދި އުނދަގުލެއް ޖެހިފައިވާ މީހާއަށް ފަސޭހަކޮށްދީފިމީހަކަށް، ﷲ އެމީހަކަށް ދުނިޔެމަތީގަޔާއި އާޚިރަތުގައި ފަސޭހަކޮށްދެއްވާނެއެވެ. އަދި މުސްލިމެއްގެ (ޢައިބު ފޮރުވައިދީފިމީހާ)ގެ ޢައިބު، ދުނިޔެއާއި އާޚިރަތުގައި ﷲ އެމީހެއްގެ ޢައިބުފޮރުވައިދެއްވާ ހުއްޓެވެ. އަދި ހަމަކަށަވަރުން އެމީހެއްގެ އަޚާއަށް އެހީވުމުގެ މަތީގައި ހުންނަމީހާއަށް އެހީތެރިވޮޑިގަތުން މަތީގައި ﷲ ވޮޑިގެންވެއެވެ."
އަދިވެސް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެކަމަށް ބާރުއެޅުއްވުމުގެ ގޮތުން ޙަދީޘްކުރައްވާފައިވެއެވެ.
(أَحَبُّ النَّاسِ إِلَى اللَّهِ تَعَالَى أَنْفَعُهُمْ لِلنَّاسِ ، وَأَحَبُّ الْأَعْمَالِ إِلَى اللَّهِ تَعَالَى سُرُورٌ تُدْخِلُهُ عَلَى مُسْلِمٍ ، أَوْ تَكْشِفُ عَنْهُ كُرْبَةً ، أَوْ تَقْضِي عَنْهُ دَيْنًا ، أَوْ تَطْرُدُ عَنْهُ جُوعًا) رواه الطبراني في المعجم الكبي: 13646 و صححه الألباني.
މާނައީ: "ﷲތަޢާލާއަށް އެންމެ ލޮބުވެތިވެގެންވަނީ މީސްތަކުންނަށް އެންމެ މަންފާބޮޑު މީހެކެވެ. ﷲއަށް އެންމެ ލޮބުވެތިވެގެންވާ ޢަމަލަކީ މީހަކު މުސްލިމަކަށް ގެނެސްދޭ އުފާވެރިކަމެކެވެ ނުވަތަ މީހެއްގެ ކިބައިން މުޞީބާތް ފިލުވައިދޭ ފިލުވައިދިނުމެވެ. ނުވަތަ ދަރަނި އަދާކޮށްދޭ ކޮށްދިނުމެވެ. ނުވަތަ މީހެއްގެ ކިބައިން ބަނޑުހައިހޫނުކަން ފިލުވައިދޭ ފިލުވައިދިނުމެވެ."
އަޅުގަނޑުމެން ކޮންމެ މީހަކީ ވެސް އެކަކު އަނެކަކަށް އެހީތެރިވާ ބައެއް ކަމުގައި ލައްވާށިއެވެ. އާމީން
ތިކުއްޖާއަށް އަވަސް ޝިފާއެއް ﷲ މިންވަރޔ ކުރައްވާށި! އާމީން. ތިކުއްޖާ އަށް އެހީވާށޭ ކިޔާފައި ފައިސާ ފޮނުވުމަކުން، ކުއްޖާއަށް ކުރާނެ މަންފާއެއް އޮންނާނެކަމަކަށް ނުބެލެވެއެވެ. އެހެންވެ އެކުއްޖާއަށް ފަރުވާ ދިނުމުގައި ކުރަންޖެހޭ އެންމެހައި ކަންކަމާ ޙަވާލުވުން ބުއްދިވެރި އެވެ.
ތިކުއްޖާއަށް އަވަސް ޝިފާއެއް ﷲ މިންވަރު ކުރައްވާށި! އާމީން. ތިކުއްޖާ އަށް އެހީވާށޭ ކިޔާފައި ފައިސާ ފޮނުވުމަކުން، ކުއްޖާއަށް ކުރާނެ މަންފާއެއް އޮންނާނެކަމަކަށް ނުބެލެވެއެވެ. އެހެންވެ އެކުއްޖާއަށް ފަރުވާ ދިނުމުގައި ކުރަންޖެހޭ އެންމެހައި ކަންކަމާ ޙަވާލުވުން ބުއްދިވެރި އެވެ.
ޔޫ ބީ ގިލްޓް ޓްރިޕިން އެވްރީ ވަން ވިތް ދޯސް ވޯސަސް. ކޮބާ ޕްރީޗިން ލައިސެންސްް؟؟ ވަކި ބަޔަކަށް ހުއްދަ ލިބިފަ ވަނީ. އާ ޔޫ ވަން؟
ހާދަ ދެރައޭ. އެކުއްޖާ މާލެ ގެންނަންވީނު އިތުރު ފަރުވާ ވެސް ދެވޭނު.
ރ.މާއުނގޫދޫ؟
ށ މާއުނގޫދޫ
އަސްލު
ށ މާއުނގޫދޫ
ރ އަރޮޅުގަ މާނއުގޫދޫ ކިޔާރަށެއް ނޯވޭ
ކޮބާތަ އެކިޔާ ހުސްނުވާ އާސަންދަ؟ އާސަންދަޔާ ބެހޭކަމެއް ނޫންތަ ތީ؟
މިސަރުކާރުން ވެއްޖެނު މިކަހަލަ އެމެޖެންސީ ތަކުގަ ބޭސް ހިލޭ ދޭން. އާސަންދަ އާ ކާސަންދަ ހަދައިގެން ވިޔަސް
ޖެންޑާ ކިޔާ މިނިސްޓްރީ އަށް މިފަދަ ކަންތައްތައް ނުފެނޭ
ކީއްކުރަނީ ޒަކާތު ފަންޑުން. ޢާއްމުން ޒަކާތް ދެނީ ފަޤީރުންނަށް އެހީވާން. އަނެއްކާ ވެސް ޢާއްމުންތަ ރައްޔިތުން ބަލަހައްޓަނީ